Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެޓްސްކީ ދަތުރު

ތުރާކުނުން އައްޑޫއަށް ކުރި ޖެޓްސްކީ ދަތުރު ނިންމާލައިފި

މި ދަތުރުގައި 20 މަންޒިލަށް ދަތުރުކޮއްފައިވާއިރު 4 ރަށެއްގައި މަޑުކޮއްފައިވޭ

އާދަމް ސައީދު
އާދަމް ސައީދު | 3 އޮކްޓޯބަރު 2021 | އާދީއްތަ 06:13
ޖެޓްސްކީ އިވެންޓް ނިންމާލުން

ޖެޓްސްކީ އިވެންޓް ނިންމާލުން

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ އެންމެ ދެކުނަށް "ޖެޓްސްކީ ޓުއަރ 2021" ގެ ނަމުގައި ކުރިއަށްގެންދިޔަ ޖެޓްސްކީ ދަތުރު ނިންމާލައިފިއެވެ.

އުތުރުން ދެކުނަށް ކުރި މި ދަތުރު ދިގުދެމިގެންދިޔައީ މިދިޔަ ސެޕްޓެމްބަރ މަހު 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުގައި 20 މަންޒިލަށް ދަތުރުކޮށްފައިވާއިރު 4 ރަށެއްގައި މަޑުކޮށްފައިވެއެވެ.

މި ދަތުރު ފެށިގެން ގޮސް ނިމެންދެން ތަޖުރިބާ ލިބިފައިވާ 6 މީހުން ދަތުރުގައި ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައިގެން، ދަތުރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވެގެންނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މި ހަރަކާތް ހިންގާފައިވާއިރު، އެހެން މަޤްޞަދެއް ވެސް މީގައި އެކުލެވިގެންވެއެވެ. އެގޮތުން ރާއްޖޭގައި ރިކޯޑެއް ހެދުމަކީ އަނެއް އަމާޒު ކަމުގައިވާއިރު، ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު