Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އާންމު ރޯގާތައް އިތުރުވުން

އާންމު ރޯގާތައް ފެތުރެނީ، ސަމާލުވޭ!

މި ރޯގާގައި ބޮޑަށް އަސަރުކުރަނީ ކުޑަކުދިންނަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 11:46
އިރުއޮއްސެމުން ދިއަ ވަގުތެއްގައި މާލެތެރޭގެ މަންޒަރެއް

އިރުއޮއްސެމުން ދިއަ ވަގުތެއްގައި މާލެތެރޭގެ މަންޒަރެއް

މާލޭގެ ހޮސްޕިޓަލްތަކުގެ އޯޕީޑީއަށް މިދުވަސްވަރަކީ ބާރުބޮޑު ދުވަސްވަރެކެވެ. ކޮވިޑުން އެއްކޮށް އަރައިނުގަނެވެނީސް މާލޭގައި މިވަނީ އާންމު ރޯގާތައް އިންތިހާއަށް އިތުރުވެފައެވެ. އާންމު ރޯގާތަކުގައި ކުޑަކުދިން ހާލު ދެރަވާތަންވެސް އެބައާދެއެވެ. މިކަމާއި ގުޅިގެން ސިއްހީ ޚިދުމަތްތެރިންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެކަމަކު، އާންމު ރޯގާތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ރޯގާގައި އެންމެ ބޮޑަށް އަސަރުކުރަނީ ކުޑަ ކުދިންނަށް ކަމަށާއި، އެހެން ކަމުން ރޯގާގެ އަލާމަތްތައް ފެންނަނަމަ ކުޑަކުދިން ސްކޫލަށް ނުފޮނުވުމަށް އިލްތިމާސްކުރެއްވިއެވެ.

ކުޑަކުދިން ސީރިއަސް ހާލަތަށް ދަނީ އެ ކުދިންގެ ދިފާއީ ނިޒާމް ބޮޑެތި މީހުންނާއި އަޅާބަލާއިރު ދަށްވުމުން ކަމަށްވެސް ޑރ ނަޒްލާ ވިދާޅުވިއެވެ.

ސްކޫލަށް ކުދިން ފޮނުވާން ބެލެނިވެރިން ބައެއް ފަހަރު މަސައްކަތް ކުރަނީ ސްކޫލަށް ނުދާނަމަ ފިލާވަޅުތައް ހޯދަން އުނދަގޫވުމުންނެވެ. އެހެންކަމުން އާންމު ރޯގާތައް އިންތިހާއަށް ގިނަވެފައިވާ މިދަނޑިވަޅުގައި ސްކޫލުތަކުން ވެސް ދަރިވަރުންނަށް ފަސޭހަ ގޮތަކަށް ގެއްލޭ ފިލާވަޅުތައް ލިބޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހެއެވެ.

މާލޭގައި އާންމު ބަލިތައް އިތުރުވުމާއި ގުޅިގެން މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގައި ވަނީ ފްލޫ ކްލިނިކެއްވެސް ހުޅުވާފައެވެ. އައިޖީއެމްއެޗްއިން ބުނީ ފްލޫ ކްލިނިކެއް ހުޅުވީ އާންމު ބަލިތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާތީއާ މާލޭގައި އާންމު ރޯގާތައް އިތުރުވެފައިވާ ކަމަށް ފެންނާތީ ކަމަށެވެ.

އާންމު ރޯގާގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އަރިދަފުސް ރޯގާ، ކެއްސުން، ނޭވާލާން އުނދަގޫވުން، ބޭރަށް ހިނގުން އަދި ހޮޑުލެވުން ހިމެނެއެވެ.

އާންމު ރޯގާތައް އިތުރުވެފައިވާ މިދަނޑިވަޅު އެކަމަށް ސަމާލުވެ އުޅުން ވަރަށް މުހިންމެވެ. އަދި ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުވެ ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުން މުހިންމެވެ.  

އެޗްޕީއޭއައިޖީއެމްއެޗް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު