Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓިއުނީޝިޔާގެ ބޮޑުވަޒީރުކަމަށް އަންހެން ބޭފުޅެއް

ޓިއުނީޝިއާގެ ބޮޑުވަޒީރުކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

29 ސެޕްޓެމްބަރު 2021 | ބުދަ 17:31

ނަޖްލާ އޮފީހާ މި ހަވާލުވެވަޑައިގަންނަވަނީ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ސެޕްޓެމްބަރު 2021 | ބުދަ 17:31
ޓިއުނީޝިޔާގެ ބޮޑުވަޒީރު ނަޖްލާ ބޫޑެން ރަމްޚޭން

ޓިއުނީޝިޔާގެ ބޮޑުވަޒީރު ނަޖްލާ ބޫޑެން ރަމްޚޭން

ޓިއުނީޝިޔާގެ ބޮޑުވަޒީރުކަމަށް އެގައުމުގެ ރައީސް ކައިސް ސަޢީދު, ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ހުރިހާ ބާރުތައް މުށުތެރެއަށް ލައްވައިގެން އުޅުއްވާތާ ދެމަސްދުވަސް ފަހުން ރައީސް ކައިސް އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވާފައިވަނީ, އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ނަޖްލާ ބޫޑެން ރަމްޚޭން އެވެ. ނަޖްލާ ވަނީ މީގެކުރިން ވޯރލްޑް ބޭންކުގައިވެސް މަސައްކަތްކުރައްވާފައެވެ.

ނަޖްލާ އޮފީހާ މި ހަވާލުވެވަޑައިގަންނަވަނީ ޓިއުނީޝިޔާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ޚާއްސަކޮށް ގައުމުގެ އިޤްތިޞާދީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ޓިއުނީޝިޔާގެ ރައީސް ޖުލައި މަހު ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވައި, ބޮޑުވަޒީރުކަމުގައި ހުންނެވި ބޭފުޅާ އެމަގާމުން ދުރުކުރައްވައި ބާރުތައް ނަންގަވާފައެވެ. އެއާއެކު އައު ސަރުކާރެއް އެކުލަވާލުމަށް ރައީސް ސަޢީދުއަށް ޓިއުނީޝިޔާގެ އެތެރެއިންނާއި ބައިނަލްއަޤްވާމީ މުޖުތަމައުން ދިޔައީ ބާރު އަޅަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވަނީ ބައެއް ބާރުތައް ދޫކޮށްލައްވާފައެވެ. އަދި ގާނޫނު އަސާސީގެ ދަށުން ގިނަ ބާރުތަކެއް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުގެ މަތިން އައު ބޮޑުވަޒީރެއް އައްޔަނު ކުރައްވާފައިވާއިރު ރައީސް ވަނީ އައު ސަރުކާރެއް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ބޮޑުވަޒީރަށް އަންގަވާފައެވެ.

ސަޢީދުގެ ސޯޝަލް މީޑިޔާ އެކައުންޓްގައި ވަނީ އޭނާ ބޮޑުވަޒީރު ނަޖްލާ އާ ބައްދަލުކުރައްވާ ވީޑިއޯ އާންމުކުރައްވާފައެވެ. އަދި ވީއެންމެ އަވަހަކަށް އައު ސަރުކާރެއް އެކުލަވާލުމަށް ބާރު އަޅުއްވާފައެވެ.

ބޮޑުވަޒީރުކަމަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވުމަކީ ޓިއުނީޝިޔާއަށް ވަރަށް ތާރީޚީ ކަމެއްކަމަށް ވިދާޅުވެ ތަކުރާރުކޮށް ރައީސް ސަޢީދު ވިދާޅުވީ އެއީ އެގައުމުގެ އަންހެނުންނަށްވެސް ފަޚުރެއްކަމަށެވެ.

ސަޢީދު ވިދާޅުވީ އައު ސަރުކާރު ވެގެންދާނީ އެގައުމުގައި އެތައް ދުވަހަކުއްސުރެ ކުރިޔަށްދާ ކޮރަޕްޝަނާއި އެހެނިހެން ކަންކަމަށް ނިމުން ގެނުވާނެ ސަރުކާރަކަށްކަމަށެވެ. އަދި އައު ސަރުކާރުން އެގައުމުގެ ސިއްހަތާއި، ދަތުރުފަތުރާއި ތަޢުލީމުގެ އިތުރުން, ބޭނުންވާ ހުރިހާ ދާއިރާތަކަށް ހައްލު ގެނެސްދޭނެކަމަށެވެ.

ނަޖްލާއަކީ 2011 ވަނަ އަހަރު އެގައުމުގައި އޮތް ސަރުކާރު ވައްޓާލިފަހުން އައްޔަނުކުރި 10 ވަނަ ބޮޑުވަޒީރެވެ. ގައުމުގެ އެތެރޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ކޮވިޑް-19އާ ގުޅިގެން އެގައުމު ވަނީ އިޤްތިޞާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އެހެންކަމުން އަލަށް އެކުލަވާލާ ސަރުކާރަކުން މިމައްސަލަތަކަށް ހައްލު ގެނައުމަށް ވީ އެންމެ އަވަހަކަށް މަސައްކަތްކުރަން ޖެހޭނެއެވެ.

ޓިއުނީޝިއާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2023

ތޫނިސްއިން ހިޖުރަވެރިން ނެރެ، ލީބިޔާގެ ސަހަރާ ތެރެއަށް "އުކާލަނީ"؟

09 އޯގަސްޓު 2023
ތޫނިސްއިން ހިޖުރަވެރިން ނެރެ، ލީބިޔާގެ ސަހަރާ ތެރެއަށް "އުކާލަނީ"؟
01 ޖޫން 2023

ގިނިސް ފޮތަށް ނޭރިއަސް ހުސައިނަކީ ހަމަ ރެކޯޑެއް

01 ޖޫން 2023
ގިނިސް ފޮތަށް ނޭރިއަސް ހުސައިނަކީ ހަމަ ރެކޯޑެއް
24 މެއި 2023

ދައުދާގެ މާފެން ހެދުން، އާއިލީ ތަރިކައަކަށް

24 މެއި 2023
ދައުދާގެ މާފެން ހެދުން، އާއިލީ ތަރިކައަކަށް
22 ނޮވެމްބަރު 2022

ޓީމުގެ ފަރިތަކުރުންތައް ރަނގަޅު، ދެން ބޭނުންވަނީ ނަތީޖާ: ކަދްރީ

22 ނޮވެމްބަރު 2022
ޓީމުގެ ފަރިތަކުރުންތައް ރަނގަޅު، ދެން ބޭނުންވަނީ ނަތީޖާ: ކަދްރީ
28 ސެޕްޓެމްބަރު 2022

ބްރެޒިލުން ޓިއުނީޝިއާ ބަލިކުރި މެޗުގެ ތަރިއަކީ ރަފީނިއާ

28 ސެޕްޓެމްބަރު 2022
ބްރެޒިލުން ޓިއުނީޝިއާ ބަލިކުރި މެޗުގެ ތަރިއަކީ ރަފީނިއާ
30 ޖުލައި 2022

ބްލިންކެންގެ ވާހަކަފުޅާގުޅިގެން، ޓިއުނީޝިއާގެ ފޮރިން މިނިސްޓްރީއަށް އެމެރިކާގެ އޮފިޝަލަކު ހާޒިރުކޮށްފި

30 ޖުލައި 2022
ބްލިންކެންގެ ވާހަކަފުޅާގުޅިގެން، ޓިއުނީޝިއާގެ ފޮރިން މިނިސްޓްރީއަށް އެމެރިކާގެ އޮފިޝަލަކު ހާޒިރުކޮށްފި
02 ޖޫން 2022

ޓިއުނީޝިއާގެ 57 ގާޒީން ވަޒީފާއިން ވަކިކޮށްފި

02 ޖޫން 2022
ޓިއުނީޝިއާގެ 57 ގާޒީން ވަޒީފާއިން ވަކިކޮށްފި
01 އެޕްރީލު 2022

ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

01 އެޕްރީލު 2022
ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
23 ޑިސެމްބަރު 2021

ޓިއުނީޝިއާގެ ކުރީގެ ރައީސް މަރުޒޫކީ 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

23 ޑިސެމްބަރު 2021
ޓިއުނީޝިއާގެ ކުރީގެ ރައީސް މަރުޒޫކީ 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް