Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިތުބާރު ނެތްކަމުގެ މައްސަލަ

މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަ ތަކުގައި ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމްކޮށްފި

ސުޕްރީމް ކޯޓުން މިގޮތައް ހުކުމް ކުރީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 18:12
ސުޕްރީމް ކޯޓު: އިތުބާރު ނެތްކަމުގައި ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން

ސުޕްރީމް ކޯޓު: އިތުބާރު ނެތްކަމުގައި ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އެންމެ ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިތުބާރުނެތްކަމުގެ ވޯޓަކުން އެކަނި ކަމަށާއި ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން އެދި ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވާ މައްސަލާގައި ކުރި ހުކުމްގަ އެވެ.

Advertisement - newsAdvertisement

ދައުލަތުން އެ މައްސަލަ ހުށަހެޅީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން އޮންނަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަކޮށް، އެގޮތަށް ނިންމައި ދިނުން އެދި އެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ހުކުމް އިއްވަވަމުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ރާއްޖޭގައި އޮންނާނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ސީދާ ވޯޓަކުން ނިންމުމުން އެގޮތަށް ގާނޫނުއަސާސީގައި ލިޔެފައިވާތީ، ގާނޫނުއަސާސީ މާނަ ކުރަން ޖެހޭނީ ރިޔާސީ ނިޒާމުގެ އުސޫލުތަކާ ޚިލާފް ނުވާނެ ގޮތަށް ކަމަށެވެ. ރިޔާސީ ނިޒާމުގައި އޮންނަނީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ އުސޫލު ކަމަށާއި ދައުލަތުގެ ތިން ބާރުގެ އިހްތިސާސްތަކަކީ ކޮބައިކަން ކަނޑެޅި، ގާނޫނުއަސާސީގައި އިންފާރު އޮތީ ރޭނިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން އޮންނަ ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ވެސް މާނަ ކުރަން ޖެހޭނީ ރިޔާސީ ނިޒާމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން ވަޒީރުން ވެސް ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނަގާ ވޯޓް އޮފް އިމްޕީމެންޓަކުން ކަމަށް ހުކުމްގައިވެ އެވެ. އަދި އެ ވޯޓު ވެސް ނަގަންޖެހޭނީ އެ ވަޒީރަކާ ހަވާލުވެފައި އޮންނަ ޒިންމާގެ ކަންކަމާ ގުޅޭގޮތުން ކަމަށް ހުކުމުގައިވެ އެވެ. ހުކުމް ބުނާ ގޮތުން އޭގެ ބަދަލުގައި ސިޔާސީ ގޮތުން ވަޒީރުން ވަކި ނުކުރެވޭނެ އެވެ.

އެއާ ޚިލާފަށް، އެކަށީގެންވާ ސަބަބެއް ނެތި މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނެ ނަމަ އެއީ ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށް ވާނެ ކަމަށާއި ވަޒީރުންނަކީ ސިޔާސީ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ބައެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ވަޒީރުންނަކީ ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާ އައްޔަންކޮށް، ވަކިކުރާ ބައެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ނަމަ އެއީ ދައުލަތުގެ އެެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށް ވާނެ އެވެ. އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަން ފާހަގަ ކުރައްވައި، އޭގެ މިސާލެއްގެ ގޮތުން ބަރުލަމާނީ ނިޒާމުގައި މަޖިލިސް އުވާލުމުގެ ބާރު ސަރުކާރަށް އޮންނައިރު ރިޔާސީ ނިޒާމުގައި މަޖިލިސް އުވާލުމުގެ ބާރު ސަރުކާރަށް ނޯންނަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެއްވެސް ސަބަބެއް ނެތި، ސިޔާސީ ގޮތުން ވަޒީރުން ވަކި ކުރެވޭ ނަމަ އެއީ ދައުލަތް ހިންގުމަށް ހުރަސް އެޅި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދޭން އެޅޭނެ ބޮޑު ހުރަހެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމާ ނިންމުންތަކަކީ އާބިޓްރަރީ ނިންމުންތަކަށް ވެގެން ނުވާނެ ކަމަށާއި ކޮންމެ ނިންމުމަކީ ވެސް އިޖްރައާތުތައް ފުރިހަމަވާ ނިންމުމަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ އިޖްރައާތުތަކަކީ އެކަށީގެންވާ، މަގްބޫލު އިޖްރައާތަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ މާނަ ކުރުމުގައި އޮޅުމެއް އަރައިފި ނަމަ އެކަމެއް ސާފުކޮށް ދިނުމަކީ އެހެން ގައުމުތަކުގައި ވެސް ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށެވެ. ރާއްޖޭގެ ގާނޫނު އަސާސީ އޮތްގޮތުން ވިރާސީ ގޮތުން އެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު