Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އެމްޑީޕީން މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އިންތިޚާބުގެ ވޯޓުލުން ފަށައިފި

25 ސެޕްޓެމްބަރު 2021 | ހޮނިހިރު 04:39

ހަވީރު 17:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 04:39
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ހދ. ކުރިނބީގައި ކުރިއަށްދަނީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ހދ. ކުރިނބީގައި ކުރިއަށްދަނީ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 09:00ން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ކަމަށެވެ. ނަމަވެސް އެގަޑީގައިވެސް ސަފުގައި މީހުން ވޯޓުނުލެވި ތިބިނަމަ، ސަފުގައި ތިބި މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Advertisement - newsAdvertisement

ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުގައެވެ. ވޯޓުލުމަށްޓަކައި މެމްބަރުން ދާއިރުގައި ފޮޓޯ ޖެހި އައިޑީއެއް ހިފައިގެން ދިއުމަށާއި، ވޯޓުލާ ނިމުމުން އެ މެމްބަރެއްގެ އިނގިލީގައި ފާހަގައެއް ޖަހާނެކަން ވަނީ ފާހަގަކޮށްފައެވެ. އިންތިޚާބުގެ ތެރޭގައި ދިމާވާ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމަށް 3 ނަމްބަރެއްގެ ބޭނުން ކުރެވޭނެ ހޮޓްލައިނެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 93،000ން މައްޗަށް އަރައެވެ.

މިއީ މިހާތަނަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށްވާނެއެވެ. އެއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ބޮޑުވެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ދެ ފެކްޝަނެއް ޕާޓީގެ އެތެރޭގައި އުފެދިފައިވާތީއެވެ. ގައުމީ މަޖިލީހަށް މެމްބަރުން ނިކުމެފައިވަނީ މި ދެފެކްޝަނުންނެވެ. މިއިންތިޚާބުން ރައީސް ނަޝީދާއި ރައީސް ސާލިހުގެ ތެރެއިން އެމްޑީޕީގެ އެތެރޭގައި ކުރިޔަށް އޮތް ފަސް އަހަރު އެންމެ ބާރުގަދަ ވާނީ ކޮން ބޭފުޅެއްކަންވެސް ކަނޑައެޅިގެންދާނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލެވިގެން ވަނީ އެ ޕާޓީ ވެރިކަމުގައި އޮންނަނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާނީ އެމަނިކުފާނު ވަކާލާތުކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ މެމްބަރުންނަށްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންފުޅުވިނަމަވެސް ރައީސް ސާލިހާއި ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތް މިވަގުތު ކުރުމަށްވުރެ ސަރުކާރަށް ޕާޓީގެ ތެރެއިން އެއްބާރުލުންދީ ސަރުކާރުން ކުރަން ކަނޑައަޅަންފައިވާ ކަންކަން ކުރުން މިވަގުތު މާމުހިންމެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތު ހޯއްދެވުމުގެ މަސައްކަތް ދެބޭފުޅުންވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭގޮތުން އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއީ މިހާތަނަށް ބާއްވާ އެންމެ ގިނަ މެމްބަރުން ވާދަކުރާ އަދި އެންމެ ވާދަވެރި އިންތިޚާބުކަމަށެވެ. އެޕާޓީން މި އިންތިޚާބަށް ކުރި މަސައްކަތުން ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ޚާއްސަކޮށް ރަށްރަށުން ނިކުންނާނެ ކަމަށާއި، ހީވާގޮތުން މާލެއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ނިކުންތް އަދަދަށް ވުރެން ގިނަ މެމްބަރުން މިފަހަރު ނިކުންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ސަބަބަކީ އެޕާޓީއަށް މިހާރު ވަމުންދާ ގޮތުން މެމްބަރުން ބަލަން ނުތިބޭނެކަމަށާއި މިކަމަށް ގޮތެއް ނިންމަން ގިނަ އަދަދެއްގެ މެމްބަރުން ނިކުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް