Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

އާމްދަނީއަށް އެކަށީގެންނުވާ ވަރަށް ޚަރަދުކުރުމަކީ އިސްރާފެއް، އެކަމުން ދުރުވޭ: ޚުތުބާ

މާތް ﷲ އިންސާނުންނަށް އަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތައް ދެއްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 07:56
ހުކުރު ނަމާދަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ލިބޭ އާމްދަނީއަށް އެކަށީގެންނުވާ ވަރަށް ޚަރަދުކުރުމަކީ އިސްރާފުކުރުން ކަމަށާއި، އެކަމުން ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އިޤްތިޞާދު ކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މާތް ﷲ އިންސާނުންނަށް އަދަދު ނުކުރެވޭހާ ގިނަ ނިއުމަތްތައް ދެއްވާފައިވާ ކަމަށާއި، ވަކިން ޚާއްސަ ގޮތެއްގައި މުދަލާއި ފައިސާއަކީ، އެކަލާނގެ އިންސާނުންނަށް ދެއްވި ނިއުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިއުމަތެއް ކަމަށެވެ. އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލާއި، ފައިސާ ހޭދަކުރުމަކީ، ސުވަރުގެއަށް ވާޞިލުވުމުގެ މަގެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާފައިވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްރާފު ކުރުމަކީ ހަރާމް ކަންތައްތަކަށާއި، ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތަށް މުދާ ހޭދަ ކުރުން ކަމަށާއި، ހުއްދަވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދުކުރުމަކީ އިސްރާފުކުރުން ކަމަށެވެ. އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދު ކުރުމަކީ ވެސް އިސްރާފު ކުރުމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މިނޫން ވެސް މިފަދަ އެންމެހާ ނޭދެވޭ ކަންތައްތައް ހިމެނިގެންދާނީ އިސްރާފު ކުރުމުގެ ތެރޭގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްރާފު ކުރުމަކީ، މުއުމިނުންގެ ސިފައެއް ނޫން ކަމަށާއި، މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިޤްތިޞާދު ކޮށްގެން ދިރިއުޅުން ކަމަށެވެ.

ޚުތުބާގައި ބުނީ މިޒަމާނުގައި ބައެއް މީހުން ތިމާގެ އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށް ބެލުމެއްނެތި ޚަރަދުތައް ކުރަމުންދާ ކަމަށާއި، ޒަމާނީ ތަރައްގީ އާއި ޓެކްނޮލޮޖީގެ މިޒަމާނުގައި، މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދާ ކަމަށެވެ. ދަރިންގެ ކުޅޭ އެއްޗެހި ވެސް ހަލާކުވުމުގެ ކުރިން ގަނެދޭ ކަމަށާއި، އަނެއް ބަޔަކު، ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް، ޒަރޫރަތެއް ނެތް ބޮޑެތި ޚަރަދުތައް ކުރަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެދޭނަމަ، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި، ތިމާގެ ބޭނުންތައް ފުއްދުމަށް ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށާއި، އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެއް ކަމަށެވެ. އަދި މިދުނިޔޭގައި އޭނާ އުޅެން އޮތް ދުވަސްތަކަކީ މަދު ދުވަސްތަކެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން ހިނދުކޮޅަކަށް ވެސް ލަހެއްފަހެއް ނުވާނެއިރު، އަބަދުވެސް ހުންނަށް ޖެހޭނީ މީހުންގެ ހައްގުތައް އަދާކޮށް، މީހުންގެ ދަރަނިތައް އަދާކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިޤްތިޞާދުކޮށް، ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ޚަރަދު ކުރުމަކީ އިސްލާމީ އިޤްތިޞާދުގެ މުހިއްމު އަސާސެއް ކަމަށާއި، އިޤްތިޞާދު ކުރުމަކީ، ޚަރަދުކުރުމުގައި މެދު މިންވަރަކަށް އަމަލުކުރުން ކަމަށެވެ. މިއަދުގެ ދުނިޔޭގައި ވެސް، ކުރިއަރާފައިވާ ބޮޑެތި ގައުމުތައް ކުރިއަރާފައި ވަނީ، އުފެއްދުންތެރިކަމާއި އިޤްތިޞާދުކުރުމަކީ، އެންމެ މުހިއްމު އަސާސްކަމުގައި ބަލައިގެން، މަސައްކަތްކުރުމުގެ ސަބަބުން ކަމަށާއި، ކަންމިހެން އޮތްއިރު، އޭގެ އެތައް ގަރުނެއްގެ ކުރިން، އިސްލާމްދީނުން އެކަމަށް ގޮވާލާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ އަޅުގަނޑުމެންގެ ތެރޭގައި، އިޤްތިޞާދު ކުރުމާމެދު ހޭލުންތެރިކުރުވައި ޒުވާނުންނަށް އެކަމުގެ ތަރުބިޔަތުދޭން ޖެހޭ ކަމަށެވެ. އިސްލާމްދީނުގައި މަސައްކަތްތެރިކަމާއި، ހޭދަކުރުމާއި، އިޤްތިޞާދު ކުރުމުގެ ކަންތައް ހުރި ނެތް ގޮތުގެ މައްޗަށް ޒުވާނުން ހޭލުންތެރި ކުރުވަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ މައިންބަފައިންނާއި، ކަމާބެހޭ މަސްޢޫލުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފަހުން ކުރަންޖެހޭ ކުރަން ޖެހިދާނެ މުހިއްމު ކަންތައްތަކަށްޓަކައި، ފަހަށް ރައްކާކުރުމަކީ މުހިއްމު ކަމެއްކަން އަންގައިދީ، އެކުދިންނަށް ނަސޭހަތްދީ އެކުދިންނަށް މަގުދައްކައި، އެކަމަށް އާދަކުރުވުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު