Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ޔުވެންޓަސްއަށް ފުރަތަމަ މޮޅު، މިލާން ކުރިއަށް

ވެނެޒިއާ އަތުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:30
ސްޕެޒިއާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެޒިއާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ސްޕެޒިއާ އަތުން މޮޅުވެ ޔުވެންޓަސްއިން މި ފަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައިރު، ވެނެޒިއާ ބަލިކޮށް ތާވަލުގެ ކުރިއަށް މިލާން ޖެހިލައިފިއެވެ.

ރަށުން ބޭރުގަައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މިއީ މެސިމިލިއާނޯ އަލްގެރީގެ ކޯޗުކަމުގައި މި ސީޒަނުގައި ވާދަކުރަމުން އަންނަ ޔުވެންޓަސްއިން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ޔުވެންޓަސްއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެއާއެކު މިއީ މިދިޔަ 60 އަހަރު ތެރޭ އެ ޓީމު ލީގުގައި އެންމެ ދަށްކޮށް ފެށި ފަހަރެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮއިސޭ ކީނެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އެމަަނުއަލް ޖިއާސީ ވަނީ ސްޕެޒިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ފަހުން މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ސްޕެޒިއާއިން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަނިސް އަންޓީސްޓެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ފެޑެރީކޯ ކިއޭސާ ވަނީ ޔުވެންޓަސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ޔުވެންޓަސް މޮޅުކޮށްދިން ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަތިއަސް ޑި ލީޓެވެ.

މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މިލާން މޮޅުވީ ވެނެޒިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މެޗުގެ 68 ވަނަ މިނެޓުގައި މިލާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ތެއޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެލެކްސިސް ސައެލެމައެކާސް ތަނަވަސްކޮށްދިން ފުރުސަތަކުން ހެނާންޑޭޒް ވަނީ ލަނޑެއް ޖަހައި، މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާތަކާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށްވެސް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި ލީގުގައި ފުރަތަމަ މޮޅު ހޯދި ޔުވެންޓަސް އޮތީ ތާވަލުގެ 13 ވަނައިގައި ފަސް މެޗުން ފަސް ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުޔުވެންޓަސްއޭސީ މިލާން

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު