Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީންގެ މައްޗަށް މޮނިކަން އަމުރު ނެރުން

ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް އަމީންގެ މައްޗަށް 1 މަސް ދުވަހުގެ މޮނިކޮން އަމުރެއް ނެރެފި

އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 04:46
ޓެރަރިޒަމް ދައުވާ އުފުލާފައިވާ މުހައްމަދު އަމީން

ޓެރަރިޒަމް ދައުވާ އުފުލާފައިވާ މުހައްމަދު އަމީން

ހަނގުރާމައަށް ދިވެހިން ރެކްރޫޓްކޮށް ބޭރަށް ފޮނުވާކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ޓެރަރިސްޓް މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފިއެވެ.

ރާއްޖެ އެމްވީއަށް ކަށަވަރުވެފައިވާ ގޮތުގައި، އަމީންގެ މައްޗަށް މޮނިކޮން އަމުރެއް އާދިއްތަ ދުވަހުގެ ހަވީރު ނެރެފައިވަނީ ހައިކޯޓުންނެވެ. މި އަމުރު ނެރެފައިވަނީ 1 މަސް ދުވަހަށެވެ. އަމީންގެ މައްޗަށް ނެރެފައިވާ މޮނިކޮން އަމުރުގައި ވަނީ އޭނާއަށް، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. މީގެ އިތުރުން މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް މި އަމުރުގައިވެއެވެ.

Advertisement - newsAdvertisement

އަމީންގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރެއް ނެރެފައިވާއިރު، ދައުލަތާ ދެކޮޅަށް އަމީން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މި މަހު 16 ވަނަ ދުވަހު ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލުކޮށް، އޭނާ މިނިވަންކޮށްފައެވެ. ހައިކޯޓުން އަމީން ދޫކޮށްލުމަށް ނިންމީ ދަށު ކޯޓު މަރުހަލާގައި ޝަރީއަތް ފެށުމުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް އެންމެ ފުރަތަމަ އެކަން ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުން ކުރި އަމުރަކަށްފަހު ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް ފަހުގައެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިނާއީ އާންމު އިޖުރާއަތުގެ ދަށުން އަމީން ބަންދު ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އޭނާއަށް ދައުވާ ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ 2019 ނޮވެމްބަރު 24 ގައި ކަމަށްވާއިރު ދައުވާ ކުރީ 2019 ޑިސެމްބަރު 5 ގައި ކަމަށް ހުކުމުގައިވެއެވެ.

ހައިކޯޓުން އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށްފަހުއެވެ. ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ. ދައުލަތުން ދެކޭ ގޮތުގައި އަމީނަށް ދައުވާ ކުރަން ޖެހޭ މުއްދަތު ބަލަން ޖެހޭނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ހައްޔަރު ކުރާ ނަަމަ ތަހުގީގަށް 45 ދުވަސް ލިބޭނެއެވެ. އަދި ދައުވާ ކުރަން 15 ދުވަސް ލިބޭ އިރު އެއަށް ވުރެ މުއްދަތު އިތުރު ވެސް ކުރެވިދާނެއެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީއަށް މީގެ ކުރިން ދެއްވި ފޯން އިންޓަވިއުއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހައިކޯޓުން ނިންމެވި މައްސަލާގައި ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ބުނާ އުސޫލުތަކަށް އަމަލު ކުރަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ޓެރަރިޒަމްގެ ޤާނޫނު އުފެއްދީ ޖިނާއީ އިޖުރާޢަތުގައި ހުރި ޤާނޫނުގެ އުސޫލުތައް ޓެރަރިޒަމްގެ މައްސަލަތަކަށް ހިންގަން ބަލާއިރު އުނދަގޫވާތީވެ ޚާއްސަ ޤާނޫނެއް އުފައްދާފައިވާ ކަމަށާއި ޚާއްސަ ޤާނޫނުގައި އާންމުކޮށް ޤާނޫނުގައި ނުހުންނަ ކަހަލަ ޚާއްސަ ބާރުތަކެއް ފުލުހުންނަށް ވެސް އަދި ޕީޖީ އޮފީހަށް ވެސް، ދައުލަތުގެ އިދާރާތަކަށް ވެސް ދީފައި އެބަހުރި ކަމަށެވެ.

ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި އެއީ ޚާއްސަ ޤާނޫނުން ބާރު ލިބިގެން ކުރަންވާނެ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއަށްފަހު ބަންދުގައި ބަހައްޓާނެ ގޮތް އޮންނަނީ އާންމު އިޖުރާއަތަށް ރުޖޫއަވާން ކަމަށާއި އެހެންނަމަވެސް ހައިކޯޓުން ޓެރަރިޒަމްގެ ޤާނޫނުގައި ބުނާ ކަންތައްތައް ކުރަން ޖެހޭނީ އިޖުރާއަތުގެ ދަށުން ކަމަށް ބުނެފައިވާ ކަމަށެވެ. އެއީ ހިތްހަމަނުޖެހޭ ކަމެއްކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ އިޖުރާޢަތުގެ ޤާނޫނު އޮއްވާ ޓެރަރިޒަމްގެ ޤާނޫނު ހެދީ އެބާވަތުގެ ވަކި މައްސަލަތަކުގައި ވަކި ޚާއްސަ މުއްދަތުތަކެއް ދިނުމަށްޓަކައި ކަމަށެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ދައުވާ ކުރުމުގެ މުއްދަތު އޮންނަނީ 45 ދުވަސް ކަމަށާއި ޓެރަރިޒަމްގެ ޤާނޫނުގައި 75 ދުވަސް ތަހުޤީޤު ކުރަން އަދި 15 ދުވަސް ދީފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ބަންދާއި ދައުވާ ކުރުމުގެ މުއްދަތު އެއްކޮށްލައިގެން ޤާނޫނު ކިޔާފައިވާ ކަމަށް ހީފުޅުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޤާނޫނު ކިޔަން ޖެހޭނީ އެހެން ނޫންކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ ބަންދަކީ ވަކި ކަމެއް ކަމަށާއި ދައުވާ ކުރުމަކީ ވެސް ވަކި ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ދައުވާ ކުރަން ޖެހޭ މުއްދަތުގައި ކަމަށާއި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މައްސަލައިގައި ހިމެނޭ މީހާ އަކީ އިންތިހާއަށް ނުރައްކާތެރި މީހެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި މައްސަލަ އަވަސް ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަމީންގެ މައްސަލައިގެ ޚުލާސާ ބަޔާން އަންނަ މަހު 29 ގައި އިއްވައި، އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުކުމް އިއްވޭނެ ކަމަށް މި މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލުވަނީ ވިދާޅުވިއެވެ.

އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ)އިން އޭނާއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ. 

އަމީނަކީ ރާއްޖޭގެ އައިއެސްގެ ލީޑަރު ކަމަށާއި، ހަނގުރާމަތަކަށް އޭނާ މީހުން ރެކްރޫޓް ކުރާ ކަމަށް ދައުލަތުން ހޯމަ ދުވަހުގެ އަޑު އެހުމުގައި ބުނެފައިވެއެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އަމީންހައި ކޯޓުޕީޖީ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު