Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ އާއި ސިޓީ ކައުންސިލްގެ ކޯޅުން

މާލެ ސިޓީ ކައުންސިލުން އެއްބަސްވުމުން މާނަކުރަނީ ނުބައިކޮށް: ވެމްކޯ

18 ސެޕްޓެމްބަރު 2021 | ހޮނިހިރު 10:44

ސިޓީ ކައުންސިލުން ކުނި އުކުމަށް މިހާތަނަށް އެދިފައެއްނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 10:44
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު

މާލެސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު ވެފައިވާ ކުނި ނަގައި، މަގުމަތި ސާފު ކުރުމުގެ އެއްބަސްވުން ސިޓީ ކައުންސިލުން މާނަކޮށްފައިވަނީ ނުބައިކޮށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ވެމްކޯއިން ސިޓީ ކައުންސިލާއެކު ކުނި މެނޭޖް ކުރުމުގެ އެއްބަސްވުމެއް ހަދާފައިނުވާނެ ކަމަށާއި ހަމައެކަނި އެއްބަސްވުން ހަދާފައިވަނީ ކުނި ނަގައި މަގުމަތި ސާފު ކުރުމުގެ އެއްބަސްވުމެއްގައި ކަމަށެވެ.

Advertisement - newsAdvertisement

މާލޭގެ މަގުތައް ކުނިކަހައި ސާފުކޮށް މަގުމަތަކުގައި އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުންނަ ކުނިތައް އުކާލައި ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ ޒިންމާއެއް ކަމަށް ސިޓީ ކައުންސިލުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން އާދަމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މާނަ ކޮށްފައިވަނީ ދުވަހު ކުނި ނޫން ކަމަށެވެ. އެހެންކަމުން އެ ކުނިތައް އުކާލުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި އެއްބަސްވުމުގައި ވާގޮތުން ކުނި މާނަ ކޮށްފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ގެ ބަދަލުވާއިރު ބޭރު ކުރާ ފަރުނީޗަރުތަކާއި މަގުމަތީގައި ގިނަ ދުވަސްވެފައިވާ ކުނިތައް ކަމަށެވެ.

ވެމްކޯއިން އެ ކުނިތައް ވެސް އުކާލުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުން އެތަންތަން ހޯދުމަށްފަހު ފޮޓޯއާއި މަގުގެ ނަން ފޮނުވުމުން ކަމަށާއި އެއީ އިތުރަށް ޗާޖް ކުރާ ޚިދުމަތަކަށް ވުމުން ސިޓީ ކައުންސިލުން އެކަމަށް އެދެން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ސިޓީ ކައުންސިލުން އެފަދަ ކުނިތައް އުކުމަށް އެދިފައިނުވާ ކަމަށް އާދަމް ވިދާޅުވިއެވެ.

ވެމްކޯއިން އެފަދަ ކުނިތައް ނުއުކާ ކަމަށްވާނަމަ އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރަން ޖެހިދާނެ ކަމަށް ސިޓީ ކައުންސިލުން ބުނި ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން އާދަމް ވިދާޅުވީ ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކްސްކްލޫސިވް ރައިޓްސް ދީފައިވަނީ ވެމްކޯއަށް އެކަނި ކަމަށެވެ.

ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމެދު މައްސަލަތައް މިދަނޑިވަޅުގައި ބޮޑުވެފައިވާއިރު ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނަގައި ވެމްކޯގެ ގޭޓް ކުރިމައްޗަށް އަޅާފައެވެ. އަދި އެކަން ކުރީ ދެބަސްވުމެއްގެ ތެރެއިން ކަމަށް ބުނެ ކައުންސިލުން ވަނީ ފަހުން މާފަށްވެސް އެދިފައެވެ.

އާދަމް މުޙައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި މި ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭގެއިންވެސް ކުނި ނަގައިދީފައިވާއިރު، ދެން އެގޮތަށް އެ ޚިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގެ 50 އިންސައްތަ ގޭބީސީން ވެސް މި ޚިދުމަތަށް ރަޖިސްޓްރީކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެ ޚިދުމަތަށް ރަޖިސްޓްރީ ކުރުމަށް އާދަމް ވަނީ އެދިވަޑައިގެންފައެވެ.

މި ޚިދުމަތަށް ރަޖިސްޓްރީކުރުމަށް މިހާރު ހުޅުވާލާފައިވާއިރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމްކޮށްފައިވާ ރެޖިސްޓްރޭޝަން ޑެސްކުތަކުންނާއި، ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށްވެސް ޚިދުމަތަށް ރަޖިސްޓްރީކުރެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. މިމަހުގެ 30 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ކުރިއަށްގެންދަން ނިންމާފައިވާއިރު، ރެޖިސްޓްރޭޝަން ކުރިއަށްދާ މުއްދަތުގައި މަގުމަތިން ކުނި ނަގަމުންދާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ވީހާވެސް އަވަހަކަށް މި ޚިދުމަތަށް ރަޖިސްޓްރީކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ޚިދުމަތް ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުގެނެސްފައިވާއިރު، މިކަން ނޭނގިގެން ނުވަތަ އެނގިގެން ވިޔަސް ގިނަ ބަޔަކު މަގުމައްޗަށް ކުނި ނެރެފައިވާކަމަށް ވެމްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ. އަދިވެސް ބައެއް ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައިވާކަމަށާއި، މި ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އާދަމް ވިދާޅުވިއެވެ.

ވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް