Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މަސްތުވާތަކެތީގެ ތެރެއަށް ދަރިން ގެންދިޔުމަށް އަވަދިނެތި ބަޔަކު މަސައްކަތް ކުރަމުންދޭ: ޚުތުބާ

17 ސެޕްޓެމްބަރު 2021 | ހުކުރު 08:35

އެކުވެރި، ބަދަހި ގުޅުމެއް ކުދިންނާއެކު ގާއިމް ކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 ސެޕްޓެމްބަރު 2021 | ހުކުރު 08:35
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

މަސްތުވާތަކެތީގެ ތެރެއަށް ދަރިން ގެންދިޔުމަށް މަސައްކަތްކުރާ ބަޔަކު، އަވަދިނެތި މަސައްކަތް ކުރަމުންދާ ކަމަށާއި، ދަރިންގެ ތަރުބިއްޔަތާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މަސްތުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރަމާ" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން އިއްވި ހުކުރު ޚުތުބާގައި ބުނީ ދަރިންގެ ތަރުބިޔަތާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް ފުރާވަރުގެ އުމުރުފުރާގެ ކުދިންނާމެދު ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ފުރާވަރުގެ ކުދިން ބޭނުން ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ވަކިން ޚާއްސަކޮށް އޮންލައިން ބައެއް ގޭމްތަކާއި، ސޯޝަލްމީޑިއާގެ ޕްލެޓްފޯމް ފޯމްތަކުގައި، އެކުދިން ބޭނުން ކުރުމަށް ޝިކާރަކުރުމަށް މަޅިފަތި ޖަހައިގެން ޝިކާރަވެރިން އަބަދުވެސް ތިބޭ ކަމަށެވެ. އެހެންކަމުން އެކުދިންނަށް އިންޓަނެޓް ރައްކާތެރި ގޮތުގައި ބޭނުންކުރަން ދަސްކޮށްދީ، އެކަމަށް ފަހި މާހައުލަކާއި، އެކަމަށްފަހު، އެކުވެރި، ބަދަހި ގުޅުމެއް އެކުދިންނާއެކު ގާއިމް ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މުއައްސަސާތަކުގެ މަސްއޫލުވެރިން ވެސް މިނުރައްކާތެރި ވަބާއިން މުޅި ގައުމު ސަލާމަތްކުރުމަށް ތެދުވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ މީސްތަކުންނަށް ފައިދާހުރި ރަނގަޅު އެންމެހައި ތަކެތި ﷲ ޙަލާލު ކުރެއްވި ކަމަށާއި، ގެއްލުންހުރި ނުބައި އެންމެހައި ތަކެތި ޙަރާމް ކުރެއްވި ކަމަށެވެ. އެންމެހައި މަހުލޫގުންގެ ތެރެއިން އެންމެ މާތްކުރައްވައި، މަތިވެރި ކުރައްވާފައިވަނީ އިންސާނާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ އޭނާއަށް މާތް ﷲ ދެއްވި ބުއްދިއާއި ވިސްނުމުގެ ސަބަބުން ކަމަށާއި، އިންސާނާއަށް ބުއްދި ދެއްވާފައިވަނީ ވިސްނައި ފިކުރު ކުރުމަށްޓަކައި ކަމަށެވެ. ޚުތުބާގައި ބުނީ މާތް ﷲ އަންގަވާފައިވާ ގޮތަށް ހެޔޮގޮތުގައި ބުއްދީގެ ބޭނުން ހެއުގޮތުގައި ނުހިފާ މީހާގެ ދަރަޖަ ﷲ ގެ ޙަޟްރަތުގައި ޖަނަވާރުންގެ ދަރަޖައަށްވުރެ ވެސް ދަށުދަރަޖައަށް ވެއްޓިގެން ދާކަން ކީރިތި ގުރުއާނުގައި ﷲ ބަޔާންކުރައްވާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ މިއަދު މި މުޖުތަމައުގައި، މަސްތުވާ ތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކުނެތް އާއިލާއެއް މަދު ކަމަށާއި، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހިންގުމާއި، ބޭނުންކުރުމަށް ޚާއްސަ ކެފޭތައް ސިއްރިޔާތުގައި ހިންގުމަކީ، މިއަދު ފެންނަން އޮތް ހިތްދަތި ހަގީގަތެއް ކަމަށެވެ. މައިންބަފައިންނާއި، އަނބިދަރިންގެ ކަރުނަ ފޮހެދީ ކާއެތިކޮޅު ފޯރުކޮށްދޭން ޖެހޭ އަތްތަކުން ކާއެތިކޮޅަށް ހޭދަކުރަން އޮންނަ ލާރިކޮޅު އަންދައި އަޅިއަށް ހަދާލައި، ހިފާގެންގުޅޭ ސާމާނުން ފެށިގެން ހަރުމުދާތައް ވިއްކައި ހުސްކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އަނބިދަރިން ހިމާޔަތް ކުރަންޖެހޭ އަތްތަކުން އެބައިމީހުންނަށް އަނިޔާއާއި ގޯނާކުރުމުގައި ހައްދުފަހަނަޅައި ގޮސް މުޖުތަމައުގައި ހިނގާގެވެށި އަނިޔާގެ ގިނަ މައްސަލަތަކުގައި މަސްތުވާ ތަކެތީގެ ބޮޑު ދައުރެއް އޮންނަ ކަމަށެވެ. އަދި މާރާމާރީ އާއި މީހުން މެރުމާއި، ވައްކަމާއި، އެހެނިހެން އެތައް މައްސަލަތަކެއް ގިނަ ފަހަރަށް ގުޅިފައިވަނީ ސީދާ މަސްތުވާ ތަކެއްޗާ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މި މުޖުތަމައުގައި މަސްތުވާތަކެތީގެ އަވާގައި ޖެހިގެން ދަނީ، ހަމައެކަނި، ވަޒީފާއެއް ނެތި މަގުމަތީގައި ތިބި ޒުވާނުން އެކަނި ނޫން ކަމަށާއި، އެއާ ޚިލާފަށްވަރަށް ރަނގަޅު ވަޒީފާތަކުގައި ތިބޭ، ކިޔަވައިގެން ތިބި މޮޅެތި ބައެއް ޒުވާނުން ވެސް މިއަދު މިވަބާގެ ޝިކާރައަކަށް ވެގެންދާ ކަމަށެވެ. މިއީ ބަޔަކު މީހުންގެ އަމިއްލަ މަންފާއަށްޓަކައި، އެކުދިން ޝިކާރަކޮށް، އެ ކުދިން މީގެ ތެރެއަށް ވައްދައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންނަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ މުޅި ހަޔާތް ބިނާ ކުރަނީ ހަރާމް ވިޔަފާރިއެއްގެ މައްޗަށް ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާއަކީ ކަނޑައެޅިގެން ހަރާމްވެގެންވާ އެއްޗެއް ކަމަށެވެ. އެއީ ނުބައިކަން ބޮޑު އަމަލެއް ކަމަށާއި، މަސްތުވާތަކެތީގެ ހަރާމް ވިޔަފާރި ދޫކޮށް، ތެދުވެރި ތައުބާއަކުން ތައުބާވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެ ބޭނުންކުރާމީހާ ހަމަބުއްދިން އެއްކިބާ ކޮށްލާ އެއްޗެއް ކަމަށާއި، ނަތީޖާއެއްގެ ގޮތުން، ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖުތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެންދޭ ކަމަށެވެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހި ވެގެން ދާ ކަމަށާއި، އިސްލާމް ދީނުގައި މަސްތުވާ ހުރިހާ ބާވަތެއް ހަރާމް ކުރައްވާފައިވަނީ އެއިން ލިބޭ ގެއްލުމުން މުޖުތަމައާއި އަފްރާދުން ސަލާމަތް ކޮށްދިނުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މިވަބާގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ އެހީތެރިކަން ބޭނުންވާ ބައެއް ކަމަށާއި، މިމުޖުތަމައުގައި ސަލާމަތުން ތިބި މީހުން، އެމީހުންނަށް އެހީތެރި ނުވެއްޖެނަމަ އެ ވަބާއިން ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި މި ވަބާގެ ޝިކާރައަކަށްވެ، މަގުމައްޗާއި އެކި ތަންތަނުން މަސްތުވެފައިވާ މީހުން ފެންނައިރު، އެމީހުންގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރާ މަންޒަރަކީ ހިތްދަތި ހިތާމަވެރި މަންޒަރެއް ކަމަށާއި، މިކަމުގެ ސަބަބުން އެޒުވާނުން މުޖުތަމައުގެ ކުރިމަތީގައި އިތުރަށް ލަދުވެތިވާންޖެހި، ހެޔޮ މަގަށް އައުމަށް ހުރަހަކަށް ވެގެން ދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން މިފަދަ އަމަލުތަކުން ދުރު ވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް