Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަރުލަމާނީ ނިޒާމަށް ތާއިދުކުރުން

މަޖިލީހަށާއި ރައީސަށް ޕެޓިޝަން ހުށަހަޅާނީ އެއްލައްކަ ސޮއި ލިބުމުން

17 ސެޕްޓެމްބަރު 2021 | ހުކުރު 06:29

އެ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ އެ އަދަދު މިހާރު ހަމަވާން ކައިރިވެފައިވާ ކަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ސެޕްޓެމްބަރު 2021 | ހުކުރު 06:29
ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދަނީ

ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދަނީ

ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ހުށަހަޅަން ތައްޔާރުވާ ޕެޓިޝަން މަޖިލީހަށާއި ރައީސަށް ހުށަހަޅާނީ އެއްލައްކަ ސޮއި ލިބުމުން ކަމަށް އެމްޑީޕީގެ ޕެޓިޝަން ކޮމެޓީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫތު ދެއްވަމުން އެ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ އެ އަދަދު މިހާރު ހަމަވާން ކައިރިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބޮޑެތި ބައެއް ރަށްތައް ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތައް އެއް ސަރަހައްދަށްވުރެ ގިނަ ސަރަހައްދުތަކުގައި ކުރިއަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު އިތުރަށް ވިދާޅުވީ ޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވެސް ޕެޓިޝަންގައި ސޮއިކުރަމުން އަންނައިރު މަޖިލިސް މެމްބަރުންނާއި އިސް މަޤާމުތަކުގައި އުޅުއްވާ ބޭފުޅުންގެ ގާތަށް ގޮސް، ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް މި ޕެޓިޝަންގައި މަޖިލީހުގެ 14 މެމްބަރަކު ސޮއިކުރައްވާފައިވާއިރު އެ މެމްބަރުންނަކީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲއާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ގައްދޫ ދައިރާގެ މެމްބަރު އަހްމަދު ޒާހިރާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި ނ. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދެވެ.

ނިޒާމު ބަދަލުކުރުމަށް އެމްޑީޕީން ވީ ވައުދު ރައީސް ފުއްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ފެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންދާއިރު ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމު ގެންނަން ވައުދުވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން ފުރަތަމަ ތައްޔާރުކުރި ޖަޒީރާ މެނިފެސްޓޯގައި ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި އެކަން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ.

ރައީސް ޞާލިޙް މީގެ ކުރިން ވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ހަމައެކަނި އަމާޒަކީ ވައުދުތައް ފުއްދެވުން ކަމަށެވެ.

މި ހަރަކާތް ހިންގާ މެމްބަރުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހު މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް