Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައިދީއަކު ނިޔާވުން

ހުޅުމާލެ ޖަލުގައި ގައިދީއަކު ނިޔާވުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

14 ސެޕްޓެމްބަރު 2021 | އަންގާރަ 04:31

ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވެފައިވަނީ، ގދ. ވާދޫ ޖަަނަވަރީގެ، މުހައްމަދު އަސްލަމް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 04:31
އާދަމް ޝަރީފް - މަޑުއްވަރި ދާއިރާ މެމްބަރު

އާދަމް ޝަރީފް - މަޑުއްވަރި ދާއިރާ މެމްބަރު

ހުޅުމާލެ ޖަލުގައި ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފިއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. ކުއްލި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވެފައިވާ ކަމާއި، މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށާއި، އާއިލާގެ ފަރާތުންކުރާ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް ގޮވާލާކަމަށެވެ.

Advertisement - newsAdvertisement

ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވެފައިވަނީ، ގދ. ވާދޫ ޖަަނަވަރީގެ، މުހައްމަދު އަސްލަމެވެ.

މައްސަލައިގައި ބުނެފައިވަނީ، އަސްްލަމް ނިޔާވިކަން ކަރެކްޝަންގެ ފަރާތުން އާއިލާއަށް ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައީ 5 ޖެހިއިރު ކަމަށެވެ. އެހެންނަަމަވެސް އާއިލާއަށް އެ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށާއި، ނިޔާވި ޚަބަރުގެ މައުލޫމާތު ވެސް އާއިލާއަށް ލިބުނީ އެހެން މީހެއްގެ ފަރާތުން ކަމަށް ބުނެފައިވެއެވެ. އެވަގުތު ހޮސްޕިޓަލަށް ގޮސް އާއިލާގެ ފަރާތުން ކަރެކްޝަންގެ އޮފިސަރުންނާ ސުވާލުކުރުމުން، އަސްލަމް ފަރުވާ ހޯދަމުންދާކަމަށް ބުނެ އޮޅުވާލަން މަސައްކަތްކުރި ކަމަށާއި، އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް އާއިލާއިން ވަންއިރު ނިޔާވެފައިވާކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަސްލަމް ބަލިވެ ހާލުދެރަވިކަން އިމަރޖެންސި ނަމްބަރަށް ގުޅައި އަންގާފައި ނުވުން އެއީ އިހުމާލެއް ކަމަށާއި، މިނިވަން ތަހުގީގެއް ހިންގައި ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މުހައްމަދު އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައި ކަމަށް ވެސް ކަރެކްޝަންސްއިން ބުނެއެވެ.

އާދަމް ޝަރީފު އުމަރުމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
05 ސެޕްޓެމްބަރު 2025

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް
07 އޯގަސްޓު 2025

ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

07 އޯގަސްޓު 2025
ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް
12 ޖުލައި 2025

އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ

12 ޖުލައި 2025
އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ
28 އޮކްޓޯބަރު 2024

އެމްޑީޕީގެ މެންބަރުންނާ މިނިސްޓަރު އާދަމް ޝަރީފް ބައްދަލެއް ނުކުރެއްވި

28 އޮކްޓޯބަރު 2024
އެމްޑީޕީގެ މެންބަރުންނާ މިނިސްޓަރު އާދަމް ޝަރީފް ބައްދަލެއް ނުކުރެއްވި
09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
21 މެއި 2024

ރައީސީގެ ޖަނާޒާއަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާދަމް ޝަރީފް

21 މެއި 2024
ރައީސީގެ ޖަނާޒާއަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާދަމް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް