Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިގުރަށު ކައުންސިލް ބައްދަލުވުން

ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނަން - ދިގުރަށު ކައުންސިލް

ސްކޫލްގެ ޢިމާރާތުގެ ދަތިކަމާއި ރަށްގިރުމުގެ މައްސަލަ ކައުންސިލުން ވަނީ ފާހަގަކުރައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 13:30
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިގުރަށު ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުން

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިގުރަށު ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުން

ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތް ކުރައްވާނެކަމުގައި އދ. ދިގުރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އދ. ދިގުރަށު ކައުންސިލާއެކު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކުދި މަޝްރޫޢުތައް ކައުންސިލާ ރަށުގެ ރައްޔިތުން ކުރިޔަށް ގެންދިޔަ ނަމަވެސް ދިގުރަށުގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތްކުރައްވާނެކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދިގުރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ވަނީ ރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށް ވެފައިވާއިރު ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާކަމަށާއި، ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްވެފައިވާ ނެތުުމުން ޓޫރިޒަމަށް އެކަމުގެ ސަބަބުން ގޮންޖެހުންތައް ދިމާވާކަމުގައި ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވެސް ސްކޫލްގެ ޢިމާރާތުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލަ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިގުރަށުގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށާއި، ރަށް ގިރާ މައްސަލަ ޙައްލުކުރުމަށް މިހާރު ހަދަންޖެހޭ ދިރާސާތައް ކުރިޔަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ސްކޫލް ޢިމާރާތުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަކީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭކަމަށްވާތީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށާ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އދ. ދިގުރަށްރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ

ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ

08 ސެޕްޓެމްބަރު 2025
ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

04 ސެޕްޓެމްބަރު 2025
ޕޯސްޓްމޯޓަމް ހެދުމަށްފަހު ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

ޕޯސްޓްމޯޓަމް ހެދުމަށްފަހު ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

24 ޑިސެމްބަރު 2023
ދިގުރަށުގައި ވިހެއި ތުއްތުކުއްޖަކު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އަންހެންމީހާ ހައްޔަރުކޮށްފި

ދިގުރަށުގައި ވިހެއި ތުއްތުކުއްޖަކު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އަންހެންމީހާ ހައްޔަރުކޮށްފި

03 ޑިސެމްބަރު 2023
ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

12 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު