Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ކެއިންބުއިމުގައި އިސްރާފުކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް: ޚުތުބާ

10 ސެޕްޓެމްބަރު 2021 | ހުކުރު 08:07

އިސްރާފުކުރުމުގެ ސަބަބުން އޭނާއަށް އެތައް ބަލިތަކެއް ޖެހިދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2021 | ހުކުރު 08:07
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުންތައް ގެއަށް ދަނީ،

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުންތައް ގެއަށް ދަނީ،

ކެއިންބުއިމުގައި އިސްރާފު ކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކެއިންބުއިމުގެ އިސްލާމީ އަދަބުތައް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީން އަބަދުވެސް ގޮވައިލަނީ، އިސްރާފުނުކުރުމަށް ކަމަށާއި، ކެއިންބުއިމުގައި އިސްރާފުކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އޭނާއަށް އެތައް ބަލިތަކެއް ޖެހިދާނެ ކަމެއް ކަމަށާއި، އެއީ އޭނާގެ ދުޅަހެޔޮކަން ނަގައިލާފާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މި ޒަމާނަށް ބަލާ އިރު ކައިވެނީގެ ވަލީމާތަކާއި ތަފާތު މުނާސަބަތުތަކުގައި ބާއްވާ ޕާޓީތަކުން އިސްރާފުގެ ކުލަތައް ފެންނަ ކަމަށާއި، މިއީ ދީނީގޮތުން ބަލާ އިރު އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެއީ މާތް ﷲ ދެއްވި މުދަލުން ކުރެވޭ އިސްރާފެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ގިނަބަޔަކު ވަލީމާތައް ބާއްވަނީ ސުންނަތް ގާއިމުކުރުމުގެ ގޮތުން ނޫން ކަމަށެވެ. އެކަކަށްވުރެ އަނެކަކު މޮޅުކަމާއި، މުއްސަންދިކަމާއި ފޯރުންތެރިކަން ދެއްކުމަށްޓަކައި ބާއްވާ ވަލީމާތަކުގެ ނަތީޖާއަކީ ތިމާ ދަރަނިވެރިވުން ކަމަށެވެ.

ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދުތަކަށް އަލިއަޅުއްވާލައްވައި ޚުތުބާގައި ބުނީ ކޮޅަށްހުރެ ނުކެއުމާއި، ފެން ބޯއިރު ލަސްލަހުން އެތިއެތި ފޮދުން ދަމާލައިގެން ބުއިން ހިމެނޭ ކަމަށެވެ. ދިޔާ އެއްޗެހި ބޯ އިރު، ބުއިން އެންމެ ރަނގަޅީ ތިން ނޭވާއިން ކަމަށާއި، ފުރަތަމަ ފަހަރު ބޯ އިރު ބިސްމި ކިއުމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ނިންމާލަމުން މާތް ﷲއަށް ހަމްދުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ޑޮކްޓަރުންނާ ހަވާލާދެއްވައި ޚުތުބާގައި ބުނީ ހެނދުނުގެ ނާސްތާއަކީ، ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. މަސައްކަތަށް ދިއުމުގެ ކުރިން ހަށިގަނޑަށް ފައިދާ ހުރި ކާނާހިމެނޭ ގޮތަށް، ސައި ބުއިމުން އިންސާނާގެ ހަށިގަނޑަށާއި، ސިކުނޑިއަށް ތާޒާކަން ލިބިގެންދާނެ ކަމަށެވެ. ކެއުމާއި ބުއިމުގެ އިސްލާމީ އަދަބުތަކަށް ބަލާ އިރު، މަޤުޞަދަކަށް ވާންޖެހޭނީ، މާތް ﷲއަށް ކިޔަމަންގަތުމާއި، ތިމާގެ ވާޖިބުތަކާއި، މަސައްކަތްތައް ކުރުމަށް ބޭނުންވާ ހަކަތަ އާއި، ވާގިވެރިކަން ހޯދުމުގެ ނިޔަތުގައި ކެއުމާއި ބުއިން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް