ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ނިޔާވެއްޖެ
8 ސެޕްޓެމްބަރު 2021 | ބުދަ 19:55ނިޔާވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް

އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2021 | ބުދަ 19:55

ނިޔާވި ޒުވާނާ
ސްނޯކްލިންއަށް ގޮސްއުޅުނު ޒުވާނެއްގެ މެއަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ބ.މާޅޮހުން ސްނޯކްލިންއަށް ގޮސް އުޅުނު މީހެއްގެ ހިތާ ދިމާއިން މެއަށް ހިބަރެއްގެ ތުންގަނޑު ހެރިގެން, ބުދަ ދުވަހުގެ ހަވީރު 4.10ހާއިރު ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ނިޔާވެފައިވަނީ މާލެއަށް އުފަން އާދަމް ޢަބްދުއްރަޙްމާން (ދާނު) 33އ އެވެ.
އޭނާއަކީ މާޅޮހުގައި އަމިއްލަ ޑައިވް ސެންޓަރެއް (މޯލްޑައިވަރސް) ހިންގަމުން އަންނަ, ރަށުގެ ގިނަބަޔަކާގުޅޭ ޑައިވް އިސްޓްރަކްޓަރެކެވެ.








