Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ގައުމީ ޓީމުގެ ކޭމްޕް

ކުޑަފަރި އަތުން ޒުވާން ގައުމީ ޓީމަށް ފަސޭހަ މޮޅެއް

7 ސެޕްޓެމްބަރު 2021 | އަންގާރަ 14:26

ޒުވާން ގައުމީ ޓީމުން ދެން އޮތް ތިން މެޗު ކުޅޭނީ ހިންނަވަރުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 14:26
ޒުވާން ގައުމީ ޓީމާއި ކުޑަފަރި ބައްދަލުކުރި މެޗުގެ ތެރެއިން

ޒުވާން ގައުމީ ޓީމާއި ކުޑަފަރި ބައްދަލުކުރި މެޗުގެ ތެރެއިން

ޅ. އަތޮޅުގައި ކުރިއަށްގެންދާ ކޭމްޕުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު ތިންވަނަ މެޗުން ނ. ކުޑަފަރި އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ނައިފަރުގެ ޓާފް ދަނޑުގައި ކުޅުނު މި މެޗުން ޒުވާން ގައުމީ ޓީމު މޮޅުވީ 8-3 ގެ ނަތީޖާއަކުންނެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މި މެޗުގައި ގައުމީ ޓީމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އާއި، ޒައިން ޒަފަރާއި، މުޙައްމަދު ޖައިލަމް (އޮގީ) އާއި، ހަސަން ނައްވާޝާއި، ޒަޔާން ނަސީރު އަދި ނޫހު ތައުމީނެވެ. މީގެ ތެރެއިން ޔާން އާއި އޮގީ ވަނީ ދެ ލަނޑު ޖަހާފައެވެ.

ޅ. އަތޮޅުގައި ކުރިއަށްގެންދާ ކޭމްޕުގައި ކުޅުނު ތިންވަނަ މެޗުން ޒުވާން ގައުމީ ޓީމު މޮޅުވިއިރު، މި ކޭމްޕުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ޒުވާން ގައުމީ ޓީމު ވަނީ އެއްވަރުވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ނައިފަރާ 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ ހޮޅުދޫއާވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްފައެވެ.

މި ކޭމްޕުގައި ޒުވާން ގައުމީ ޓީމުން އިތުރު ތިން މެޗެއް ކުޅޭއިރު، ބުދަ ދުވަހު ޒުވާން ގައުމީ ޓީމު ހިންނަވަރަށް ދާނެއެވެ. އެ ރަށުގައި ކުޅޭ ތިން މެޗުގައި ޒުވާން ގައުމީ ޓީމު ނުކުންނާނީ ހިންނަވަރުގެ އިތުރުން ރ. މީދޫ އާއި ޅ. ކުރެންދޫއާ ދެކޮޅަށެވެ.

މި ކޭމްޕް ނިންމާލުމަށްފަހު ޒުވާން ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ އެ މެޗުތަކުގައި ރަނގަޅު ކުޅުންތެރިން ފާހަގަވެއްޖެނަމަ، ޒުވާން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.

ޒުވާން ގައުމީ ޓީމާ ސުޒޭން ހަވާލުވި ނަމަވެސް، އޭގެ ފަހުން އެފްއޭއެމުން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ކޭމްޕުގައި ސުޒޭން ބައިވެރިނުވާއިރު، މި ވަގުތު ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަމުން އަންނަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

އޭޝިއަން ކަޕުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމު ވާދަކުރާއިރު، އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ބަހްރޭނުގައި ކުޅޭއިރު، ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް