Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގެވެހި ފިރިހެނުން

ވަށްކޮށް ރޮށި ދަމަން އެނގުމަކީ ސަޅިކަމެއް، އެކަން ހަމަޖަމުނުވުމަކީ ދެރަކަމެއް!

މީހަކަށް ވަށްކޮށް ރޮށި ދަމަން އެނގުމާއި މީރުކޮށް ރިހަކައްކަން އެނގުމަކީ މޮޅުކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 14:40
ގިނަ އަންހެނުންނަށް ކަމުދަނީ ކައްކަން އިނގޭ ފިރިހެނުން

ގިނަ އަންހެނުންނަށް ކަމުދަނީ ކައްކަން އިނގޭ ފިރިހެނުން

އިންސާނުންނަކީ ތަފާތު އެކި ކަންތައްތަކަށް ޝައުގުވެރިކަން ހުންނަ ބައެކެވެ. އެއްބައި މީހުން އެ ހުންނަ ޝައުގުވެރިކަމާއެކު އެކަމެއްގައި ކުރިއަށްދެއެވެ.

އެކި މީހުން ޝައުގުވެރިކަން އުފެދެނީ އެކި ކަންކަމަށެވެ. އެކަކު ކެއްކުމަށް ޝައުގުވެރިވާއިރު އަނެކަކު ޑައިވް ކުރުމާއި ކުރެހުމާއި މަސްވެރިކަމަށް ވެސް ޝައުގުވެރިކަން ހުރެދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލިޔަސް މިކަން އޮތީ މިހެންނެވެ.

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހެއް ނަމަ އެމީހާގެ އެ ސީރިއަސް ސިފަ ނޫން އެހެން ސިފައެއް ނުވަތަ ޝައުގުވެރިވާ އެހެންކަމެއް އެނގެން ވަރަށް ގިނަ މީހުން ބޭނުންވާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިފަދައިން ފާހަގަކޮށްލެވޭ ބޭފުޅުން އެބަތިއްބެވިއެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަކީ ވަރަށް މޮޅު ލަވަ ކިޔުއްވާ ބޭފުޅެކެވެ. ޖޯޖް ބުޝް އަކީ ވަރަށް ރީތިކޮށް ކުރައްސަވާ ބޭފުޅެކެވެ. ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންނަކީ މަސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ. މިގޮތަށް އެތައް ބަޔެއްގެ ނަން ކީދާނެއެވެ.

ރާއްޖެއަށް ބަލާނަމަ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ވަރަށް ރީތިކޮށް އަރަބި ބޮޑު އަކުރު ލިޔުއްވާ ބޭފުޅެކެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ސިޔާސީ ކަންކަމުގެ އިތުރަށް ތަފާތު ހުނަރުތައް ހުރި ބޭފުޅެކެވެ. މިގޮތުން މޮޅަށް ވޮލީ ކުޅުއްވުމުގެ އިތުރުން ފޮޓޯ ނެންގެވުމަކީ ރައީސްގެ އާދަޔާ ޚިލާފު ހުނަރުތަކުގެ ތެރޭގައި ފާހަގަކުރެވޭ ކަންތައްތަކެވެ.

ދެން އޮތީ އާއިލީ ދިރިއުޅުއްވުމުގެ ވާހަކައެވެ. ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އާއިލީ ދިރިއުޅުއްވުމާއި ސާދާ މިޒާޖާއި އާދަތަކުގެ ވާހަކަ ދެއްކެވިއިރު އަމިއްލަފުޅު ކަންކަން އަމިއްލަފުޅަށް ކުރައްވަމޭ ވިދާޅުވިއެވެ. މިގޮތުން ކެެއްކުމުގެ ހުނަރު ރަނގަޅު ފެންވަރަކަށް ހުންނަކަން ހާމަކުރެއްވުމުގެ ގޮތުން ރޮށި ވަށްކޮށް ދަމަން އެނގިވަޑައިގަންނަވާ ކަމަށާއި ވަރަށް މީރުކޮށް ކުކުޅު ރިހަ ކައްކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް މި ވާހަކަތައް ވެގެންދިޔައީ ހަޖަމް ކުރަން ތަންކޮޅެއް އުނދަގޫ ވާހަކަތަކަށެވެ. ރައީސް ސާލިހަށް ވަށްކޮށް ރޮށި ދަމަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވުމުން އެކަމަށް ވަރަށް ބޮޑަށް އިދިކޮޅުން ވަނީ ފާޑު ކިޔާފައެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ގޮތަށް ވަނީ ސިފަކޮށްފައެވެ.

އެހެންނަމަވެސް ގަބޫލު ކުރަންވީ ހަގީގަތަކީ މީހަކަށް ވަށްކޮށް ރޮށި ދަމަން އެނގުމާއި މީރުކޮށް ރިހަގަނޑެއް ކައްކާލަން އެނގުމަކީ މޮޅު ކަމެއް ކަމެވެ. އެކަމަށް މަލާމާތް ކުރާނަމަ އެ މަލާމަތް ފުރަތަމަ ރައްދުވަނީ ތިމާގެ މަންމައަށެވެ. ދެން ދައްތަ އަށެވެ. އަންހެން ކޮއްކޮ އަށެވެ. ދެން ތިމާގެ އަނބިމީހާއަށެވެ. ބައެއް ފަހަރު ޚުދު ތިމާއަށެވެ. އެންމެ ފަހުން ގޮސް ތިމާގެ އަންހެން ދަރިފުޅަށެވެ.

އެއަށްވުރެ އިތުރަށް ބުނާނަމަ ކެއްކުމުގެ ބުރަ ވަޒީފާ އަދާކުރާ ހުރިހާ ޝެފުންނަށެވެ. މިޒަމާނުގައި ފިރިހެނުންނަށް ކައްކަން އެނގުމަކީ ސަޅި ކަމެކެވެ. ރާއްޖޭގައި ކުރިއަރަމުން އަންނަ ކަލިނަރީގެ މި ދާއިރާއަށް ބަލާލިޔަސް މި ދާއިރާގައި އުޅޭ ފިރިހެނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މި ދާއިރާ އަކީ މިހާރު އެންމެ މުސާރަ ބޮޑު ދާއިރާއަށްވާއިރު މިއީ ވަރަށް ރަނގަޅު މުސްތަގުބަލެއް އޮތް ދާއިރާއެކެވެ. މިހާރު ގިނަ އަންހެނުންނަށް ކަމުދަނީ ވެސް ކައްކަން އެނގޭ، ވަށްކޮށް ރޮށި ދަމަން އެނގޭ، ބަދިގޭގައި ވެސް އެހީތެރިވެދެވޭނެ ފަދަ ފިރިހެނުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފަތާއި ވޭޕާއި ޝީޝާ - ސަޅިކަމެއްކަމަށް ދެކުނަސް އެތައް ގޮތަކުން ނުރައްކާ!

ދުންފަތާއި ވޭޕާއި ޝީޝާ - ސަޅިކަމެއްކަމަށް ދެކުނަސް އެތައް ގޮތަކުން ނުރައްކާ!

01 ޖޫން 2024
އިންސާނުންގެ ކަރުގައި ޗޭނުޖަހާ ދަމަން ހިތްވަރުދޭ ގާޒީއެއް މަގާމުގައި ހުރެގެން ނުވާނެ!

އިންސާނުންގެ ކަރުގައި ޗޭނުޖަހާ ދަމަން ހިތްވަރުދޭ ގާޒީއެއް މަގާމުގައި ހުރެގެން ނުވާނެ!

07 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު