Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޅުވެއްޓި ފެނުން

ގެއްލިގެން ހޯދަމުންދިޔަ، ކޮޅުވެއްޓި ފެނިއްޖެ

21 މެއި 2017 | އާދީއްތަ 00:13

ކޮޅުވެއްޓި ފެނުނީ ލ. އަތޮޅު އިސްދޫ އިރުން 130 ނޯޓިކަލް މޭލު ބޭރުން

ލީވާން އަލީ
ލީވާން އަލީ | 21 މެއި 2017 | އާދީއްތަ 00:13
ގެއްލިގެން ހޯދަމުންގެންދިޔަ ކޮޅުވެއްޓި

ގެއްލިގެން ހޯދަމުންގެންދިޔަ ކޮޅުވެއްޓި

ޚަބަރެއް ނުވެގެން ހޯދަމުންދާ "މާރިޔާ-3" ކޮޅުވެއްޓި ހޮނިހިރު ދުވަހުގެ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ކޮޅުވެއްޓި ފެނިފައިވަނީ ލ. އަތޮޅު އިސްދޫމުލީގެ އިރު އުތުރުން 130 ނޯޓިކަލް މޭލު ބޭރުންނެވެ.

Advertisement - newsAdvertisement

"މާރިޔާ-3" ކޮޅުވެއްޓި ފެނުނު އިރު އޭގައި ތިބި 6 މީހުންވެސް ސަލާމަތްތެރިކަމާއެކު ތިއްބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ކޮޅުވެއްޓީގައި ތިބީ 2 ދިވެހިންނާއި 4 ބިދޭސީން ކަމަށް ވެރި ފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. އެ ދެ ދިވެހިންނަކީ ކޮޅުވެއްޓީގެ ކެޕްޓަން، ތ.ވިލިފުށީ ފިނިހިޔާގެ އާދަމް ނައީމްއާއި އޭނާގެ އަންހެނުން އެ ރަށު ކޮށިބިއްލޫރިގޭ ޒުލައިޚާ އުސްމާނު އެވެ.

ކޮޅުވެއްޓި ގެއްލުނުތާ ހަތަރު ދުވަސް ފަހުން ފެނިފައިވަނީ އިންޑިއަން ނޭވީގެ މަތިންދާބޯޓުން ހިންގި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރޭގައެވެ. ކޮޅުވެއްޓި ފެނުމާއެކު އެސަރަޙައްދުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީ ޝިޕް ކިރްޗް އަށް ވަނީ އެކަން އަންގާފައެވެ. އަދި އިންޑިއަން ނޭވީ ޝިޕް ކިރްޗް، ކޮޅުވެއްޓި އޮތް ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު މި މަނަވަރުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޮޅުވެއްޓި މިސްރާބު ގެއްލި އޮޔާ ދިޔައީ ކޮޅުވެއްޓީގެ ކުރީ ކޮޅުގައި ހުންނަ ރޭމްޕުގެ ޗޭނު ކަނޑައިގެން ގޮސް، ކަނޑުތެރެއަށް ވެއްޓުމާއި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުންނެވެ.

"މާރިޔާ-3" ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން މިމަހު 18 ވަނަ ދުވަހު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން، ވައިގެ މަގުންނާއި ކަނޑުގެ މަގުން މި ކޮޅުވެއްޓި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތައް ވަނީ ހުއްޓުމެއް ނެތި މަސައްކަތްކޮށްފައެވެ. އަދި މި އޮޕަރޭޝަނަށް އިންޑިއަން ނޭވީންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް