Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގެ ކޮވިޑް ހާލަތު

އައްޑޫ ސިޓީގައި ހާލަތު ގޯސްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 216ށް

1 ސެޕްޓެމްބަރު 2021 | ބުދަ 01:52

ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ސެޕްޓެމްބަރު 2021 | ބުދަ 01:52
އައްޑޫ ސިޓީ،

އައްޑޫ ސިޓީ،

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކުން ދައްކާގޮތުގައި ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް 243 ސާމްޕަލެއް ނަގާފައިވެއެވެ. އޭގެ ތެރެއިން 37 ސާމްޕަލެއް ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު ޖުމްލަ ޕޮޒިޓިވްވި އަދަދު ވަނީ 915ށް އަރާފައެވެ. އަދި 696 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

216 އެކްޓިވް ކޭސް ހިމޭނޭއިރު އެއީ މަރަދޫއިން 106 މީހުން، ހިތަދޫއިން 53 މީހުން، މަރަދޫ-ފޭދޫއިން 24 މީހުން، ފޭދޫއިން 22 މީހުން، ގަމުން އެކަކު، ހުޅުދޫއިން އެކަކު، އަދި މީދޫއިން އެކަކު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ސިޓީގައި މިވަގުތު އޮތް އެކްޓިވް ކޭސްތަކުގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި 612 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، 3 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ބަލީގައި 3 މީހަކު ނިޔާވެފައިވެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ސާމްޕަލް ނެގުމުގެ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 17432 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، މި މަސައްކަތުގައި އާއްމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އައްޑޫ ސިޓީން ކޮވިޑް-19ގެ ހާލަތު ގޯސްވެފައިމިވަނީ 21 ޖުލައި 2021 ގައި މޮނިޓަރިންގެ ހާލަތު އުވާލައި، އައު އުސޫލުތަކަށް އަމަލުކުރަން ފެށިފަހުންނެވެ. ނަމަވެސް 28 އޮގަސްޓް 2021 ގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ކައުންސިލުން ބުނީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެގޮތުން އާއްމުކޮށް ބާއްވާ އެއްވުންތަކާއި ޕާޓީތައް ބޭއްވުން 02 ހަފްތާއަށް މެދުކަނޑާލައި، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ސްކޫލްތައް 02 ހަފްތާއަށް ވަނީ ބަންދުކޮށްފައެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާ ގޮތެއްގެ މަތިން ގްރޭޑް 9 އަކުން މަތީގެ ގްރޭޑްތަކުގެ ކިޔެވުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ރޭގަނޑު 9:00ން ފަތިހު 04:00ށް ކާފިއު ހިންގަން ފަށާފައިވާއިރު، ކޮންމެހެން ބޭރަށް ދާންޖެހޭނަމަ އައްޑޫ އީ.އޯ.ސީގެ ހުއްދައާއެކު ބޭރަށްދިއުމަށް ކައުންސިލުން އެދިފައިވެއެވެ. މީގެ އިތުރުން ކައުންސިލުން ބުނީ ގާޑިޔާ، ހޮޓާ ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ރޭގަނޑު 9:00ން ހުޅުވައިގެން ޚިދުމަތް ދިން ނަމަވެސް 12:00ށްއާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ފިހާރަތަކުން ރޭގަނޑު 9:00ށް ހުޅުވައިގެން ހިދުމަތްދިނުމާއި އަދި 10:00ށް ޑެލިވަރީގެ ޚިދުމަތްދެވޭނެ ކަމަށެވެ.

އައްޑޫ ސިޓީން ފުރާ އެންމެންގެ ޕީސީއާރް ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި ޒަރޫރީ ބޭނުމަށް ދަތުރުކުރާ އެންމެހައި ފަރާތްތައް އެޅިފައިވާ އެންމެހައި ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައިއެވެ. މޮނިޓަރިންގ ހާލަތުގައި އައްޑޫއިން ދަތުރުކުރެވޭނީ އައްޑޫ އީ، އޯ.ސީގެ ހުއްދަ ލިބިގެން ކަމަށް ކައުންސިލުން ބުނެއެވެ.

އައްްޑޫ ސިޓީކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް