Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމް ޓީޗަރުން

އިސްލާމް ކިޔަވައިދިނުމަށް ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް - މިނިސްޓްރީ

29 އޯގަސްޓު 2021 | އާދީއްތަ 12:40

އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހިބަހުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 އޯގަސްޓު 2021 | އާދީއްތަ 12:40
ޑރ. އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

ޑރ. އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔވަައި ދިނުމަށާއި، އެކަމަށް ބޭރުން ޓީޗަރުން ގެނައުމަަށް ވިސްނާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން އެކުލަވާލެއްވި ރިޕޯޓްގައި ހުށަހަޅުއްވާފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން، އެ މިނިސްޓްރީއާ ގުޅޭ ކަމަށް އެރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަންތަންފީޒު ކުރެއްވުމުގެ މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، 26 އޮގަސްޓް 2021ގައި، މޭ 6ގެކޮމިޓީއިން މި މިނިސްޓްރީއާ ބައްދަލު ކުރައްވާ، ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހިބަހުން ކަމަށާއި، އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީން ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިއްބެވި ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންކަމުން އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައި ދިނުމަށް މިނިސްޓްރީއިން ވިސްނާފައިނުވާ ކަމަށާއި އަދި، އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއްވެސް، މިނިސްޓްރީގެ ނެތް ކަމަށް ބުނެއެވެ.

ހޮނިހިރު ދުވަހުގެރޭ، އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި، މެއި6 ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު ވާހަކަދެކެވިފައިވާކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން އެކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައިވާކަމަށެވެ. އެގޮތުން ކްރިޓިކަލް ތިންކިންއާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިކަމަށްވެސް ހަސަން އަފީފް ވިދާޅުވިއެވެ.

ހަސަން އަފީފް ވިދާޅުވިގޮތުގައި، ސްކޫލްތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން މިހާރުވަނީ ދެނެގަނެވިފައެވެ. އެ ފިކުރަށް ކުދިން ލެންބުމަށް ނިކަމެތި ދިރިއުޅުން އުޅޭކުދިންނަށް ޓާގެޓްކުރާކަންވެސް ދެނެގަނެވިފައިވާކަމަށް އަފީފް ވިދާޅުވިއެވެ. އަފީފް ވިދާޅުވީ، އިސްލާމް މާއްދާގައި ހުރި ނަފްރަތު އުފެދިދާނެ ކަހަލަ ބައިތައް އެ މާއްދާއިން އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާކަމަށާއި، އެފަދަ ފިކުރުތައް ހުއްޓުވުމަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ގެންނަނީ ކިހާ އަދަދެއްގެ ޓީޗަރުންކަމެއް އަފީފް ވިދާޅެއް ނުވެއެވެ.

އަރަބި ބަހާއި ކީރިތި ގުރުއާން ކިޔަވައިދިނުމަށް 10 މުދައްރިސަކު އިންޑިއާއިން ވަނީ ރާއްޖެ ގެނެސްފައެވެ. އިންޑިއާއިން ގެނެސްފައިވަނީ، އަރަބި 5 މުދައްރިސުންނާއި ގުރުއާން 5 މުދައްރިސުންނެވެ. އަދި އެ މުދައްރިސުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް