Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުއްޖެއްގެ ބޯ ޕްރެޝަރ ކުކަރެއްގައި ތާށިވުން

ޕްރެޝަރު ކުކަރެއްގައި ބޯ ތާށިވި ކުއްޖަކު ޑޮކްޓަރުން ސަލާމަތްކޮށްފި

ޕްރެޝަ ކުކަރު ކުއްޖާގެ ބޮލުގައި ތާށިވީ ކިހިނެއް ކަމެއް ނޭނގޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 07:14
އިންޑިއާގައި ޕްރެޝަރ ކުކަރެއްގެ ތެރޭގައި ބޯ ތާށިވި ކުޑަކުއްޖާ

އިންޑިއާގައި ޕްރެޝަރ ކުކަރެއްގެ ތެރޭގައި ބޯ ތާށިވި ކުޑަކުއްޖާ

ޕްރެޝަރު ކުކަރެއްގައި ބޯ ތާށިވި ކުޑަ ކުއްޖަކު އިންޑިއާގެ ޑޮކްޓަރުން ސަލާމަތްކޮށްފިއެވެ.

ކުޑަ ކުއްޖެއްގެ ބޮލުގައި ތާށިވި ޕްރެޝަރު ކުކަރު އެކުއްޖާގެ ބޮލުގައި ތާށިވީ ކިހިނެއް ކަމެއް ނޭނގޭކަމަށް އެ ކުއްޖާގެ މައިންބަފައިން ވަނީ ބުނެފައެވެ. އަދި ކުއްޖާގެ ބޮލުގައި ޕްރެޝަރު ކުކަރު ތާށިވުމުން އޭތި ނެގުމުގެ މަސައްކަތް ކުރި ކަމަށާއި އުޅެއުޅެ ވެސް ބޮލުން ނުނެއްޓިގެން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔަކަމަށް ކުއްޖާގެ މައިންބަފައިން މައުލޫމާތުދެއެވެ.

ބޮލުގައި ޕްރެޝަރު ކުކަރު ތާށިވި ކުއްޖާ ގެންގޮސްފައި ވަނީ އިންޑިއާގެ އެސްއެމް ޗެރިޓަބަލް ހޮސްޕިޓަލަށެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމާއެކު ޑޮކްޓަރުން ހައިރާންވި ނަމަވެސް ވީހާވެސް އަވަހަށް އެކުއްޖާގެ ބޮލުން ޕްރެޝަރު ކުކަރު ނެގުމުގެ މަސައްކަތް ޑޮކްޓަރުން ފެށިއެވެ.

ޑޮކްޓަރުން މައުލޫމާތުދޭ ގޮތުގައި މައިންބަފައިން އަމިއްލައަށް ޕްރެޝަރު ކުކަރު ނަގަން މަސައްކަތްކުރުމުގެ ތެރޭގައި ކުއްޖާގެ ބޮލަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވަނީ ލިބިފައެވެ. އެހެން ކަމުން ޕްރެޝަރު ކުކަރު ނެގުމުގެ ކުރިން އެ އަނިޔާތަކަށް ވަނީ ފަރުވާދީފައެވެ. އަދި ކުއްޖާއަށް އިތުރު އަނިޔާތަކެއް ނުދީ އެކުއްޖާގެ ބޮލުން ކުކަރު ނަގާފައި ވަނީ ގްލައިޑަރ މެޝިނަކުން ކުކަރު ކަފާލައިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުން އެކުއްޖާ މިހާރު ވަނީ ފަރުވާ ނިންމުމަށް ފަހު އެކުއްޖާގެ ބެލެނިވެރިންނާ ހަވާލުކޮށްފައެވެ.

އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު