Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ދޮގު ޚަބަރުފަތުރައި، މީހުންގެ ޒާތީ މައުލޫމާތު އާއްމުނުކުރުމަށް ޚުތުބާގައި ގޮވާލައިފި

27 އޯގަސްޓު 2021 | ހުކުރު 08:06

ނޫސްވެރިންނާއި، މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އަދާ ކުރަންޖެހޭ ޒިންމާ މިއަދު ވަރަށް ބޮޑު

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޯގަސްޓު 2021 | ހުކުރު 08:06
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން،

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން،

ދޮގު ޚަބަރުފަތުރައި، މީހުންގެ އިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށާއި، މީހުންގެ ޒާތީ މައުލޫމާތު އާއްމުނުކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ޚަބަރު ފެތުރުމުގައި ޝަރުއީ ހަމަތައް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް މުޖުތަމައުގެ މަސްލަހަތާއި، އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ މިއަދުގެ ދުނިޔެވަނީ ހުޅުވާލެވިފައި ކަމަށާއި، ސޯޝަލް މީޑިޔާ އާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކިތަންމެ ދުރުގައި ހިނގާކަމެއް ވެސް ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި މީސްތަކުންނާ ހަމައަށް އަންނަ ކަމަށެވެ. ދުނިޔެ މިގޮތަށް ބަދަލުވެފައިވާއިރު، ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ކީރިތި ގުރްއާނުގައި ދޮގު ޚަބަރުތަކާއި، ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި، މިފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން އިންސާނާއަށް ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ބަޔާންކުރައްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކަމުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށެވެ. އަދި އެކަންތައްތަކުގެ މަތިން ހަނދާންކޮށް އެފަދަ ކަންކަމުން ރައްކާތެރިވާން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ނޫސްވެރިންނާއި، މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އަދާ ކުރަންޖެހޭ ޒިންމާ މިއަދު ވަރަށް ބޮޑު ކަމަށާއި، ނޫސްވެރިންނާއި ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އަދާ ކުރަމުންދަނީ ވަރަށް ބޮޑު ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ. އެމީހުން އެ އުފުލަނީ، އެއްވެސް އޮޅުވާލުމެއް ނެތި، ކަމުގެ ހަގީގަތާ އެއްގޮތަށް، މީސްތަކުންނަށް ސައްހަ ޚަބަރާއި، ތެދު މައުލޫމާތު ފޯރުކޮށްދީ،، މަގު ދެއްކުމުގެ ޒިންމާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިންސާނާ ދައްކާ ވާހަކަ އާއި، އެހެން މީހުންނަށް ފޯރުކޮށްދޭ މައުލޫމާތު ބިނާ ކުރަންޖެހޭނީ ޝަރުއީ ހަމަތަކުގެ މައްޗަށް ކަމަށާއި، އެހެން މީހުންނަށް ފޯރުކޮށްދޭ ޚަބަރާއި، މައުލޫމާތުވާން ޖެހޭނީ ތެދު ހަގީގަތަށް ކަމަށެވެ. އޭގައި އޮޅުވާލުމެއް ދޮގު ވާހަކައެއް ހިމެނިގެން ނުވާނެ ކަމަށާއި، ވަގު އެކައުންޓު ހަދައި، މީސްތަކުން ތިމާ އަކީ ކާކުކަން ނޭނގޭ ގޮތަށް އޮޅުވާލައިގެން މީސްތަކުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް އާއްމު ކުރާ މީހުން މީސްތަކުންނަށް އޮޅުވާލިކަމުގައި ވިޔަސް، މާތް ﷲ އެކަންކަން މޮޅަށް ދެނެވޮޑިގެންވާ ކަން ދަނެ، އެ ކަލާނގެއަށް ބިރުވެތިވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތެދެއް ދޮގެއް ބެލުމެއް ނެތި، މީޑީޔާ އިން ފެންނަހާ އެއްޗަކަށް ލައިކުކޮށް، ޝެއާ ކުރުމާއި ރީޓުވީޓު ކުރުމަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށާއި، ފޯރުކޮށްދޭ ޚަބަރެއްގެ ސަބަބުން އެއްވެސް މީހެއްގެ އަބުރާއި، ކަރާމާތަށް ގެއްލުމެއް ލިބިގެން ނުވާނެ ކަމަށެވެ. މުޖުތަމައުގެ ތެރޭގައި ހިނގާ ތަފާތު ކަންކަމުގެ މައުލޫމާތާއި، ޚަބަރުތައް އެހެން މީހުންނަށް އަންގައިދީ، ފޯރުކޮށްދިނުމަކީ، ވަރަށް މުހިއްމު ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ތިމާ ފަތުރާ ޚަބަރަކުން އެއްވެސް މީހެއްގެ އިއްޒަތާއި، އަބުރަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށާއި، އެއްވެސް މީހެއްގެ ޒާތީ ކަންކަމުގެ މައުލޫމާތު އާއްމުކޮށް ހާމަކޮށްގެން ނުވާނެ ކަމަށެވެ. ޚުތުބާގައި ބުނީ މީހުންގެ އަމިއްލަ ޒާތީ ކަންކަމުގެ ވާހަކަ ދައްކައި، ފާޑުކިއުމުން މުޖުތަމައުގައި އަދާވާތްތެރިކަން އުފެދޭނެ ކަމަށާއި، މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލި، މުޖުތަމައުގައި ފިތުނަ ފަސާދަ އިތުރުވާނެ ކަމަށެވެ. ނަމަވެސް އަނިޔާވެރިންނާއި، ބިދުއަވެރިންނާއި ފާޅުގައި މުންކަރާތްތަކަށް އަރައިގަންނަ މީހުންގެ ވާހަކަ ޝަރްއީ މަޖްލިސްތަކުގައި ދެއްކިދާނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ހަދަހަދައިގެން ދޮގު ވާހަކަތައް ދައްކައި، މީހުންގެ އިއްޒަތާއި އަބުރު ނަގާލުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށާއި، އިއްޒަތަކީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް ދެއްވާފައިވާ އެއްޗެއް ނޫން ކަމަށެވެ. އެންމެ މޮޅު މީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށް ކޮންމެ މީހަކަށް ވެސް އަބުރާއި އިއްޒަތް ލިބިގެންވާ ކަމަށާއި، މުއްސަނދިންނާއި ބާރުވެރިން އެބައިމީހުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށް އެދޭ ފަދައިން އަނެކުންގެއަބުރާއި އިއްޒަތް ރައްކާތެރި ކުރުމަށް ވެސް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ މި މުޖުތަމައުގެ ތެރޭގައި ވެސް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު ޚަބަރުތަކާއި މައުލޫމާތު ފޯރުކޮށް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު، ބައެއް މީޑިއާތަކުން އިސްލާމީ ރިވެތި އަހުލާގާއި ދިވެހިންގެ ރީތި އާދަކާދައާ ޚިލާފު މަންޒަރުތަކާއި ޚަބަރުތައް ގެނެސްދެމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ އަހުލާގީ ފޭރާން ވީދިގެންދާ ކަމަށާއި، ޒުވާނުންގެ އުޅުމާއި ސުލޫކަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

ޚުތުބާގައި ބުނީ ދޮގު ޚަބަރު ފަތުރާ މީހާއަކީ، އޭނާގެ ޠަބީޢަތުގައި، ދޭތެރެ ޖެއްސުމާއި، ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށެވެ. އެއީ ފަރުދުންނާއި މުޖްތަމައުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ މީހެއް ކަމަށާއި، އިސްލާމް ދީނުގައި މިކަންކަން ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމަށެވެ. އޭގެ ސަބަބުން މުޖްތަމައުގެ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ގެއްލި ފިތުނަ އުފެދުމަށް މަގު ފަހިވާ ކަމަށާއި، އެއީ ގައުމުގެ ވަޙްދަތު ނަގާލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް