Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އަޅުގަނޑުގެ މައްސަލަ ވެސް އިސްތިއުނާފުކޮށްފައި އޮންނަތާ 6 ދުވަސް، ވާނުވާ އަންގާލަދެއްވާ - މަހުލޫފް

24 އޯގަސްޓު 2021 | އަންގާރަ 08:41

ތަފާތުނުކުރެއްވުމަށް އެދިލައްވާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 އޯގަސްޓު 2021 | އަންގާރަ 08:41
އަޙްމަދު މަޙްލޫފް

އަޙްމަދު މަޙްލޫފް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފުގައި އޮވެމެ، ޖަވާބެއް ނުލިބޭތީ އަހުމަދު މަހުލޫފް ކަންބޮޑުވުންފާޅު ކޮށްފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަކްރަމް ކަމާލުއްދީނުގެ އިތުރުން މަހުލޫފަށް ގެއްލިފައިވާ ކަމަށް އެ ޕާޓީން ހާމަކުރުމާއެކު އެމްޑީޕީގެ މި ނިންމުން އަލުން މުރާޖަޢާ ކޮށްދެއްވައި, ޕާޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަމަޖައްސަވައި ދެއްވުމަށް އަކްރަމް ކަމާލުއްދީން އެމްޑީޕީގައި ވަނީ އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޗެއަރ ޕާރސަން ޙަސަން ލަޠީފަށް އެޑްރެސް ކުރައްވައި، އަންގާރަ ދުވަހު އަކްރަމްގެ ފަރާތުން ފޮނުވި ސީޓީގައި މައިގަނޑު 10 ކަމެއް ފާހަގަކުރައްވާފައިވެއެވެ. އަކްރަމް ވިދާޅުވެފައިވަނީ، ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާކަމަަށެވެ.

މި މައްސަލަ އަކްރަމްގެ ފަރާތުން ހުށައެޅުއްވުމުން ޤައުމީ މަޖިލީހުން އެކުލަވާލި, ދާއިރާތަކުގެ އިންތިޚާބާ ބެހޭ ކޮމިޓީން ވަނީ އަކްރަމަށް ކުރިމަތިލެއްވޭނެކަމަށް ނިންމާފައެވެ. މިކަމާ ގުޅިގެން އަކްރަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި މަހުލޫފް ވިދާޅުވީ އޭނާގެ މައްސަލަ ވެސް އިސްތިއުނާފްކޮށްފައި އޮންނަތާ 6 ދުވަސް ވެފައިވާ ކަމަށެވެ.

އަދި 2 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންވާނެކަމަށް ބަޔާންކުރާކަމަށާއި، ވާނުވާ އަންގަވައިދެއްވުން އެދޭކަމަށެވެ. އެމްޑީޕީގެ ޗެއަރ ޕާރސަން ޙަސަން ލަޠީފަށް އެޑްރެސްކުރައްވާ މަހުލޫފު ވިދާޅުވީ އިންތިޚާބަށް 30 ދުވަހަށް ވެފައިވާއިރު ކެމްޕޭން ކުރަން ބޭނުންފުޅުވާ ކަމަށާއި، ތަފާތުނުކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

ހަސަން ލަތީފް އަދި އިސްތިއުނާފް ފަނޑިޔާރު މަޖިލީހަށް އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ސިޓީ ފޮނުއްވާފައިވާރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަޔަކާ ގުޅިގެން ޔޫތް މިނިސްޓަރުކަމުގައި ހުންނެވި މަޚުލޫފް މިހާރު ހުންނެވީ ސަސްޕެންޝަނުގައެވެ.

މަޚުލޫފް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވަނިކޮށް ޕާޓީގެ ސެކްރެޓޭރިއޭޓްގެ ފަރާތުން 16 އޮގަސްޓްގައި ޝަރުތު ފުރިހަމަނުވާކަމަށް އަންގާފައިވާކަމަށެވެ. އަދި ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވަނީ "ޝަރުތު ފުރިހަމަވާ ފަރާތްތައް ބެލުމަށް، ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފޮނުވުމުން އޭގެތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަޅުގަނޑުގެ މައްސަލައެއް ވާކަމަށް އަންގާފައިވާތީ" ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ސިޓީގައި ޝަރުތު ފުރިހަމަނުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް ގާނޫނީ ގޮތުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާކަމަށް މަޚުލޫފްގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. މަޚުލޫފް ވިދާޅުވެފައިވަނީ ޝަރުތު ފުރިހަމަނުވާކަމަށް ނިންމައި ހަވާލާދީފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް 24 އޭޕްރީލްގައި ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިއުލާންގައި ހިމަނާފައިވާ ޝަރުތެއް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫންކަމަށް މަޚުލޫފްގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު އެ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް އިންތިޚާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާންގައި ހިމަނަންޖެހޭކަމަށް ސިޓީގައި މަޚުލޫފް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް 24 އޭޕްރީލް ގައި ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިއުލާންގައި ހިމަނާފައިނުވާ ޝަރުތުތަކެއް އިންތިޚާބަށް އިއުލާންކުރި ފަހުން 27 އޭޕްރީލްގައި ނެރެފައިވާ އިއުލާންގައި ވަނީ ހިމަނާފައެވެ. މިއީ ކަނޑައެޅިގެން އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާ އާ ޚިލާފަށް ކޮށްފައިވާކަމެއް ކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަޚުލޫފް ވިދާޅުވެފައިވަނީ ބަލަމުންދާ މައްސަލައަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ އަނިޔާއެއް ދިނުމަށް ކުރަމުންދާ މަަސައްކަތެއްކަމަށެވެ. އަދި ކުށެއް ސާބިތުނުވާހާ ހިނދަކު ކުށްވެރިއެއް ނޫންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު މިހާ ނިކަމެތިކޮށް މި މައްސަލާގައި އަމަލުކުރެއްވީ ކީއްވެކަމާމެދު މިހުރީ ހައިރާންވެފައިކަމަށް މަޚުލޫފް ވިދާޅުވިއެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އެންގުމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ހަމަނުޖެހޭކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތައް އިންތިޚާބާ ދިމާކޮށް ބަދަލުކުރުމަކީ އެއްވެސް ޑިމޮކްރެޓިކް މުޖުމަތަމައެއްގައި އަމަލުކުރަމުންދާ އުސޫލެއް ނޫންކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގައި އަދި ޕާޓީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން ބަދަލުކުރުމަކީ ގާނޫނީ ހަމަތަކާއި އުސޫލުން ބޭރުން ވަކި ބައެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއްކަމަށް ގަބޫލުކުރެވޭކަމަށް ސިޓީގައި މަޚުލޫފް ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް