Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
130 ކިލޯގެ ޑްރަގް މައްސަލަ

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހެކި ހާމަކުރުން ސެޕްޓެމްބަރުގައި

130 ކިލޯގެ މަސްތުވާތަކެތި ރާއްޖެއެތެރެކުރީ ބޭރުބަޔަކާ ގުޅިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2021 | ހޯމަ 07:56
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރާ 2 މީހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރާ 2 މީހުން

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް އެތެެރެކުރިކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މައްސަލައިގެ ޚުލާސާ:

Advertisement - newsAdvertisement

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއް ވެސް ބަލައި ފާސްކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރުއާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާދުއާއި އިޤްބާލްގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެއް ހިމެނެއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މައްސަލަ ގޮސްފައިވާ ހިސާބު:

މި މައްސަލައިގައި ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އިސް ގާޒީއެއްގެ ގޮތުން އިންނެވީ ގާޒީ އަހުމަދު ޝަކީލެވެ. މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުވާލިބޭ އަސީލު މާހިރަށް ދައުވާ ސާފު ކޮށްދީފައިވާއިރު، ދެން އޮތީ ހެކި ހާމަކުރުމާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާގައި އިއުތިރާފް ވެފައިވާތީ އޭނާގެ މައްޗަށް އެ ދައުވާގެ އަވަސް ނިޔާގެ ޝަރީއަތެއް ކުރިއަށް ގެންދިއުންކަން ގާޒީ ޝަކީލު ފާހަގަކުރެއްވިއެވެ.

ދައުވާ ލިބޭ އަނަސް ހުސައިންގެ މައްސަލައިގައި ވެސް މިހާރު އޮތީ ދެފަރާތުން ހެކި ހާމަކުރުމުގެ މަރުޙަލާއެވެ. ނަމަވެސް އަނަސްގެ އައު ވަކީލު އަލީ ޝާހު ވަނީ ދައުވާ ސާފުކުރުމުގެ މަރުޙަލާ މުޅިން ނިމިފައިނުވާކަން ފާހަގަކުރައްވާފައެވެ.

އަހުމަދު މޫސާއާއި ޝަހީބު އިބްރާހިމްއަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާ އިތުރަށް ސާފުކޮށްދޭން ޖެހޭކަމަށް ޝަރީއަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ސާފު ކޮށްދެއްވަމުން ގާޒީ ޝަކީލު ވިދާޅުވިއެވެ. މި މައްސަލައިގައި ދެން ހުރި ދައުވާތަކުގައި މިހާރު އޮތީ ދައުވާއަށް ޖަވާބުދީ ދިފާއުން ހެކި ހުށަހެޅުމުގެ މަރުޙަލާއެވެ.

ހޯމަ ދުވަހުގެ އަޑުއެހުން:

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ޚުލާސާ ގޮތެއްގައި އަހުމަދު މޫސާއާއި ޝަހީބު އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާފު ކޮށްދެއްވާފައެވެ. ޢެ ދެމީހުންގެ ފަރާތުން ވެސް ވަނީ ދައުވާ ސާފުވެފައިވާކަން ފާހަގަކޮށް ދައުވާއަށް އިންކާރު ކޮށްފައެވެ.

އަނަސް ހުސައިންގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވާއިރު، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއެކު 4 ދައުވާއެއް ވަނީ އުފުލާފައެވެ. ނަމަވެސް އެއް ވާގިއާތަކެއްގެ މައްޗަށް ތަފާތު 3 ދައުވާތަކެއް އުފުލާފައިވާކަން ފާހަގަކުރައްވައި ވަކީލު ޝާހު ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އިތުރަށް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ވަކީލު ޝާހުއަށް ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ ކޮންޓެކްސްޓް ސާފުވި ނަމަވެސް، މިއީ ޤާނޫނީގޮތުން ފޫނުބެދޭ ގިނަ ކަންކަން ހުރި ދައުވާއެއްކަން ފާހަގަކުރައްވައި އޭނާ ވަނީ ދައުވާތަކަށް ދިފާއުން އިންކާރު ކުރާކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި އަނަސްގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް އިއުތިރާފްވީނަމަވެސް، އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާތަކެއް އުފުލިފައިވާ ފަރާތަކަށްވުމާއެކު އޭނާއަށް މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ޑްރަގް ކޯޓު މެދުވެރިކޮށް ދޭން ޖެހޭ ލުއިތައް ދެވެން ނެތްކަން ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ޝަހީބުގެ ވަކީލު އާދަމް އާސިފު ވިދާޅުވީ، ޝަހީބުގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގައި އޭނާ ޒިންމާ ނަގަންޖޭހޭ ކަމަށް ދައުލަތުން ދެކޭ ހަމަތަކަކީ ހިޔާޒަތީ މަސްއޫލިއްޔަތުގެ ހަމަތަކުން (ޒިންމާ ނެގުމުގެ ހަމަތަކުން) ބަލާއިރު މީގެ ކުރިން ކަނޑައަޅާފައިވާ ބައެއް އުސޫލުތަކާ ވެސް ތައާރަޒްވާ ހަމަތަކެއް ކަމަށެވެ.

ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ 6 މީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. މި މައްސަލައިގައި ޖުމުލަ ގޮތެއްގައި ދައުލަތުން ހުށަހަޅާފައިވަނީ އެއް ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އޮންނާނީ ހެކި ހާމަކުރުމަށް ބާއްވާ އަޑުއެހުމެއްކަން ފާހަގަކުރައްވާފައެވެ. މި އަޑުއެހުން ތާވަލު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 10:30 އަށެވެ.

ބަންދު މުރާޖައާ ބައި:

މި މައްސަލައިގެ ބަންދު މުރާޖައާ ބައި ވެސް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ވަނީ ދައުވާލިބޭ މީހުންގެ ބަންދު ކުރުމަށް ނިންމާފައިވާ ސަބަބަށް ބަދަލެއް އައިސްފައި ނުވާތީ، ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން އަސީލް މާހިރުގެ ވަކީލު ޝަހީދު ވަނީ އޭނާއަށް ޖަލުގައި އަނިޔާކޮށްފައިވާ މައްސަލަ އެޗްއާރްސީއެމްއިން ވެސް ބަލަމުންދާކަން ފާހަގަކުރައްވައި، އޭނާއާމެދު ދައުލަތުން އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ. އަސީލް މާހިރަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރިކަމަށް ބުނާ ދޯނީގެ ކެޕްޓަންއެވެ. އަސީލްގެ ވަކީލު ވަނީ އޭނާއާމެދު އިހުމާލުވެފައިވާކަން ފާހަގަކޮށް ބަންދަށް ލުއެއް ދެއްވުމަށް އެދިފައެވެ. ވަކީލު ވަނީ ހަރުކަށި ޝަރުތުތަކަކާއެކު ވެސް އަސީލް މާހިރު ދޫކޮށްލެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އަސީލްގެ އިނގިލި ބިންދައިގެން ގޮސްފައި ނުވާ ކަމަށާއި، ނަމަވެސް "ސޮފްޓް ޓިޝޫ" އިންޖަރީއެއް ހުރި ކަމަށެވެ. ނަމަވެސް އިނގިއްޔަށް ދިފާއުން ފާހަގަކުރިފަދަ ގެއްލުމެއް ވެފައިނުވާކަމަށް ޑޮކްޓަރާ ޙަވާލާދީ ދައުލަތުން ފާހަގަކުރިއެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ދައުވާލިބޭ އަސީލް މާހިރު ވަނީ އޭނާގެ އިނގިލީގެ މައްސަލައިގައި ޑޮކްޓަރަށް ދައްކާފައިނުވާކަމަށް ބުނެފައެވެ. ޝަރީއަތުން ވެސް ވަނީ އޭނާގެ ބޭސް ފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށްދާކަމަށް ޤަބޫލު ނުކުރެވޭކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ބޭސްފަރުވާގެ ކަންކަން މިހާރަށްވުރެ ރަނގަޅަށް ބެލުމަށް ޝަރިއަތުން ވަނީ އަންގާފައެވެ.

މި މައްސަލައިގައި ދައުވާލިބޭ ޝަހީބު ވަނީ އޭނާ ކަސްރަތު ކުރުމަށް ޑޮކްޓަރު ލަފާކޮށްފައިވީނަމަވެސް، ކަސްރަތު ކުރަން ވަކި ގޮތަކަށް އަމަލު ކުރުމަށް ޑޮކްޓަރު އަންގާފައި ނުވާ ކަމަށާއި، ގޮޅިން ނެރުމަށް އިރުޝާދު ދީފައިނުވާކަމަށް ކަރެކްޝަންސްއިން އަންގާފައިވާކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދައުވާލިބޭ މީހުންގެ ވަކީލުން ވަނީ ބަންދު މުރާޖައާއާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލާއިރު، ކަފާލާތެއްގެ ދަށުން ވެސް ދޫނުކުރެވޭނެ ބާވަތުގެ މައްސަލައެއްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ބަންދު މުރާޖައާއާ ގުޅޭގޮތުން ދައުލަތާއި ދިފާއުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވިދާޅުވީ، ދައުވާ ލިބޭ ފަރާތްތަކުގެ ބަންދަށް ލުއިދެެވެން ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު