Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖުކޯޓާއަށް ނުފޫޒް ފޯރުވުން

ހައްޖާއި އުމްރާ އަށް ކޯޓާ ދޫކުރުމުގައި ހުސް ކޮރަޕްޝަން!

ބިޑްހުޅުވާލާއިރު 5 ގުރޫޕެއް މިހާރު ވަނީ ހަދާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 މެއި 2017 | ހުކުރު 16:13
ހައްޖުގެ އަޅުކަން ކުރިއަށް ދަނީ: ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭކަން ދޭހަވާ ފަދަ އޯޑިއޯއެއް ވަނީ ލީކްވެފައި

ހައްޖުގެ އަޅުކަން ކުރިއަށް ދަނީ: ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭކަން ދޭހަވާ ފަދަ އޯޑިއޯއެއް ވަނީ ލީކްވެފައި

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ގުރޫޕްތައް ކަނޑައެޅުމަށް ބިޑް ހުޅުވާ ނުލަނީސް ކޯޓާ ދޭނެ ގުރޫޕްތަކެއް ނިންމާފައިވާ ކަމަށާއި ރައީސް ޔާމީން ގާތަށް ދިޔަޔަސް ވެސް ދެން ކޯޓާއެއް ނުދޭނެ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ރާއްޖެ އެމްވީއަށްވެސް ލިބިފައިވާ އެއޯޑިއޯގައި އެބޭފުޅާ ވިދާޅުވެފައި ވަނީ މިފަހަރުވެސް ހައްޖަށް މީހުން ގެންދާނެ ފަސް ގުރޫޕެއް މާކުރިން ނިންމާފައިވާ ކަމަށެވެ. އަދި ސުވާލު ކުރާ މީހަކު ދެން ބިޑް ކުރަނީ ކީއްކުރަންތޯ އޭނާ ގާތު އެހުމުން ބިޑަށް ވެސް ހުޅުވާލާނެ ކަމަށް ވިދާޅުވެއެވެ.

Advertisement - newsAdvertisement

ހައްޖު ކޯޓާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ އޯޑިއޯގައި އޭނާ ވިދާޅުވާ ގޮތުގައި ކުރިން ފަހަރު ބިޑް ވިއްކީ 10 ހާހަށް ކަމަށާއި ނަމަވެސް މިފަހަރު ބިޑް ވިއްކާނީ ވެސް 20 ހާހަށެވެ.

މީގެ އިތުރުން މިފަހަރު ބިޑް ވިއްކާނީ ބޭންކް ގެރެންޓީގެ ގޮތުގައި 50 ޕަސެންޓް ފައިސާ ބެހެއްޓުމުން ކަމަށް ހަދާނެ ކަމަށާއި އެއީ ގާތްގަނޑަކަށް ތިން މިލިއަން ނުވަތަ ހަތަރު މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ހައްޖަށް މީހުން ގެންދާނެ ފަސް ގުރޫޕެއް ކަނޑައަޅާފައި އޮތް އިރު ކޮންމެހެން ބިޑް ކުރަނީ ކީއްކުރަންތޯ ސުވާލު ކުރާ މީހާ އެހުމުން އޮފިޝަލް ކަމަށް ބެލެވޭ މީހާ ވަކިއެއްޗެއް ވިދާޅު ނުވެ އޭނާ ވިދާޅުވަނީ ކުރީ ފަހަރު ވެސް މީހަކު ބިޑް ހުށަހަޅަން އައިރު އެއޮފިޝަލާ އެވާހަކަ ދައްކާފައި ނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެގޮތައް އޭނާ ކަންކުރުމުން އޮފިޝަލްކަމަށް ބެލެވޭ މީހާ ވަނީ އޭނާ ދެކެ ހިތްހަމަޖެހިވަޑައިނުގެންފައެވެ. އެގޮތަށް ވާހަކަ ނުދައްކައި ބިޑް ހުށަހެޅި މީހާ އަށް ދެން ހުއްދަ ނުދޭނެ ކަމަށް ވެސް އޯޑިއޯގައި ބުނެއެވެ. އަދި "މެޑަމް ކައިރިއަށް ގޮސްގެން ވެސް ހައްޖު ކޯޓާ ހޯދާނެ ކަމަށް" އެމީހަކު ބުނެފައިވާ ކަމަށް ވެސް އެ އޯޑިއޯގައި އޮފިޝަލް ކަމަށް ބެލެވޭ މީހާ ވިދާޅުވެފައި ވެއެވެ.

އެކަމަށް ރައްދު ދެއްވައި އޮފިޝަލް ކަމަށް ބެލެވޭ މީހާ ހުތުރުބަހުން އެމީހާ އަށް ނިސްބަތްކުރެއެވެ. އަދި މެޑަމް ނުވަތަ ރައީސް އަބްދުﷲ ޔާމީން ގާތަށް ދިޔަޔަސް އެކަން ހަމަނުޖެހޭނެ ކަމަށް ބުނެ ހަޑިއެއްޗެއް ވިދާޅުވެފައިވާނޭ ކަމަށް ބުނެއެވެ.

މިއޯޑިއޯ ލީކުވެފައިވާއިރު މިއޮފިޝަލް ކަމަށް ބެލެވޭ މީހާގެ އިތުރު އޯޑިއޯއެއް ވެސް ވަނީ ރާއްޖެ އެމްވީއަށް ލިބިފައެވެ. އެއޯޑިއޯއިން ދޭހަވާ ގޮތުގައި އެއީ އުމުރާ ގުރޫޕްތައް ހެދުމުގައި އެއޮފިޝަލްގެ ނުފޫޒް ފޯރުވާ ކަމަށް ބުނާ އޯޑިއޯއެކެވެ.

އެއޯޑިއޯގައި އެބޭފުޅާ ވިދާޅުވާ ގޮތުގައި އެބޭފުޅާ ބޭނުން ބަޔަކަށް އުމުރާއަށް މީހުން ގެންދާ ގުރޫޕްތައް ހަދައިދޭ ކަމަށާއި މިހާރު ވެސް "ހިޔަލީ" ކިޔާ މީހަކަށް ހަތަރު ގުރޫޕް ހަދައިދީފައިވާނޭ ކަމަށް ވިދާޅުވެއެވެ.

އެއޯޑިއޯގައި އެބޭފުޅާ ވިދާޅުވާ ގޮތުގައި އިތުރު މީހަކަށް ވެސް މިހާރު ގުރޫޕެއް އެބަ ހައްދަވައިދެއްވައެވެ. އަދި މިފަހަރުގެ ގުރޫޕްތައް ހެދުމަށް ވެސް ކުއްލިއަކަށް (ޓަސް ކިޔާފައި) އިއުލާން ކުރެއްވީ ކަމަށާއި އެބޭފުޅާ ބޭނުންވެއްޖެ ނަމަ ގްރޫޕްތައް ހެދޭނެ ކަމަށް އެއޯޑިއޯގައި ވިދާޅުވެއެވެ.

އުމުރާ ގުރޫޕެއް ގެންގުޅޭ މީހެއް ކަމަށް ބެލެވޭ މީހަކު އޭނާގެ ގުރޫޕް ވެސް މިފަހަރު ހިމެނޭނެތޯ ބުނުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވަނީ އަދި ހުރިހާ ގުރޫޕްތަކެއްގެ ހުއްދަ ބާތިލް ކުރައްވާނެ ކަމަށެވެ. އަދި އެންމެންގެ ހުއްދަ ބާތިލް ކުރައްވުމުން ދެން ކުރިމަތި ލެވޭނީ ފަސް ލައްކަ ރުފިޔާގެ ބިޑް ގެރެންޓީއެއް ބަހައްޓައިގެން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އޮފިޝަލް ކަމަށް ބެލެވޭ މީހާ ވިދާޅުވެއެވެ.

އެބޭފުޅާ ވިދާޅުވާ ގޮތުގައި މިހާރު ހުއްދަތައް ހުޅުވާލާފައި ވަނީ ހަނދުބަލާމަހާ ހަމައަށް ގުރޫޕްތަކަށް ހުއްދަދޭން ވެގެން ކަމަށެވެ. އަދި ހުއްދަ ދިނުމަށް ފަހު އެބޭފުޅާ ބޭނުން ގޮތަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވެއެވެ.

މި އޯޑިއޯ ލީކްވެފައިވާ އިރު މި އަހަރުގެ ހައްޖު ކޯޓާ ދޭނެ ފަރާތްތައް އިސްލާމިކް މިނިސްޓްރީން ވަނީ މިހާރު ކަނޑައަޅާފައެވެ. އެ ގޮތުން ރާއްޖެ އަށް މިވަގުތު ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން 500 ކޯޓާ ކަނޑައަޅާފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަނެއް 500 ޖާގަ ކޮންމެ ކުންފުންޏަކަށް 100ގެ މަގުން ދީފައި ވަނީ ދަރުމަ ލިލް ޙައްޖި ވަލްޢުމްރަތި ޕްރައިވެޓް ލިމިޓެޑާއި، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ކިސްވާ ޕްރައިވެޓް ލިމިޓެޑް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ

ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ

29 މާރިޗު 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު