Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ. ވެލިފިނޮޅު ތަރައްގީކުރާ މައްސަލަ

ވެލިފިނޮޅު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގައިފި

21 އޯގަސްޓު 2021 | ހޮނިހިރު 08:29

ކައިރީގައިވާ ފަރުތަކަށް އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައް ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޯގަސްޓު 2021 | ހޮނިހިރު 08:29
ވެލިގަނޑު ރިޒޯޓުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން،

ވެލިގަނޑު ރިޒޯޓުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން،

އއ. ވެލިފިނޮޅު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މަޑު ޖައްސާލުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

އީޕީއޭއިން ބުނީ ވެލިގަނޑު އައިލެންޑް ރިޒޯޓުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުން ރިޒޯޓުގެ ފަޅުން ބޭރަށް ކިސަޑު ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. ކިސަޑުގެ އަސަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި، މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އީޕީއޭއިން ބުނީ ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއެކު، މިމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކްރައުން ކޮމްޕެނީ މޯލްޑިވްސްގެ ފަރާތުން ހިންގާ ވެލިގަނޑު އައިލޭންޑް ރިސޯޓު އޮންނަ ފަޅުތެރެއިން ބޮޑުސަރަހައްދެއް ހިއްކަމުން ގެންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، އއ.އަތޮޅު ކައުންސިލުން ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މީގެ ކުރިން ޒަރޫރީ އެކިއެކި ބޭނުންތަކަށާއި، ވިޔަފާރި އުސޫލުން ގިނަ އަދަދަކަށް (އެއްވެސް މެޝިނަރީއެއް ބޭނުން ނުކޮށް) މަޑިވަރު ފަޅުތެރިން ވެލިނެގުމުގެ ސަބަބުން، އެ ފަޅުތެރޭގައި ހުރި ފިނޮޅުތައް ގިރައި، ގުދުރަތީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެފަދަ ބޭނުންތަކަށް ވެލިނެގުމަށް އެހެން ސަރަހައްދެއް ކަނޑައަޅައި ދިނުމަށް 30 އޮކްޓޯބަރ 2019 ގައި ރަސްދޫ ކައުންސިލުން އެދިފައިވާތީ 05 ނޮވެމްބަރ 2019 ގައި އެހެން ސަރަހައްދެއް ކަނޑައަޅައި އީޕީއޭއިން އެކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މަޑިވަރު ފަޅުގެ ބޮޑުބަޔަކީ އީޕީއޭ އިން ހިމާޔަތްކޮށްފައިވާ ސަރައްދަކަށްވާއިރު ފަޅުގެ އެއްކޮޅުން ގިނައަދަދަކަށް ވެލިނަގަމުންދާތީ ފަޅުތެރޭގައި ހުރި ކުދި ފިނޮޅުތައް ނެތިދިއުމާ، އަދި އެ ފަޅާ ގުޅިފައިހުރި ފީނުމަށް ޚާއްސަ ތަންތަނާ، އަދި ފަރާ ކައިރީގައިހުރި ޑައިވިންގ ސްޕޮޓްތައް ކިސަޑުވެލި އެޅި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި ގުދުރަތީ ދިރުންތައް ނެތެމުންދާތީ، ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކާއި، އާއްމު ރައްޔިތުން ކޮންމެ ދުވަހަކު އެ ސަރަހައްދު ހިމާޔަތްކުރުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.

ތިމާވެއްޓަށާއި، އެ ސަރަހައްދުގެ ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރުމާއި، ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާނެތީ، އެ ސަރަހައްދުގައި ވަގުތީގޮތުން މަސައްކަތް ހުއްޓާލާފައިވީ ނަމަވެސް އިތުރަށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓުވައި ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގައި އެދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް