Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑޫދޫ ކައުންސިލާއި ރައީސް ބައްދަލުކުރެއްވުން

ކަނޑޫދޫގައި މިދިޔަ 15 އަހަރު ކުރިއަށް ނުގެންދާހާ ގިނަ މަޝްރޫއުތައް މިސަރުކާރުން ކުރިއަށް އެބަގެންދޭ - ކައުންސިލް

ތައުލީމީ ޖީލެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ކަންތައްކަމުގައި ރައީސް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2021 | ބުރާސްފަތި 17:50
ރައީސް ސާލިހު ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރެއްވުން

ރައީސް ސާލިހު ކަނޑޫދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރެއްވުން

މި ސަރުކާރު ވެރިކަމަށް އައިފަހުން މިވީ މަދު ދުވަސްކޮޅުގައި ތ.ކަނޑޫދޫގައި މިދިޔަ 15 އަހަރު ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއު ކުރިޔަށް ގެންދާ ކަމަށް ކަނޑޫދޫ ކައުންސިލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު ކަނޑޫދޫ ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކަނޑޫދޫގައި މިހާރުވެސް 9 ވަރަކަށް ޕީއެސްއައިޕީ ޕްރޮޖެކްޓް އެކި މަރުޙަލާތަކުގައި ކުރިޔަށް ދާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކަނޑޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުންނާއި، މަޝްރޫއުތައް ހިންގަމުން ދިޔަ ނަމަވެސް ދިމާވާ ބައެއް ކަންކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ސިއްހީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ކުޅިވަރު އިންފްރާސްޓަރަކްޗަރއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުންނާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ފަށާފައިވާ ބައެއް މަޝްރޫއުތައް ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްގީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ ޑީޓެއިލްޑް ޑިޒައިން ނިމިފައިވާ ކަމަށާއި، އެޑްމިން ބިލްޑިންގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، އަދި މިހާރު މި މަޝްރޫއުގައި ކުރިޔަށްދަނީ ހޮޅިވަޅުލުމުގެ މަސައްކަތްކަމުގައެވެ. ބަނދަރުގެ މިހާރު ކުރިޔަށް ދަނީ އީއައިއޭ ހެދުމުގެ މަސައްކަތްކަމުގައި ވިދާޅުވެ، ސިއްހީ މަރުކަޒުގެ އަޕްގްރޭޑިންގެ މަސައްކަތް އޮތީ ބަޔަކާ ހަވާލުކުރެވިފައި ކަމަށާއި، ރަށްގިރުމުގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީއިން ހަދަންޖެހޭ އެސެސްމަންޓް ހައްދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ކައުންސިިލްގެ ބައްދަލުކުރެއްވުމަށްފަހު، ކަނޑޫދޫގެ ޓީޗަރުުންނާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާ ތައުލީމީ ދާއިރާގައި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. މިގޮތުން އެރަށު ޓީޗަރުން ވަނީ ސްކޫލަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތަކާއި ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ޓީޗަރުން ވިދާޅުވިގޮތުގައި، މިހާރު އެރަށު ސްކޫލްގައި ޢިމާރާތްކުރާ ތިން ކްލާސްރޫމްގެ މަސައްކަތް ނިމުމުން ސްކޫލްގެ ހުރިހާ ކުދިންނަށް އެއްދަންފަޅިޔަށް ކިޔަވައިދެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ ޖީލެއް ބިނާކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ކަންތައްކަމުގައި ވިދާޅުވެ، އަންނަ އަހަރު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެކަން ހާމަކުރައްވާފައެވެ. އަދި އެބޭފުޅުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ހައްލު ހޯއްދަވަން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ކުރެއްވި ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު