Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޠާލިބާނުންގެ ވެރިކަން

ޠާލިބާނުން އިންޑިޔާއާއެކު މުދާ އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުން ހުއްޓާލައިފި

ޠާލިބާނުން ވަނީ އިންޑިޔާއަށް މުދާ އެތެރެކުރުން ހުއްޓާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޯގަސްޓު 2021 | ބުރާސްފަތި 03:26
ޠާލިބާން ހަނގުރާމަވެރިން ކާބުލް ތެރޭގައި ހަރަކާތްތެރިވަނީ

ޠާލިބާން ހަނގުރާމަވެރިން ކާބުލް ތެރޭގައި ހަރަކާތްތެރިވަނީ

އާދިއްތަ ދުވަހު ކާބުލް ހިފުމަށްފަހު އަފްޣާނިސްތާނުގެ ވެރިކަމަށް އައިސްފައިވާ ޠާލިބާނުން، އިންޑިޔާ އާއެކު މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓް ކުރުން ހުއްޓާލާފައިވާކަމަށް އިންޑިޔާއިން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޮގަނައިޒޭޝަން (އެފްއައިއީއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަޖޭ ސަހާއީ ވިދާޅުވެފައިވަނީ ޠާލިބާނުން ވަނީ ޕާކިސްތާނު މަގުން މުދާ ގެންދިޔުން ހުއްޓާލާފައި ކަމަށެވެ. އެހެންކަމުން އިންޑިޔާއަށް މުދާ އެތެރެކުރުން ވެސް ހުއްޓާލާފައިވާ ކަމަށް އަޖޭ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ މަޝްރަހު ގާތުން ބަލަމުން އަންނަކަމަށާއި މިހާރަށް ބަލާއިރު ޠާލިބާނުން ވަނީ ޕާކިސްތާނު މަގުން ކާގޯ އައުން ހުއްޓާލާފައިކަމަށް އަޖޭ ވިދާޅުވިއެވެ. އަފްޣާނިސްތާނު މަގުން މުދާ ގެންނަނީ ޕާކިސްތާނަށް މަޑުކުރުމަށްފަހު ކަމަށް އަޖޭ ވިދާޅުވިއެވެ. އެހެންކަމުން އިމްޕޯޓް މިވަނީ ހުއްޓިފައިކަމަށް އަޖޭ ވިދާޅުވިއެވެ.

އިންޑިޔާ އާއި އަފްޣާނިސްތާނަކީ އެތައް ޒަމާންތަކެއް ވަންދެން ވިޔަފާރީގެ ގުޅުންތައް ބާއްވަމުން އައި ދެގައުމެވެ. އިންޑިޔާއިން ވަނީ އަފްޣާނިސްތާނުގެ އެތައް ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައެވެ.

އިންޑިޔާއިން މިހާރު އަފްޣާނިސްތާނަށް ގެންދާ މުދަލުގެ ތެރޭގައި ބޭހުގެ ސާމާނާއި، ސައި، ކޮފީ އަދި ހަކުރުފަދަ ބާވަތްތައް ހިމެނެއެވެ. އަފްޣާނިސްތާނުން އިންޑިޔާއަށް އެތެރެކުރާ މުދަލުގެ ތެރޭގައި ބޮޑަށް ހިމެނެނީ ހިކި މޭވާގެ ބާވަތްތަކެވެ. މީގެއިތުރުން ކޮންމެސްވަރަކަށް ފިޔާ ވެސް އެތެރެކުރާކަމަށް އަޖޭ ވިދާޅުވިއެވެ.

އަޖޭ ވިދާޅުވީ، ބަދަލުވަމުންދާ އަފްޣާނިސްތާނުގެ މަޝްރަހާއެކު ވެސް އިންޑިޔާއިން އުންމީދުކުރަނީ ކުރިއެކޭ އެއްގޮތަށް ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އޮންނާނެ ކަމަށެވެ.

ފެޑެރޭޝަން އޮފް އިންޑިޔާ އެކްސްޕޯޓް އޯގަނައިޒޭޝަނުން ވަނީ ކުރިޔަށް އޮތްތަނުގައި އިންޑިޔާގައި ހިކި މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ހިނގައިދާނެކަމަށް އަންދާޒާކޮށްފައެވެ. ހިކި މޭވާގެ 85 އިންސައްތަ އިންޑިޔާއަށް އެތެރެކުރަނީ އަފްޣާނިސްތާނުންނެވެ.

އަފްޣާނިސްތާންތާލިބާންއިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު