Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަމަށް ނިންމި ނިންމުން މުރާޖާކޮށް ދިނުމަށް އަކްރަމް އެދިވަޑައިގެންފި

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ތުހުމަތެއްކޮށް އެއްވެސް ތަޙުޤީޤެއް މިހާތަނަށް ހިންގާފައި ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2021 | އަންގާރަ 14:35
އަކްރަމް ކަމާލުއްދީން / ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވައިދެއްގައި ބަޔާންކޮށްފައި ނުވޭ

އަކްރަމް ކަމާލުއްދީން / ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވައިދެއްގައި ބަޔާންކޮށްފައި ނުވޭ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކޮށްދެއްވައި, ޕާޓީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެމްޑީޕީގެ, ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަމަޖައްސަވައި ދެއްވުމަށް އަކްރަމް ކަމާލުއްދީން އެމްޑީޕީގައި އެދިވަޑައިގެންފިއެވެ.

ހޯމަ ދުވަހު އެމްޑީޕީން އަކްރަމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި އަހަރުގެ އެޕްރީލް 24ގައި ހުޅުވާލި, ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން, ޤައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ ބޭފުޅުން ބެލުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވުމުން އޭގެ ތެރެއިން އަކްރަމްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ޝަރުތު ހަމަނުވާކަމަށް ބަލައި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަކްރަމަށް ނާރުވަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނާރުވަން ނިންމިއިރު، އޭސީސީން އަކްރަމްގެ މައްސަލައެއް ބަލަމުން ނުދާކަމަށް އެ ކޮމިޝަނުން އަކްރަމަށް ވަނީ އަންގާފައެވެ.

އެމްޑީޕީގެ ޗެއަރޕާރސަން ޙަސަން ލަޠީފަށް އެޑްރެސް ކުރައްވައި، އަންގާރަ ދުވަހު އަކްރަމްގެ ފަރާތުން ފޮނުވި ސީޓީގައި މައިގަނޑު 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އަކްރަމް ވިދާޅުވެފައިވަނީ، ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާކަމަަށެވެ.

އަކްރަމް ވިދާޅުވެފައިވަނީ، ޤައުމީ ހިންގާ ކޮމިޓީން ނިންމާފައިވާ ނިންމުން ތަކުގައި ބަޔާން ކޮށްފައިވާ، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"އާއި މަރު ކޮމިޝަނުން ނެރުނު އެއްވެސް ރިޕޯޓެއްގައި، ކުށެއް ކުރިކަމަށް ނުވަތަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާންކޮށްފައެއް ނުވާކަމަށެވެ. އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ, އެމްއެމްޕީއާރުސީ މައްސަލައާ ގުޅޭ ލިސްޓުގައިވާގައިވާ ގޮތުން އެކޮމިޝަނުން ވަނީ އަކްރަމްގެ މައްޗަށް ޖިނާއިީ ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ ކުލޯޒް ކޮށްފައިކަމަށެވެ.

ޝަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މައްސަލައެއް ވާކަމަށް އަންގާފައިވާތީ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް 24 އޭޕްރީލް 2021ގައި ބޭއްވުނު ޕާޓީގެޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމަށް ރިއާޔަތްކުރާއިރު އޭސީސީން މައްސަލައެއް ހުށަހެޅިފައި އޮތުމަކީ ނުވަތަ މައްސަލައެއް ބަލަމުންދިއުމަކީ ޝަރުތު ފުރިހަމަނުވާނެ ސަބަބެއް ނޫންކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ. އަކްރަމް ވިދާޅުވީ، އެސީސީން ބަލަމުންދާ ނުވަތަ ބަލާފައިވާ މައްސަލައަކާ ގުޅިގެން ޝަރުތު ފުރިހަމަ ނުވާނީ އެމައްސަލައަކީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅިގެން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެއްވެސް މުއައްސަސާތަކަށް ނަން ފޮނުވާފައިވާ 92 ނަމަށް ކަމަށެވެ.

އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެއްވެސް މުއައްސަސާތަކަށް ފޮނުވާފައިވާކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އަކްރަމް ވިދާޅުވެފައިވެއެވެ. އަދި އެފަދަ އެންގުމެއް އެއްވެސް އިދާރާއަކަށް އެންގިކަމެއް އެސީސީންވެސް ހާމަކޮށްފައެއް ނުވާކަމަށް އަކްރަމްގެ ފަރާތުން ޗެއަރޕާސަނަށް ފޮނުވިސިޓީގައި ވިދާޅުވެފައިވެއެވެ.

އޭސީސީން 2018ގައި ނެރުނު ލިސްޓެއްގައި ނަން ހިމެނިފައިވާތީ، އެކަމާ ގުޅޭގޮތުން އެކޮމިޝަނަށް ފޮނުވި ސިޓީގެ ޖަވާބުގައި, އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އެކޮމިޝަނުން ބަލަމުން ނުދާކަމަށް ބުނެފައިވާކަމަށްވެސް ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅިގެން ނުވަތަ އެނޫންވެސް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގެ ތުޙުމަތުގައި މިހާތަނަށް ސުވާލުކޮށްފައި ނުވާ ކަމަށާއި، އެކޮމިޝަނުން ބަލައި ތަޙްޤީޤުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަށް އޭނާގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުވަތަ އޭނާގެ ދިފާޢުގައި ޤާނޫނީ ވަކީލެއް ތަމްސީލްކުރުމުގެ ފުރުޞަތު ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ހިނދު، އެފަދަ ފުރުސަތެއް އެ ކޮމިޝަނުން ދީފައި ނުވާނަމަ، އެ މައްސަލައާ ގުޅޭގޮތުން އެކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ނުބެލެވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ޚިލާފަށް މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް އެ ކޮމިޝަނުން ދަޢުލަތުގެ އެއްވެސް އިދާރާއަކަށް އަންގާނެކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށާއި، އެފަދަ އެންގުމެއް އެ ކޮމިޝަނުން އަންގާފައިވާނަ އެ އެއެންގުމަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާތްތައް ފުރިހަމަ ނުކޮށް އަންގާފައިވާ އެންގުމަކަށްވާނެތީ އެ އެއެންގުމެއް ވާނީ ބާތިލް އެންގުމަކަށް ކަމަށެވެ.

އޭސީސީން މައްސަލަ ބަލައި ނިންމުމަށްފަހު މައްސަލައާބެހޭ ރިޕޯޓެއް އެމައްސަލަ ހުށަހެޅިފަރާތުން އެދިއްޖެ ހިނދެއްގައި އެފަރާތަށް ދިނުމަށާއި، އެމައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތްކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ފަރާތަށް އެރިޕޯޓްގެ ކޮޕީއެއް ކޮމިޝަނުން ދޭންވާނެ ކަމަށް ކޮމިޝަންގެ ގާނޫނުގައި، ބަޔާންކޮށްފައިވާއިރު، އޭސީސީން ބެލި އެއްވެސް މައްސަލަކާ ގުޅިގެން އެފަދަ ރިޕޯޓެއް އެކޮމިޝަނުން އަކްރަމަށް އަރުވާފައި ނުވުމުން އެނގިގެންދަނީ އެކޮމިޝަނުން މިހާތަނަށް ބެލި އެއްވެސް މައްސަލައިގައި އަކްރަމް ޒިންމާ އުފުލަން ޖެހިވަޑައިގަންނަވާކަމެއް ފާހަގަކުރެވިފައި ނުވާކަންކަމުގައި, ސިޓީގައި ބަޔާން ކޮށްފައިވެއެވެ. އަދި ޒިންމާ އުފުލަންޖެހޭ ކަމެއް ނުވަތަ ފިޔަވަޅު އަޅަންޖެހޭ ކަމެއް ފާހަގަކުރެވިފައިވާނަމަ އެކަން މިހާތަނަށް އޭސީސީގެ ގާނޫނުގެ 25ވަނަ މާއްދާގެ (ށ) ދަށުން އަންގާނެކަމާއި އަދި އެ މާއްދާގައި ބުނާ ފަދަ ރިޕޯޓެއް މިހާތަނަށް ހިއްސާ ކޮށްފައި ނުވާ ކަމަށްވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް އިންތިޚށބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށާއި، ޕާޓީގެ އަސާސީ ގަވައިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން އިތުރު ނުކުރެވޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އެފަދަ ބަދަލެއް ގެންނަން ޖެހޭނީ އަސާސީ ގަވައިދަށް ކަމަށާއި، އަސާސީ ގަވާއިދަށް ބަދަލު ގެނެވޭނީ ވަކި އިޖުރާއަތްތަކެއްގެ މަތިން ކަމަށްވާއިރު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ކަނޑައަޅާފައި މިވަނީ އެ އިޖުރާތްތަކާ އެއްގޮތަށް ނޫން ކަމަށްވެސް އަކްރަމްވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން ދާއިރާ ތަކުގެ އިންތިޚާބަށް ޝަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ޕާޓިން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ތުހުމަތެއްކޮށް އެއްވެސް ތަޙުޤީޤެއް މިހާތަނަށް ހިންގާފައި ނުވާއިރު، އަދި އެއްވެސް ފިޔަވަޅެއް އެޅުމަށް މިހާތަނަށް އޭސީސީން އެއްވެސް މުއައްސަސާއަކަށް ފޮނުވާފައިނުވާއިރު, ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ނޫންކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ކަމާލުއްދީންއެމްޑީޕީއޭސީސީހަސަން ލަތީފް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު