Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕުގެ ޕްލޭއޮފް

މެޗުން ބަލިވުމުން ހިތްހަމައެއް ނުޖެހޭ: ޝާޒްލީ

މެޗުގައި ދަގަނޑޭއަށް ނުކުޅެވުނީ ބަލިވެ އުޅުމުގެ ސަބަބުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 15:17
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ޕްލޭއޮފް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވުމުން ހިތްހަމަނުޖެހޭ ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ ބުނެފިއެވެ.

އީގަލްސްއިން އޭއެފްސީ ކަޕާ ދިމާކޮށް ވަނީ އެ ޓީމުގެ ސްކޮޑް ވަރުގަދަކޮށްފައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން ތަޖުރިބާކާރު ހަ ކުޅުންތެރިން ވަނީ ގެނަސްފައެވެ. އެކަމަކު ބަލިވެ އުޅުމުގެ ސަބަބުން މި މެޗުގައި ދަގަނޑޭއަށް ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. މި މެޗުން ބެންގަލޫރު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ އެންމެ ފަހު މިނެޓާ ހަމައަށްވެސް ދަގަނޑޭ މެޗު ކުޅުމަށް މަސައްކަތްކުރި ކަމަށާއި، އެކަމަކު ބަލިވެ އުޅުމުގެ ސަބަބުން ދަގަނޑޭއަށް މެޗު ކުޅެވޭ ގޮތް ނުވީ ކަމަށެވެ. އަދި ދަގަނޑޭ އަކީ ބަލިވެ ހުރެވެސް މެޗު ކުޅެމުން އައި ހިތްވަރުގަދަ ކުޅުންތެރިއެއް ކަމަށް ޝާޒްލީ ބުންޏެވެ. އަދި ބުނީ ބެންގަލޫރާ ދެކޮޅަށް ކުޅެން ޖެހުމުން މި މެޗަކީ އުނދަގޫ މެޗެއްކަން އެނގުނު ކަމަށާއި، އެހެންކަމުން ހުރިހާ ކަމެއް ރޭވީ ދަގަނޑޭ ލައިގެން ކަމަށެވެ. އަދި ފަހު ވަގުތު އޭނާއަށް ނުކުޅެވުމުން އުނދަގޫތަކެއް ދިމާވި ކަމަށްވެސް ވަނީ ބުނެފައެވެ.

މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާޒްލީ ބުނީ މެޗުގައި ޖުމްލަކޮށް އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށާއި، އެގޮތުން ލަނޑު ޖަހަން ފުރުސަތުތަކެއްވެސް ތަނަވަސްކުރި ކަމަށެވެ. އެކަމަކު ތަފާތަކަށްވީ ބެންގަލޫރުން ލަނޑު ޖެހުން ކަމަށާއި، އެ ލަނޑަށްފަހުވެސް ލަނޑު ޖެހުމުގެ ފުރުސަތުތަކެއް އީގަލްސްއަށް ލިބި ބޭކާރުވި ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ބެންގަލޫރުގެ ކޯޗު މާކޯ ޕެއްޒައިއޯލީ ބުނީ މެޗުގައި މޮޅަށް ކުޅުނީ ބެންގަލޫރު ޓީމުން ކަމަށާއި، ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކުރީވެސް އެ ޓީމުން ކަމަށެވެ. އެކަމަކު މިއީ ބެންގަލޫރުން އެންމެ މޮޅަށް ކުޅުނު މެޗު ނޫން ކަމަށް ވަނީ ބުންޏެވެ.

ޕެއްޒައިއޯލީ ބުނީ މެޗުގެ ވަކި ހިސާބަކުން އެޓީމުން މަތިން ބޯޅަތަކެއް ކުޅެފައިވާ ކަމަށާއި، އެކަމާއި ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރެވޭނީ ގިނަ މެޗުތަކެއް ކުޅެގެން ކަމަށާއި، މި މުބާރާތަކީ އެ ޓީމުން ޕްރީ-ސީޒަން މުއްދަތުގައި ކުޅޭ މުބާރާތެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ބެންގަލޫރު ދަތުރުކުރިއިރު، ގްރޫޕް ސްޓޭޖުގައި ދެން ހިމެނޭ ޓީމުތަކަކީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީ ކަޕްކުލަބު އީގަލްސްބެންގަލޫރު އެފްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު