Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕުގެ ޕްލޭއޮފް

އީގަލްސް ބަލިކޮށް ބެންގަލޫރު ގްރޫޕް ސްޓޭޖަށް

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ފަށާނީ ބުދަ ދުވަހު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2021 | އާދީއްތަ 16:55
ބެންގަލޫރާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ބެންގަލޫރާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކުލަބު އީގަލްސް ބަލިކޮށް ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕް ޑީގެ ޖާގައެއް އިންޑިއާގެ ބެންގަލޫރު އެފްސީން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ބެންގަލޫރު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އީގަލްސްއިން ކުޅުނީ އިތުބާރު ފޯވާޑް އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ނުހިމަނައެވެ. މައުލޫމާތު ލިބޭ ގޮތުން މި މެޗުގައި ދަގަނޑޭ ނުކުޅުނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

މެޗު ފަށައިގެން ބެންގަލޫރުން މެޗުގެ ކޮންޓްރޯލް ނަގައި އީގަލްސްގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ ޔޮރުންޑޫ މުސާވަރު ކިންގް ވަނީ ނުރައްކާރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި އީގަލްސްގެ އިސްމާޢީލް އީޝަ (މެސީ) އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ބެންގަލޫރުގެ ސްލެޓަން އޮގެސްޓޯ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާވެސް ފައިސަލް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ބެންގަލޫރުން ލީޑު ނެގީ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަޔޭޝް ދިމިކް ރަނޭއެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި އީގަލްސްގެ މެސީ ގޯލު ރޮނގު މައްޗަށް ރަނގަޅު ބޯޅައެއް ހުރަސްކޮށްދިން ނަމަވެސް، އެ ޓީމުގެ މިޑްފިލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަށް އެ ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 66 ވަނަ މިނެޓުގައި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން ބެންގަލޫރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ފަހު 20 މިނެޓުގެ ތެރޭގައި ބެންގަލޫރުން އީގަލްސްގެ އޭރިއާގެ ތެރެއަށް ގިނަ ހުރަސްތަކެއް ނެގިއިރު، މި ހުރަސްތައް އީގަލްސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ. މި ހާފުގައި ބެންގަލޫރު ޓީމަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ މެޗުގެ 83 ވަނަ މިނެޓުގައި ލިއޯން އޮގަސްޓައިންއަށެވެ. އެކަމަކު އޭނާ ހުހަށްހުރެ ފޮނުވާލި ހަމަލާ ދިޔައީ މަތީ ދަނޑި މަތިން ބޭރަށެވެ.

މި މޮޅާއެކު ބެންގަލޫރުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރިއިރު، ގްރޫޕް ސްޓޭޖުގައި ދެން ހިމެނޭ ޓީމުތަކަކީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގައެވެ.

އޭއެފްސީ ކަޕްބެންގަލޫރު އެފްސީކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު