Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ގައުމީ ދިދައަށް ދޭންވާ މަގާމުވެސް ހަނދުމަ ނެތުނީބާވައެވެ!

ދިދައިގެ ހައިބަތު ހިތްތަކަށް ވެއްދުމަށްޓަކައި ގައުމީ ކެމްޕޭނެއްގެ މުހިއްމުކަން ވަރަށް ބޮޑު

ރާއްޖެ އެމްވީ | 15 އޯގަސްޓު 2021 | އާދީއްތަ 12:28
ދިވެހި ގައުމީ ދިދަ

ދިވެހި ގައުމީ ދިދަ

ގައުމިއްޔަތާއި ގައުމީ ލޯތްބަކީ ގައުމީ ދުވަހާއި މިނިވަން ދުވަހާއި ޖުމްހޫރީ ދުވަސް ކަހަލަ މުނާސަބު ދުވަސްދުވަހު ދުލުން ބޭރުކުރެވޭ ބަހެކޭ ނުވަތަ މީސްމީޑިއާގައި ކުރެވޭ ޕޯސްޓެކޭ ހީކުރާ މީހުން މިގައުމުގައި މިއަދު މަދެއް ނުވާނެއެވެ. ގައުމިއްޔަތު ރަމްޒުކޮށްދޭ ކަންކަމާއި ތަކެއްޗަކީ ކޮބައިކަންވެސް ގިނަ މީހުން ހަނދާނެއް ނުހުރެއެވެ. އެތަކެއްޗަށް ލޯބިކުރުމެއް ގަދަރު ކުރުމެއް ނެތެވެ. މީގެ އެއް މިސާލަކީ ގައުމީ ބަހެވެ. ގައުމީ ބަހަށް އިހުތިރާމް ކުރުމެއް ނެތެވެ. ގައުމީ ދިދައަށްވެސް އިހުތިރާމް ކުރުމެއް ނެތެވެ. ދިވެހި ބަހަށް މިއަދު ކުރިމަތިވެފައިވާ ހާލަތުގެ ވާހަކައަކީ ވަރަށް ގިނަބަޔަކު ދައްކާ ވާހަކައެކެވެ. އެކަމަކު ގައުމީ ދިދައިގެ ވާހަކަ މާގިނަ ބަޔަކު އަދި ނުދައްކައެވެ. ނުވަތަ ދައްކާ އަޑެއް ނީވެއެވެ.

ދިވެހި ގައުމީ ދިދައަށް އިހުތިރާމް ނުކުރުން ނުވަތަ އިހުތިރާމް ކުރަން ނޭނގުމަކީ މިއަދު ފާޅުކަން ބޮޑުގޮތެއްގައި ފެންނަމުންދާ މަންޒަރެކެވެ. އެހެންވީމާ މިއީ ދައްކަން ޖެހޭ ވާހަކައެކެވެ. އެންމެންގެ ސަމާލުކަމަށް ވެސް އަންނަން ޖެހިފައިވާ ވާހަކައެކެވެ. އެކިއެކި ކަންކަމާ ގުޅުވައިގެން މަގުމަތީގައި ދިދަޖަހާއިރު ގައުމީ ދިދައަށްވުރެ ކުންފުނިތަކުގެ ދިދައަށް އިސްކަންދެވިފައި ހުންނަ މަންޒަރު ފެނެއެވެ. ޖަމިއްޔާ ޖަމާއަތްތަކުގެ ދިދައަށް އިސްކަންދެވި ގައުމީ ދިދަ ދެވަނަ ދަރަޖައަށް ނުވަތަ ތިންވަނަ ދަރަޖައަށް ތިރިކޮށްލެވިފައި ހުންނަ މަންޒަރުވެސް ފެނެއެވެ. އަދި ކުންޏާއެކު ގޮނޑު ގޮނޑަށް އުކާލެވޭ މަންޒަރުވެސް ފެނެއެވެ. ގައުމީ ދިދަ ބޭލުމަށްފަހު އަލުން ނެގުމާހަމަޔަށް ވަރަށް ބޭއިހުތިރާމް ގޮތަކަށް ބިންމައްޗަށް އެއްލާލާފައި އޮންނަ މަންޒަރުވެސް ފެނެއެވެ. މިއީ ވަރަށް ހިތާމަވެރި ކަމެކެވެ.

މިކަހަލަ މަންޒަރު މަންޒަރު ފެނުން އިތުރުވަމުންދާތީ ހިތަށް އަރައެވެ. ދިވެހި ގައުމީ ދިދައިގެ މުހިއްމުކަން މިއަދު ދަސްކޮށްދޭން ޖެހެނީ ހަމައެކަނި ކިޔަވާ ކުދިންނަކަށް ނޫނެވެ. ބޮޑެތި މީހުންނަށްވެސް އެ ފިލާވަޅުތައް އެބަ ބޭނުންވެއެވެ. އޮފީސްތަކުގެ ޒިންމާދާރު ވެރިންވެސް ހިމެނޭގޮތުންނެވެ. ދައުލަތުގެ އެކި މުއައްސަސާތަކުގެ ދިދަނަގައި ތިރިކޮށް އަދި ދިދަ ގެންގުޅޭ މީހުންނަކީ ޚާއްސަ ތަމްރީނުތަކެއް ދޭންޖެހިފައިވާ މީހުންނެވެ. ދިދަ ނެގުމުގެ ޒިންމާޔާ ހަވާލުވެގެން ހުންނަ މީހާގެ ކޮނޑުމަތީގައި އޮންނަ ދިދައިގައި ކުލައެއް ނެތަސް އޭނާއަށް ރޭކާލުމެއް ނެތެވެ. ދިދައިގެ ކަނުން ވީދި ހަލާކުވެފައި ހުއްޓަސް ފަރުވާލެއް ނުހުރޭމެއެވެ. ފޮތިކޮޅު ގަޑިޔަށް ނެގެނިކޮށް ނިމުނީއެވެ. ދިދައަށް ދޭންވާ ގަދަރެއް އިހުތިރާމެއް ނެތެވެ. ގައުމީ ދިދައިގެ ބޭނުމެއްވެސް ނުމެ އެނގެއެވެ.

ވާނީވެސް އެހެންތާއެވެ. ގިނަފަހަރަށް އެކަން ކުރަން ތިބެނީ ބިދޭސީންނެވެ. އޮފީސް އޮފީހުގެ ޒިންމާދާރު ވެރިންގެ ލޮލަކަށް ދިދަ ނާރައެވެ. މަންޒަރެއް ނުފެނެއެވެ. ބަލަން ބޭނުމެއްވެސް ނުވެއެވެ. ދިދައިގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލުމުގެ ޝައުގެއް ނެތެވެ. އޮފީސްތަކުގެ ދިދައިގެ ކަންކަން ބެލެހެއްޓުން މިއަށްވުރެ ހަރުދަނާވާން ޖެހޭނެއެވެ. ދިދަ ގެންގުޅޭނެ ގޮތާއި ދިދަ ބަދަލު ކުރާނޭ ހާލަތާއި ދިދަ ނަގައި ތިރިކުރާއިރު ޢަމަލުކުރާނޭ ގޮތުގެ މައުލޫމާތު އޮފީސްތަކުގެ ސިޔާސީ ވެރިންނާއި ޒިންމާދާރު ވެރިންނާއި މުވައްޒަފުންނާއި ދިދަނަގައި ތިރިކުރުމުގެ މަސައްކަތާ ހަވާލުވެ ތިބޭ މުއައްޒަފުންނަށް ދަސްކޮށްދީ އަންގައިދޭން ޖެހޭނެއެވެ. އެއަށް ސެލިއުޓްކުރަން އެނގެން ޖެހޭނެއެވެ. އެއަށް ގަދަރުކުރަން އެނގެން ޖެހޭނެއެވެ. އެއީ ގައުމިއްޔަތު ރަމްޒުކޮށްދޭ ކިހާވަރެއްގެ އެއްޗެއްކަން މޭރުންވާން ޖެހޭނެއެވެ.

ދިދަ ނަގައި ތިރިކޮށް ހެދުމަކީ ބިދޭސީއަކު ލައްވައި ނުކުރެވޭނޭ އަދި ކޮށްގެން ނުވާނޭ ކަމެއް ކަމުގައި ކަނޑައަޅަން އެބަޖެހެއެވެ. ދިދަ ނަގައި ތިރިކުރުމާއި ދިވެހި ދިދަ ބޭނުން ކުރުމުގެ އުސޫލު އިސްލާހުކޮށް ހަރުދަނާ ކުރުމަކީ ސަރުކާރަށް ލާޒިމް ވެގެންވާ ކަމެކެވެ. ދިދަ ކިޔަވައި ދޭންވީ ސިޔާސީ ވެރިންނަށާއި ޒިންމާދާރު ވެރިންނަށާއި މުވައްޒަފުންނަށާއި ދިދަ ގެންގުޅޭ މީހުންނަށެވެ. މަގުމަތީގައި ދިދަ ޖެހުން ބިދޭސީން ލައްވާ ނުކުރުވަންވީއެވެ. މަގުމަތީ ދިދަ ޖަހައި ނަގަންވީ ސިފައިންނާއި ފުލުހުންނާއި ކެޑޭޓުންނާއި ސްކައުޓުންނާއި ގައިޑުން ފަދަ މީހުންނާއި ކުދިންނެވެ. އެކަން ކުރަންވާނީ ގައުމިއްޔަތު މޭރުންވާ ބައެކެވެ. ގައުމު ދެކެ ލޯބިވާން ދަންނަ ބައެކެވެ. ގައުމީ ދިދައަކީ ގައުމިއްޔަތުގެ ރަމްޒެއްކަން ދަންނަ ބައެކެވެ.

ރާއްޖެއަށް އެކަށީގެންނުވާ ވަރަށް އެކި ނަންނަމުގައި އެކި ޒިންމާތައް އުފުލާނޭ ބައިވަރު މުއައްސަސާތައް އުފެދިވިޔަސް ދިވެހި ގައުމީ ދިދައިގެ ކަންކަމުގައި ޒިންމާވާނެ ފަރާތެއް ނެތެވެ. ކުޑަމިނުން ގައުމީ ދިދަޔާ ބެހޭ އުސޫލެއްވެސް ނެތެވެ. ގާނޫނުގައި ވަނީ ގައުމީ ދިދަ އެކުލެވިގެންވާ ގޮތެވެ. މިންތަކާއި ކުލަތަކެވެ. އެއީ އަސާސީ ކަންކަމެވެ. އެހެންވީމާ ގައުމީ ދިދަ ބޭނުންކުރުމާ ބެހޭ އުސޫލެއް އެބަ ބޭނުންވެއެވެ. އެއީ އަލުން އެކުލަވާލަންޖެހޭ އެއްޗެކެވެ. ކަމާބެހޭ ގަވާއިދާއި އުސޫލުތައް ހަދައި ހިންގުމަކީ ކަމާބެހޭ ފަރާތްތަކަށް ލާޒިމުކަމެކެވެ. ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމާއި ފަޚުރުވެރި ދިވެހީންގެ ގައުމީ ރޫހު އާލާކުރުމަކީ މިފަދަ ބައެއް ކަންކަމުގައި ފަރުވާ ކުޑަކުރެވިގެން ވާނޭ ކަންކަމެއް ނޫނެވެ. އެއީ ދިވެހިން ލޯމަރައިގެން ތިބެ ބިދޭސީން ލައްވައި ކުރުވަން ޖެހޭ ކަންކަމެއް ނޫނެވެ.

ގައުމީ ދިދައަށް ލޯބިކުރުމާއި އެ ދިދައިގެ ހައިބަތު ދިވެހީންގެ ހިތްތަކަށް ވެއްދުމަށްޓަކައި މިއަދު ގައުމީ ކެމްޕޭނެއްގެ މުހިއްމުކަންވެސް ވަރަށް ބޮޑެވެ. އެކި މުއައްސަސާތަކުގެ ދިދަ ނަގާއިރު އެ މުއައްސަސާއެއްގެ މުއައްޒަފުން އެއްވެ ގައުމީ ސަލާންވެސް ކިޔަންވީއެވެ. އެކި ޖަލްސާތަކަށް ހާޒިރުވާއިރު މޭމަތީގައި ގައުމީ ދިދަވެސް ހުންނަންވީއެވެ. ޓީވީތަކަށް އަރާ މީހުންގެ މޭމަތީގައިވެސް ގައުމީ ދިދަ ޖަހަންވީއެވެ. މިހެންގޮސް ދިވެހީންގެ ގައުމީ ދިދަޔަށް އޭގެ ހައްގު މަގާމު ދެވި މީސްތަކުންގެ ސިކުނޑީގައި އެދިދަ ކުރެހި އެއަށް އިހުތިރާމް ކުރެވޭ ހިސާބަށް ދެވެންދެން މިކެމްޕޭނުވެސް ކުރިއަށް ގެންދަންވީއެވެ. މިއީ ކުރަން މާބޮޑު ކަމެއް ނޫނެވެ. މާބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއްވެސް ނޫންމެއެވެ. މިކަމަށް ބޭނުންވަނީ ގައުމީ ލޯތްބެވެ.

ދިވެހި ގައުމީ ދިދަ

ކޮމެންޓް

އިތުރަށް ކިޔާލަން

އޭ މިހިރަ ދިވެހި ޤައުމީ ދިދައާ! ދިވެހިންނަށްޓަކައި މި ބޭންކް ސަލާމަތްކޮށްދީ

އޭ މިހިރަ ދިވެހި ޤައުމީ ދިދައާ! ދިވެހިންނަށްޓަކައި މި ބޭންކް ސަލާމަތްކޮށްދީ

28 އޯގަސްޓު 2024
ދިވެހި ދިދައަށް އޮތް އިޙުތިރާމް އިތުރުކުރުމުގެ ގޮތުން ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައިވެސް ޤައުމީ ދިދަ ނަގަނީ

ދިވެހި ދިދައަށް އޮތް އިޙުތިރާމް އިތުރުކުރުމުގެ ގޮތުން ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައިވެސް ޤައުމީ ދިދަ ނަގަނީ

20 ނޮވެމްބަރު 2023
ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!

ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!

24 ޖުލައި 2023
މިއަހަރަކީ ރާއްޖޭގެ ގައުމީ މިނިވަންކަމުގެ ސައްތަ، އަލިމަސްޔޫބީލު، ރަންޔޫބީލު، ހިމެނޭ ތާރީޚީ އަހަރެއް!

މިއަހަރަކީ ރާއްޖޭގެ ގައުމީ މިނިވަންކަމުގެ ސައްތަ، އަލިމަސްޔޫބީލު، ރަންޔޫބީލު، ހިމެނޭ ތާރީޚީ އަހަރެއް!

04 ޖުލައި 2023
އޮނަރަބްލް ޢަބްދުﷲ ޖަމީލް ނޢޢވ، ހެޔޮލަފާ ގައުމީ މަތިވެރި ޝަޚުސިއްޔަތެއް

އޮނަރަބްލް ޢަބްދުﷲ ޖަމީލް ނޢޢވ، ހެޔޮލަފާ ގައުމީ މަތިވެރި ޝަޚުސިއްޔަތެއް

12 ޖޫން 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު