Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނަށް ކުރަމުންދާ ވިއްސާރަ

ޖަޕާނަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެމިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ދާންޖެހިއްޖެ

ޖަޕާނުގައި މިހާރު ވަނީ އެންމެ މަތީ ދަރަޖައިގެ މޫސުމީ ސަމާލު ނެރެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޯގަސްޓު 2021 | ހޮނިހިރު 17:11
ޖަޕާނަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައި

ޖަޕާނަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެފައި

ޖަޕާނަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެމިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ދާންޖެހިއްޖެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޖަޕާނުގައި މިހާރު ވަނީ އެންމެ މަތީ ދަރަޖައިގެ މޫސުމީ ސަމާލު ނެރެފައެވެ. އެގޮތުން މިހާރުވެސް ދެމިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

ވިއްސާރަވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގެ ސަބަބުން މިހާރުވެސް ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި އަންހެނެއްގެ ފުރާނަަ ގޮސްފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ހިނގަމުންދާ ޙާދިސާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

އޭގެ އިތުރުން، ޖަޕާނުގެ މޫސުމާބެހޭ އިދާރާއާ ޙަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި, ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ޤައުމުގެ ގިނަ ކޯރުތައްވެސް ވަނީ ފުރިގެން ބަންޑުންވެފައެވެ. އެކަމުގެ ސަބަބުންވެސް ފެންބޮޑުވުމުގެ ޙާދިސާތައް ހިނގަމުންދާއިރު، މަގުތަކާއި އާންމު ދަތުރުފަތުރު ކުރާ ތަންތަނުގައިވެސް މިހާރު ފެންބޮޑުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާން ޓައިމްސް ޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު