Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ، މިއީ ދެރަކަމެއް: ޚުތުބާ

13 އޯގަސްޓު 2021 | ހުކުރު 08:07

އެކަމުގެ ސަބަބުން އޭނާގެ ރިޒްގުން ބަރަކާތްކެނޑިގެން ދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2021 | ހުކުރު 08:07
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުންތައް ދަނީ،

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުންތައް ދަނީ،

ރޭގަނޑު ހޭލައި ތިބެފައި، ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް، ދެ ޣަނީމާއެއް ގެއްލިގެންދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ރިޒުގު ހޯދުމަށް މަސައްކަތް ކުރުން'' މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ފުރަތަމަ ޣަނީމާއަކީ، ފަތިސް ނަމާދު ކަމަށާއި، ދެވަނަ ޣަނީމާއަކީ، ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށެވެ. ރޭގަނޑު ހޭލައި ތިބެފައި، ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް، ދެ ޣަނީމާއެއް ގެއްލިގެންދާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކަމުގެ ސަބަބުން އޭނާގެ ރިޒްގުން ބަރަކާތްކެނޑިގެން ދާނެ ކަމަށާއި، މާތް ﷲ އޭނާގެ މައްޗަށް ވާޖިބު ކޮށްފައިވާ ހައްގު އަދާ ނުކުރާމީހާއަށް، އެ ދުވަސް އަބާއްޖަވެރި ދުވަހަކަށް ވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ކީރިތި ރަސޫލާ ވަނީ މިވަގުތުގައި އެކަލޭގެފާނުގެ އުއްމަތަށް ބަރަކާތް ލެއްވުން އެދި ވަޑައިގެން ދުއާ ކުރައްވާފައި ކަމަށެވެ. ނަމަވެސް މި ވަގުތުގެ ބަރަކާތުން އިންސާނާ މަޙުރޫމު ކުރެވޭތޯ، ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރާނެ ކަމަށާއި، އޭނާއަށް ރޭގަނޑު ހޭލައި ހުރެ، މަޖާކުރުން ޒީނަތްތެރިކޮށްދީ، ފަތިހު ތެދުވިޔަ ނުދިނުމަށް، އެ ޝައިޠާނާ މަސައްކަތް ކުރާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މި ފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ނަމާދުގެ ވަގުތު ކައިރިވުމުން ކަމަށާއި، މި މީހާއަށް ފަތިސް ނަމާދު ވެސް އަދި ދުވާލުގެ ފެށުން ވެސް ގެއްލުނީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއީ ވަރަށް ދެރަ ކަމަކަށް ވުމާއެކު ދުވާލުގެ ފެށުމުގައި ލިބޭ ދެ ޣަނީމާ ހޯދުމަށް މަސައްކަތްކުރާ ހީވާގި މުރާލި ބަޔަކަށްވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ ރިޒްގު ހޯދުމަށް މަސައްކަތް ކުރުމަކީ، މާތްﷲ އެކަލާނގެ ހެއްދެވި މަޚްލޫޤުންގެ ކިބާގައި ލައްވާފައިވާ ފިތުރީ ކަމެއް ކަމަށާއި، ކޮންމެ ދުވަހަކު ހެނދުނު، ކޮންމެ މީހަކު ވެސް އެކަމަށް އަވަސްވެގަންނަތަން ފެންނަ ކަމަށެވެ. އެ މީހަކަށް އެނގިފައިވާ މަސައްކަތެއް ކޮށްގެން ނުވަތަ އެ މީހަކަށް ލިބިފައިވާ މުދަލެއް ހޭދަކޮށްގެން ކޮންމެ މީހަކު ވެސް އެ މީހަކަށް މިންވަރު ކުރައްވާފައިވާ ރިޒްގު ލިބޭތޯ މަސައްކަތް ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދޫނިސޫފާސޫފި ވެސް ހެނދުނު ވުމުން އެ ސޮރުމެންގެ ހާލިތަކުން އުދުހިގެން ދަނީ، އެ ސޮރުމެންގެ މައްޗަށް މާތް ﷲ އެ ދުވަހަށް ކަނޑައަޅުއްވާފައިވާ ރިޒްގު ހޯދުމަށް ކަމަށެވެ. އެހެންކަމުން ކާމިޔާބު މީހަކީ، މަސައްކަތުން އޭނާގެ ހަޔާތް އާރާސްތު ކުރާ މީހާ ކަމަށާއި، އޭނާގެ ނިތްކުރިން އޮހޮރޭ ދަލުން އޭނާގެ އުއްމީދުތަކުގެ އޮށްތަކަށް ފެންދީ ހައްދާ މީހާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރިޒުގު ހޯދުމުގައި މާތް ﷲ އަށް ވަކީލު ކުރަންޖެހޭ ކަމަށާއި، މާތް ﷲގެ ތައުފީގާއި، ބަރަކާތް ލިބުން އެދި، މާތް ﷲ އަށް ދަންނަވައި، އެކަމަށް ކުރިމަތިލުމަށް ޚުތުބާގައި އެދިފައިވެއެވެ.

ޚުތުބާގައި ބުނީ ރިޒުގުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަހިމުގެ ގުޅުން ދެމެހެއްޓުމާއި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށެވެ. އަދި ފަގީރުންނާއި މުހުތާދުވެރިންނަށް ހޭދަކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޚުތުބާގައި ބުނީ ދަތިހާލު ޖެހިފައިވާ މީހަކަށް ލުއި ފަސޭހަކޮށްދިން މީހާއަށް މާތްﷲ ލުއި ފަސޭހަކޮށްދެއްވާނެ ކަމަށާއި، ކަންބޮޑުވެފައިވާ މީހެއްގެ ކަންބޮޑުވުން ފިލުވައިދިން މީހާގެ ކަންބޮޑުވުންތައް ﷲ ފިއްލަވައި ދެއްވާނެ ކަމަށެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް