Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު މާލެ ވަޑައިގަތުން

ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ހުރަހެއް ނާޅާނަން: ރައީސް

އެމްއެންޑީއެފް އިން ދެވެން އޮތް ހުރިހާ ރައްކާތެރިކަން ރައީސް ނަޝީދަށް ދެއްވާނެ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2021 | ހުކުރު 07:17
ރައީސް ނަޝީދު ފަރުވާއިން ސަލާމަތްވެ ހަމަޖެހިގެން ރާއްޖޭގައި އުޅުއްވާތަން ދެކެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި

ރައީސް ނަޝީދު ފަރުވާއިން ސަލާމަތްވެ ހަމަޖެހިގެން ރާއްޖޭގައި އުޅުއްވާތަން ދެކެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ބޭނުންފުޅުވެވަޑައިގަންނަވަނީ ވީހާ ވެސް އަވަހަކަށް ރައީސް ނަޝީދު ފަރުވާއިން ސަލާމަތްވެ، ހަމަޖެހިގެން ރާއްޖޭގައި އުޅުއްވާތަން ދެކެވަޑައިގަތުމަށް ކަމަށެވެ. މެއި 6 ގެ ހަމަލާއަކީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި ނަޝީދު އަނބުރާ މާލެ ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެކަމަކަށް ހުރަހެއް ނާޅުއްވާނެ ކަމަށާއި އެމްއެންޑީއެފް އިން ދެވެން އޮތް ހުރިހާ ރައްކާތެރިކަން ރައީސް ނަޝީދަށް ދެއްވާނެ ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު ނަޝީދު މާލެ ވަޑައިގަތުމަކީ، ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ރައީސް ނަޝީދު ސެޕްޓެމްބަރު މަހުގައި މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވެސް އަދި އެމަނިކުފާނުގެ އާއިލާއިން ވެސް ވިދާޅުވެފައިވަނިކޮށް، ހަސަން ލަތީފް ވިދާޅުވީ، އިންކުއަރީގެ ރިކޮމެންޑޭޝަނަށް އަމަލުކުރަން ރާވާފައިވާގޮތް އެނގުމުން ނޫނީ، އެމަނިކުފާނު މާލެ ވަޑައިގަތުމަކީއެދޭ، އަދި ރުހެވޭ ކަމެއް ވެސް ނޫން ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ނުރުހެނީ، ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެކަން އެނގިފައި ހުރި ގޮތުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއަރ ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ސަރުކާރުން ވެސް އެމްޑީޕީން ދެކޭގޮތާމެދު ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.

މޭ 6 ގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ، ސެޕްޓެމްބަރު މަހުގައި ކަމަށް އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ، ތިން ހަފްތާ ވަންދެން، ކޮންމެ ހަފުތާއަކު ބޭސް ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ހާލުކޮޅު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށާއި، ވާތު ފަޔަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަދިވެސް ފަރުވާ ހޯއްދަވާކަމަށެވެ. ކްލަބް ހައުސްގައި “ހުޅުދޫ ވޮއިސް”ގެ ނަމުގައި އޮންނަ ކްލަބެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ، ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މެއި 6 ގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫންކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އެފަދަ ދެވަނަ ބޮމެއް ރާއްޖޭގައި ގޮވާތަން ދެކެން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށާއި، އެކަން ކުރެވޭނީ ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅައި، ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ހައްޔަރު ކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލީހުގެ 241 ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ކަންކަން ސަރުކާރުން ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހާރު ހުންނެވީ، ރާއްޖެއަށް ދިއުމަށް ވަރަށް ބޮޑަށް ކެތްމަދުވެފައި ކަމަށާއި، ބޭރުގައި އެހެން ގިނަ ދުވަސް ވަންދެން ހުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު