Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކުއަރީ ރިޕޯޓް

އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އެންއެސްސީއާ ރައީސް މަޝްވަރާކުރައްވައިފި

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޯގަސްޓު 2021 | ބުރާސްފަތި 17:59
ރައީސުލްޖުމްހޫރިއްޔާ ނެޝަނަލް ސެކިއުރިޓީ ކައުންސިލާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ނެޝަނަލް ސެކިއުރިޓީ ކައުންސިލާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ 6ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރުވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެކެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއެސްސީ މެންބަރުންނާ މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

އިންކުއަރީ ރިޕޯޓުގައި ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާކޮށް, ކަންކަމުގައި ހައްލު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ހޯދުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަނު ކުރުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން ވެސް ސިފައިންގެ ގާނޫނު އިސްލާހުކުރުމާއި، ހިންގުމަށް ޒަމާނީ ބަދަލު ގެނައުމަށް ވެސް ހިމަނާފައިވެއެވެ.

އެއްފަހަރާ ގިނަ މައުލޫމާތު ރައްކާ ކުރެވޭ ސިސްޓަމްތައް ގެނައުމާއި، އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުން ވެސް މީގެތެރޭގައި ހިމެނެއެވެ.

އިންކުއަރީ ރިޕޯޓު މަޖިލީހުގެ ރައީސަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ، ރިޕޯޓުގައި ރަނގަޅުކުރުމަށް ހިމަނާފައިވާ ކަންކަން ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ޞާލިޙަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި 49 ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ރިޕޯޓް އެރުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ވަނީ މި ރިޕޯޓް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލައްވައި ހުށަހެޅުއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ, އަދި މުހިންމު މަސައްކަތެއްކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ޞާލިހް ވަނީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވައި، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މޭ6ޓެރާރއެޓޭކްރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
21 ޑިސެމްބަރު 2023

މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް

21 ޑިސެމްބަރު 2023
މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު