Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ސުޕަ ކަޕް

ވިޔަރެއާލް ބަލިކޮށް ޗެލްސީން ސުޕަ ކަޕް ކާމިޔާބުކޮށްފި

11 އޯގަސްޓު 2021 | ބުދަ 22:15

މިއީ ޗެލްސީން ސުޕަ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އޯގަސްޓު 2021 | ބުދަ 22:15
ޔުއެފާ ސުޕަ ކަޕުގެ ތައްޓާއެކު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ސުޕަ ކަޕުގެ ތައްޓާއެކު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔޫރޮޕާ ލީގުގެ ޗެމްޕިއަން ވިޔަރެއާލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ޔޫރަޕުގެ ސީޒަން ހުޅުވާ މެޗު ޗެލްސީން ކާމިޔާބުކުރީ ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުންނެވެ. މިއީ ޗެލްސީން ސުޕަ ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ސުޕަ ކަޕް ކާމިޔާބުކުރީ 1998 ވަނަ އަހަރު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެގެންނެވެ. އޭގެ ފަހުން ސުޕަ ކަޕުގައި ކުޅުނު ތިން ފަހަރުވެސް ޗެލްސީ ވަނީ ބަލިވެފައެވެ.

ނޯދަން އަޔަލެންޑުގެ ވެރިރަށް ބެލްފާސްޓުގެ ވިންޑްސޯ ޕާކުގައި ކުޅުނު މެޗު ބަލަން 13،000 ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ. ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޒިޔެކް ވަނީ ބަދަލުކޮށްފައެވެ.

ޗެލްސީން ލީޑު ނެގި ފަހުން ވިޔަރެއާލުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލްބާޓޯ މޮރޭނޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ވިޔަރެއާލުގެ ޖެރާޑް މޮރޭނޯއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ބޫލޭ ޑިއާ ދިން ޕާހަކުން މޮރޭނޯ ވަނީ ލަނޑެއް ޖަހައި، ވިޔަރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، މި ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީ ޝޫޓްއައުޓާ ދިމާކޮށް ޗެލްސީން ވަނީ ސްޕެއިނުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ކުޅެން އަރުވާފައެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓުގައި ކެޕާ ވަނީ ވިޔަރެއާލުގެ ދެ ޕެނަލްޓީއެއް ހުއްޓުވައި، ޗެލްސީއަށް ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ.

ވިޔަރެއާލް ބަލިކޮށް ޗެލްސީން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މިއީ މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުގެ މަގާމާ ތޯމަސް ޓުޗެލް ހަވާލުވިފަހުން އެ ޓީމުން ހޯދި ދެވަނަ ކާމިޔާބީއެވެ. ޓުޗެލް ވަނީ ޗެލްސީއާ ހަވާލުވިތާ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.

ޔުއެފާ ސުޕަ ކަޕްޗެލްސީވިޔަރެއާލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ވިނީޝިއުސްގެ ދެ ލަނޑާ އެކު ރެއާލް އިން ވިޔަރެއާލް ބަލިކޮށްފި

05 އޮކްޓޯބަރު 2025
ވިނީޝިއުސްގެ ދެ ލަނޑާ އެކު ރެއާލް އިން ވިޔަރެއާލް ބަލިކޮށްފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް