Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު އީގަލްސްގެ ތައްޔާރީތައް

ގްރޫޕް ސްޓޭޖުގައި ހިމެނޭ ޓީމުތަކަށްވުރެ ބެންގަލޫރު ވަރުގަދަ: ޝާޒްލީ

ބެންގަލޫރުން ވަނީ މިހާތަނަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2021 | އަންގާރަ 14:46
ކުލަބު އީގަލްސްއިން ހޯމަ ދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު މުޙައްމަދު ޝާޒްލީ

ކުލަބު އީގަލްސްއިން ހޯމަ ދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު މުޙައްމަދު ޝާޒްލީ

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ވާދަކުރާ އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމަކީ މި ވަގުތު ގްރޫޕް ސްޓޭޖުގައި ހިމެނޭ ޓީމުތަކަށްވުރެ ވަރުގަދަ ޓީމެއް ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ ބުނެފިއެވެ.

ޕްލޭއޮފް މެޗާ ކުރިމަތިލާއިރު ބެންގަލޫރުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން މިހާތަނަށް އެ ޓީމަށް ސޮއިކޮށްފައިވާ ކުޅުންތެރިންނަކީ ކޮންގޯގެ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ އާއި، ކުރިން ޗެންނާއީ އާއި މޯހަން ބަގާންއަށް ކުޅުނު މިޑްފީލްޑަރު ޖަޔޭޝް ރާނޭ އާއި، ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ އާއި، މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ޒުވާން ފޯވާޑް ބިދްޔާޝަގަރު ސިންހް އާއި، އީސްޓް ބެންގޯލުގެ ޑިފެންޑަރު ސަތާކް ގޯލުއީ އާއި، ފޯވާޑް ހަމަންފްރީތު ސިންހް އާއި، ރިއަލް ކަޝްމީރު ޓީމުން ގެނައި ދާނިޝް ފާރޫގް އަދި ކެރަލާ ބްލާސްޓާސްގެ މިޑްފީލްޑަރު ރޯހިތު ކުމާރެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މީގެ ކުރިން މި މެޗު މެއި މަހުގެ 11 ވަނަ ދުވަހު ކުޅެން ތާވަލުކުރިއިރު، މެޗު ފަސްކުރަން ޖެހުނީ މެޗަށް މާލެއައި ބެންގަލޫރު ޓީމު ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އީގަލްސްގެ ކޯޗު ޝާޒްލީ ބުނީ މި މެޗަށް ނުކުންނައިރު، ބެންގަލޫރަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން އެނގޭ ކަމަށެވެ. އަދި ބެންގަލޫރު އެފްސީ އަކީ މިވަގުތު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ހިމެނޭ ޓީމުތަކަށްވުރެ ވަރުގަދަ ޓީމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޝާޒްލީ ބުނީ ޕްލޭއޮފް މެޗު ރާއްޖޭގައި ކުޅެން ލިބުމަކީ ލިބުނު އުފަލެއް ކަމަށާއި، އޭގެ ބަދަލުގައި ބެންގަލޫރުގައި މި މެޗު ކުޅެން ޖެހުނުނަމަ ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ހޯމް ސްޓޭޑިއަމުގެ ފައިދާ ނަގަން މަސައްކަތް ކުރާނެ ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

 އޭއެފްސީ ކަޕުގެ ޕްލޭއޮފަށް އީގަލްސް ދަތުރުކުރީ، ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއެވެ. އެކަމަކު ކޮވިޑް-19 ސަބަބުން އެ ޓީމަށް ދަތުރުކުރުމުގެ ހުއްދަ ނުލިބި އަދި އަމިއްލަ ގައުމުގައި މެޗު ކުޅުމުގެ ހުއްދަވެސް ނުލިބުމުން އޭއެފްސީ ނިންމީ އަބަހާނީ މުބާރާތުން ވަކިވެފައިވާ ކަމަށެވެ.

ޕްލޭއޮފް މެޗަށް އީގަލްސްއިންވެސް ޓީމު ވަރުގަދަކޮށްފައިވާއިރު، އެ ޓީމުން ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) ގެ އިތުރުން ގޯލްކީޕަރު މުޙައްމަދު ފައިސަލް ގެނެސްފައެވެ.

މި މަހުގެ 15 ވަނަ ދުވަހު އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅޭއިރު، އެ މެޗަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

ކުލަބު އީގަލްސްބެންގަލޫރު އެފްސީއޭއެފްސީ ކަޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު