Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. ފުއްގިރި މައްސަލަ

ރ. ފުއްގިރި މައްސަލަ: ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތާއި ދިފާއަށް 10 ދުވަސް

1 އޯގަސްޓު 2021 | އާދީއްތަ 06:24

އިތުރު އަޑުއެހުމެއް އޮންނާނީ އޯގަސްޓް 22 ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 1 އޯގަސްޓު 2021 | އާދީއްތަ 06:24
ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދަނީ

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދަނީ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި، ކަޅުފައިސާ ދޮވުމުގެ ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތާއި ދިފާޢަށް 10 ދުވަހުގެ މުއްދަތު ދީފިއެވެ.

އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމުގައި އޮތީ ދައުލަތާއި ދިފާއުން ހެކި ހުށަހެޅުމެވެ.

Advertisement - newsAdvertisement

މި އަޑު އެހުމުގައި ދައުލަތުން 86 ހެއްކެއް ހުށަހެޅިއެވެ. މީގެތެރޭގައި ސިޓީތަކާއި، ޗެކްތަކާއި، ފައިސާ ޖަމާކޮށްފައިވާ ކަމުގެ ރަސީދު ވެސް ހިމެނެއެވެ. ދެ ދައުވާއަށް ވެސް ހުރީ އެއް ހެކިތަކެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ.

ދިފާއުންވެސް ހުށަހެޅީ ދެ ދައުވާއަށް އެއް ހެކިތަކެކެވެ. ދިފާއުން ވެސް ވަނީ ހެކީގެ ގޮތުގައި ކުރީގެ ބަޔާންތަކާއި ފައިސާގެ ރަސީދުތައް ވެސް ހުށަހަޅާފައެވެ.

އާދީއްތަ ދުވަހުގެ އަޑު އެހުން ފެށުމުގެ ކުރިން ދިފާއުންވަނީ، މި ދައުވާ ޖިނާއީ އަމަލެއްގެ މައްޗަށް ބިނާކޮށްފައި އޮތީ، ޖިނާއީ އަމަލެއް ސާބިތުވާތީ ނޫން ކަމަށް ބުނެފައެވެ. އަދި މި މައްސަލާގައި ދިފާއުން އެދުނު ލިޔުންތައް ނުލިބޭކަމަށް ވެސް ބުންޏެވެ. މިކަމާ ގުޅިގެން ދައުލަތުން ބުނީ، ދިފާއުން އެދިފައިވާ ލިޔުންތަކަކީ، ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގޮތެއް ނިމިފައިވާ ލިޔުންތަކެއް ކަމަށެވެ. އެގޮތުން އެއީ، ހިއްސާ ނުކުރެވޭނެ ލިޔުންތަކެއްކަމާއި، އޭގެ ސަބަބުތައް ވެސް ބަޔާންކޮށްފައިވާނެކަން ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ބުނީ ދިފާއުން މަސައްކަތްކުރަނީ ޝަރިއަތް ކުރިއަށް ގެންދިޔުން މަޑު ޖެއްސުމަށް ކަމަށެވެ.

މިކަމާ ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ހެކި ހޯދުމަށް ހުށަހަޅާން ވަކި އުސޫލެއް އޮންނައިރު ދިފާއުން އެދިފައިވަނީ އެ އުސޫލުގެ ތެރެއިން ނޫން ކަމަށެވެ. އެހެން ކަމުން އެ ހެކިތައް ދިފާއާ ހިއްސާ ކުރުމުގެ އަމުރެއް ނެރެދިނުމުގެ ތަނެއް ނެތް ކަމަށެވެ. އަދި އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ހެކި ހޯދުމަށް ހުށަހަޅާ ފޯމް ހުށަހެޅުމުން ދެން އެކަން ކުރިއަށްދާނެކަން ގާޒީ ފާހަގަކުރެއްވިއެވެ.

ދައުލަތާއި ދިފާއުން ވެސް ހެކި ހުށަހެޅުމަށްފަހު އިތުރު ކަމެއް ހުށަހަޅަން ނެތުމުން އަޑުއެހުން ނިންމާލާފައިވަނީ، ދިފާއުން އެދުނު ގޮތަށް ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ހޯދުމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ފޯމް ހުށަހަޅައިގެން ހެކި ހޯދުމަށް 3 ދުވަސް ވެސް ދިނުމަށްފަހުއެވެ.

އަޑު އެހުން ނިންމާލަމުން ގާޒީ ވިދާޅުވީ، ދެ މައްސަލައިގެ ވެސް ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް