Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން ޕްރޮގްރާމް

އާންމު ހާލަތަށް ރުޖޫއަވުމަށް ވެކްސިން ޖެހުން އަވަސް ކުރުމަށް ރައީސްގެ އިލްމާސެއް

ރައީސް ވިދާޅުވީ އާންމު ހާލަތަކަށް ދިއުމަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 ޖުލައި 2021 | ހޮނިހިރު 06:30
ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިން ޖައްސަވަނީ

ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިން ޖައްސަވަނީ

ކޮވިޑް-19 ގެ ކުރިން ގައުމު އޮތް ހާލަތަށް ރުޖޫއަވުމަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ހެލްތް އިމަރޖެންސި އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖެއިން އޯޑަރުކޮށްފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ސްޓޮކް ލިބިފައިވާކަން އިއުލާނުކޮށްފައެވެ. މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އާންމު ހާލަތަކަށް ދިއުމަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށާ ވެކްސިން ނުޖަހާ ތިބި ހުރިހާ ރައްޔިތުން ވެކްސިން ޖެހުން އަވަސް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކި މުޅި މުޖްތަމައުގެ ހެވާ ލާބައަށް މިކަން ކުރުމަށް އެދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނާއިބުރައީސް ފައިސަލް ނަސީމް ވެސް ވަނީ ވެކްސިން ޖެހުން އަވަސް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. މިހެން ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ކޮވިޑް ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފަހި ވެފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ އަޅުގަނޑުމެންގެ ނަސީބު ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުންހިފައި އާންމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މި ޕެންޑަމިކުގެ ކުރިން ގައުމު އޮތް ހާލަތަށް އަނބުރާ ވާސިލްވުމަށް މުޖުތަމައުގެ އެންމެންގެ ފުރިހަމަ އެެއްބާރުލުން ބޭނުންވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވެސް ވަނީ ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް މިހާރު ފަށާފައިވާ ވެކްސިން ޕްރޮގްރާމަށް އެންމެންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެެނެކާ ވެކްސިން ޖަހަން ފަށާއިރު، ވެކްސިން ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދެއެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް އެމީހަކާ ބެހޭ ތެދު މައުލޫމާތު ބޭނުންވާނެއެވެ. އެޕޮއިންޓްމެންޓް ހަމަޖެހުމުން އެކަމުގެ ލިޔުން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެއެވެ.

އަދި އެޕޮއިންޓްމެންޓުގެ 15 މިނެޓު ކުރިން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ސެންޓަރަކަށް ދާންޖެހޭނެއެވެ. ސަރުކާރުގެ އަމާޒަކީ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު