Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މައުމޫނާއި ނަސްރީނާ

ރައީސް މައުމޫނާއި ނަސްރީނާގެ ކައިވެނީގެ ސިއްރު!

މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ، 1969 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ޖުލައި 2021 | ބުދަ 06:26
ރައީސް މައުމޫނުގެ ދެކަނބަލުންގެ ކައިވެންޏަށް 52 އަހަރު ވަނީ ފުރިފައި

ރައީސް މައުމޫނުގެ ދެކަނބަލުންގެ ކައިވެންޏަށް 52 އަހަރު ވަނީ ފުރިފައި

ކައިވެންޏަކީ ވަރަށް މަތިވެރި މާތް ގުޅުމެކެވެ. ޒަވާޖީ ހަޔާތެއް ދެ މީހުން އެކުގައި ފަށަނީ ވަރަށް އުންމީދާއެކު، އެކުގައި އުމުރަށް އުޅޭނެ ކަމުގެ ވައުދުތައް ވެގެންނެވެ. 

މީހުން ބުނެ އުޅެއެވެ. ދިރިއުޅުމެއް ހަގީގަތުގައި ފެށެނީ ކައިވެންޏަށް ފަހުގައެވެ. އެއީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ކައިވެންޏަށް ފަހު ދިރިއުޅުމުގައި އެކިއެކި ކަންކަމާ ކުރިމަތިލާން މީހާއަށް ދަސްވެއެވެ. ގިނަ ފަހަރަށް ދެމަފަރިން އެކުގައި ކައިވެންޏެއް ދެމެހެއްޓުމަކީ އުނދަގޫ ކަމަކަށް ވާއިރު ދިމާވާ މައްސަލަތައް ހައްލުކޮށްގެން އެކުގައި ނޫޅެވިއްޖެނަމަ ދުރުވާން ޖެހެއެވެ. ވަރި ދެމީހުން ދުރުކޮށްލައެވެ. 

ރާއްޖޭގެ ނިސްބަތުން ބަލާއިރު ކައިވެނީގެ އަދަދަށްވުރެ ވަރި ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ފުރަތަމަ ކައިވެނި މަތީގައި މުޅި އުމުރަށް ދެމިތިބޭ މީހުން ވެސް މަދެއް ނޫނެވެ.

މިފަދަ އެއް މިސާލަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ނަސްރީނާ އިބްރާހީމެވެ. އެ ދެކަނބަލުންގެ ކައިވެންޏަށް މި އަހަރު 52 އަހަރު ފުރުން ވަނީ ފާހަގަ ކުރައްވާފައެވެ.

މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ، 1969 ވަނަ އަހަރު، ޖުލައި 20 ވަނަ ދުވަހުއެވެ. މައުމޫންގެ ދެކަނބަލުން އެންމެ ފުރަތަމަ ބައްދަލުވެ ވަޑައިގެންނެވީ 1965 ވަނަ އަހަރު މިސްރުގެ ވެރިރަށް ގާހިރާ އިންނެވެ. ކައިވެނި ބައްލަވައިގަތް އިރު، ނަސްރީނާގެ އުމުރުފުޅަކީ 19 އެވެ. މައުމޫންގެ އުމުރުފުޅަކީ 31 އަހަރެވެ.

ނަސްރީނާގެ އުމުރުފުޅުން އެންމެ 20 އަހަރުގައި، އެންމެ ފުރަތަމަ ލިބިވަޑައިގަތީ އެއްމާބަނޑު ދެ އަންހެން ކުދިން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނެވެ. އަދި އެއަށްފަހު، އެކަމަނާގެ އުމުރުފުޅުން 21 އަހަރުގައި ފުރަތަމަ ފިރިހެން ދަރިފުޅު ކަމަށްވާ ފާރިސް މައުމޫން ލިބިވަޑައިގެންނެވިއެވެ. ދެވަނަ ފިރިހެން ދަރިފުޅު، އަދި އެންމެ ހަގު ދަރިފުޅު ކަމަށްވާ ޣައްސާން މައުމޫން ލިބިވަޑައިގެންނެވީ ނަސްރީނާގެ އުމުރުފުޅުން 30 އަހަރުގައެވެ. އެންމެ ހަގު ދަރިފުޅު ލިބިވަޑައިގަތީ ރައީސް މައުމޫން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ފަހުންނެވެ.

ރައީސް މައުމޫންގެ އަރިހުން ނުވަތަ ނަސްރީނާގެ އަރިހުން އެންމެން ވެސް ކުރަން ބޭނުންވާ ސުވާލެއް އޮވެއެވެ. އެއީ އެހާ ގިނަ ދުވަހު ކައިވެނި ދެމެހެއްޓުމުގެ ސިއްރަކީ ކޮބައިތޯއެވެ. ރައީސް މައުމޫން ވަނީ ދާދިފަހުން މި ސުވާލުގެ ޖަވާބު ވެސް ދެއްވާފައެވެ. މައުމޫން ވިދާޅުވީ އެހާ ގިނަ ދުވަހު ކައިވެނި ދެމެހެއްޓުމުގެ ސިއްރަކީ އެކަކު އަނެކަކަށް ލޯބިވުމާއި އިހްތިރާމުކުރުމާއި ވަފާތެރިވުން ކަމަށެވެ. އަދި އެ ދެމަފަރިން ވެސް އެގޮތުގައި އަބަދުވެސް ތިއްބަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަނބިކަނބަލުން ސިފަކުރައްވަމުން މައުމޫން ވިދާޅުވީ ނަސްރީނާއަކީ އަބަދުވެސް މީހުންނަށް ހިތްހެޔޮ އެހެން މީހުންނަށް އަޅާލާ މީހެއް ކަމަށެވެ. މީގެ ކުރިން ވެސް ރައީސް މައުމޫން ވަނީ ނަސްރީނާއަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މައުމޫން ވިދާޅުވީ ނަސްރީނާއަކީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އެކަމަނާ އަށް ލިބިވަޑައިގެންފައި ވަނީ ގަދަފަދަ ބާރެއް ކަމަށާއި ހިތްވަރުގަދަކަން އާދަޔާ ޚިލާފު ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ނަސްރީނާ ހުންނެވީ ބަލި ނުކުރެވޭނެ ފަދަ ހިތްވަރުފުޅެއްގައި ކަމަށާއި އެ ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ހަޔާތުގެ އެއްވެސް ހިސާބެއްގައި ނަސްރީނާ ވަރި ނުކުރައްވާ ކަމަށެވެ. އެ ދެކަނބަލުން ފުރަތަމަ ކައިވެނި ބައްލަވައިގަތް ގޮތަށް މިއަދާ ހަމައަށް ވެސް ދެމި ތިއްބެވީ އެ ކައިވެނީގެ މަތީގައި ކަމަށެވެ.

މިހާރުގެ ޖީލު މި ދެކަނބަލުންގެ އަރިހުން ދަސްކުރަންވީ ކަމަކީ މިއީއެވެ. ދިރިއުޅުމުގައި ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އެކަކު އަނެކަކަށް ލޯބިވެ، އިހްތިރާމުކޮށް ވަފާތެރިވުމެވެ. ކޮންމެ ދެމަފިރިއަކު ވެސް މިގޮތަށް ކަންތައް ކުރާ ކަމުގައިވާނަމަ އިރާދަފުޅާއި މިންވަރުފުޅުން އެ ކައިވެންޏެއް ކުރިއަށް ގޮސް އެކީގައި ގިނަ އަހަރު އުޅެވޭނެއެވެ. ދިރިއުޅުން ފޮނިވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު