Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމް، ރައީސްއާ ބައްދަލުކުރެއްވުން

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް އާޒިމް ރައީސްއާ ބައްދަލުކުރައްވައިފި

27 ޖުލައި 2021 | އަންގާރަ 07:40

މިއީ ފައިދާ ކުރުވަނިވި ބައްދަލުވުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖުލައި 2021 | އަންގާރަ 07:40
ރައީސް ޞާލިޙާއި، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް،

ރައީސް ޞާލިޙާއި، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް،

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު މުލިއާގޭގައި ނުރަސްމީކޮށް ބޭއްވި މި ބައްދަލުކުރެއްވުން ތިން ގަޑިއިރަށް ދެމިގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - newsAdvertisement

މިބައްދަލު ކުރެއްވުމަށްފަހު އާޒިމް ވަނީ ރައީސް ޞާލިޙްއާ ސަލާމް ކުރައްވާ ފޮޓޯއަކާއެކު ޓްވީޓެއް ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ މިއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މިއީ ފައިދާ ކުރުވަނިވި ބައްދަލުވުމެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ވަރަށް މުހިންމު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހާއި އެހެން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފައެވެ. އަދި، އެކަމުގެ މަސައްކަތްތައް އެމްޑީޕީގެ ތެރޭގައި މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން ޖުލައި 25ވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އާޒިމް ވަނީ ރައީސް ޞާލިޙާއި އެމްޑީޕީއާ އެއްވެސް ވަރަކަށް މުއާމަލާތް ނުކުރެވޭ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައެވެ. ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ކުއްލި ނުރައްކާ އިއުލާނުކުރުމަށް އެމްޑީޕީން އިގުރާރުވެފައިވާއިރު، އާޒިމް ވަނީ، މިއަދު ސަރުކާރުގެ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާއަކީ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށްވާއިރު، މިފަދަ ކަމެއް ފާސްކުރުމުގެ ކުރިން ރައީސްގެ ބަސްފުޅެއް މިކަމުގައި ހޯދަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. މި ސަބަބަށްޓަކައި އެ ގަރާރު ފާސްކުރުމަށް އާޒިމް ވޯޓުދެއްވާފައެއް ނުވެއެވެ. އެ ގަރާރު ފާސްވެފައިވަނީ އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެމްޑީޕީގެ އެތެރޭގައި ހަމަނުޖެހުން ބޮޑުވެ ޕާޓީގެ ތެރޭގައި ދެފެކްޝަނެއް އުފެދިފައިވާއިރު، އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޞާލިޙަށް ފާޑު ވިދާޅުވަމުންނެވެ. މީގެ އިތުރުން ސިޔާސީ މަސައްކަތްތައް ރައީސް ޞާލިޙާއެކު ނުކުރެއްވޭނެ ކަމަށް ވެސް ދާދި ފަހުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރުކަން ކުރައްވަން ކަމަށް ފާޅުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ނިޒާމު ބަދަލުކުރުމުގައި އިދިކޮޅު ކޯލިޝަނުން ބައިއަތު ހިފާނެކަމަށް ވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަމަވެސް މިކަމުގައި މިހާތަނަށް ރަސްމީ މަޝްވަރާތަކެއް ފެށިފައެއް ނެތެވެ. ރަސްމީ މަޝްވަރާއަކަށް ދާން ހުށަހަޅުއްވައިފިނަމަ އެކަންވެސް ކުރައްވާނެ ކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެކަން ވެސް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީން ނެރެފައިވާ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިއްޖެނަމަ ދެވަނަ ދައުރަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ދޭންޖެހެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް