Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19، ރާއްޖޭގެ ހާލަތު

ރަށްރަށުން ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު އިތުރުވާން ފަށައިފި

ފާއިތުވި ހަފްތާ ތެރޭގައި އެވްރެޖްކޮށް އަތޮޅު ތެރެއިން ދުވާލެއްގެ މައްޗަށް 50ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޖުލައި 2021 | ބުރާސްފަތި 17:38
ރ. ރަސްގެތީމު، ޢީދު ނަމާދުން ފައިބައިގެން މީހުންތަކެއް ދަނީ

ރ. ރަސްގެތީމު، ޢީދު ނަމާދުން ފައިބައިގެން މީހުންތަކެއް ދަނީ

ރަށްރަށުން ރިޕޯޓްކުރަމުން އަންނަ ކޭސްތަކުގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ހަވީރު 6:00ން ބުރާސްފަތި ދުވަހުގެ ހަވީރު 6:00ށް ނެގި 6072 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 122 މީހުންނެވެ. އެއީ މާލެއިން ޕޮޒިޓިވްވި 24 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 81 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހެކެވެ.

މި 24 ގަޑިއިރުގެ ތެރޭގައި 106 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ހުރީ 2587 މީހެކެވެ. މީގެ ތެރެއިން 11 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން އެކަކު ވަނީ ބުދަ ދުވަހު ދޫކޮށްލާފައެވެ.

ބުދަ ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް 76،454 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 73،637 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 218ށް އަރާފައެވެ.

ފާއިތުވި ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 15 ވަނަ ދުވަހު ނެގި 5739 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 217 ސާމްޕަލްގެ ތެރެއިން އަތޮޅު ތެރެއިން 88 މީހުން ވަނީ ޕޮޒިޓިވްވެފައިވެއެވެ. 16 ވަނަ ދުވަހު ނެގި 7101 ސާމްޕަލްގެ ތެރެއިން 114 މީހުން ޕޮޒިޓިވްވި އިރު، އަތޮޅު ތެރެއިން 82 ސާމްޕަލް ވަނީ ޕޮޒިޓިވްފައެވެ. 17 ވަނަ ދުވަހު ނެގި 6928 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 80 ސާމްޕަލްގެ ތެރެއިން އަތޮޅު ތެރެއިން 56 ސާމްޕަލް ވަނީ ޕޮޒިޓިވްފައެވެ.

މި ހަފްތާ ފެށިގެން 18 ވަނަ ދުވަހު ނެގި 5327 ސާމްޕަލްގެ ތެރެއިން 63 ސާމްޕަލް ނަގާފައިވާ އިރު، އެ ދުވަހު އަތޮޅު ތެރެއިން ޕޮޒިޓިވްވި ކޭސްތައް ދަށްވެގެން ދިޔައެވެ. އެދުވަހު 28 މީހަކު ޕޮޒިޓިވްވި އިރު، ޖެހިގެން އަދި 19 ވަނަ ދުވަހު 4932 ސާމްޕަލް ނަގާ ޓެސްޓް ކުރި އިރު ޕޮޒިޓިވްވި 169 ސާމްޕަލްގެ ތެރެއިން އަތޮޅު ތެރެއިން ޕޮޒިޓިވްވީ 127 މީހުންނެވެ. އަދި 20 ވަނަ ދުވަހު ނެގި 6138 ސާމްޕަލްގެ ތެރެއިން 144 ސާމަޕްލް ނެގި އިރު 72 މީހަކު ޕޮޒިޓިވްވީ އަތޮޅު ތެރެއިންނެވެ. ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ ތެރެއިން ވެސް އަތޮޅު ތެރޭގެ ކޭސްތައް އިތުރެވެ.

ކޮވިޑް-19ކޮވިޑް19ހެލްތު ޕްރޮޓެކްޝަން އެޖެންސީއެޗްޕީއޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު