Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާއިލާތަކާ ކުދިން ހަވާލުކުރުމުގެ ގަވައިދު

ކުދިން އާއިލާތަކާ ހަވާލުކުރާނީ 4 މަރުހަލާއެއް ފުރިހަމަކުރުމަށް ފަހު

20 ޖުލައި 2021 | އަންގާރަ 08:36

އާއިލާއާ ހަވާލުކުރުމަށްޓަކައި ކުއްޖާ ތައްޔާރުކުރުމާއި، ޕްލޭން ތައްޔާރުކުރުމާއި، އާއިލާ ތައްޔާރުކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ޖުލައި 2021 | އަންގާރަ 08:36
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ހަވާލުކުރުމުގެ ކުރިން އެކުދިން އެނބުރި ދިއުމަށް ތައްޔާރުވެފައިވާ މިންވަރު، އެކި މަރުހަލާތަކަކަށް ބަހާލައިގެން ބަލާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން، އަލުން އެކުދިންގެ އާއިލާއާ ހަވާލުކުރުމާބެހޭ ގަވައިދު" ގައި ވާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަނބުރާ އާއިލާތަކަށް ފޮނުވުމުގެ ކުރިން މައިގަނޑު ހަތަރު މަރުހަލާއެއް ކަޑައްތު ކުރާނެއެވެ.

އެންމެ ފުރަތަމަ މަރުހަލާއަކީ ކުއްޖާގެ އާއިލާ ހޯދުމާއި، އެސެސްމެންޓު ހެދުމާއި، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނިންމުމެވެ.

މި މަރުހަލާގައި ކުއްޖާ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ޗައިލްޑް އެސެސްމެންޓު ހެދުމާއި، ކުއްޖާގެ އާއިލާ ހޯދުމާއި، ކުއްޖާގެ އާއިލާގެ އެސެސްމެންޓު ހެދުމާއި، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމުގެ ރިޕޯޓު ތައްޔާރުކޮށް، ރިޕޯޓު މެދުވެރިކޮށް އިޖްތިމާއީ ޚިދުމަތްތެރިޔާއަށް ފެންނަ ކަންކަން ކޮމިޓީއަށް ހުށަހެޅުމުގެ އިތުރުން ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ދެނެގަނެ، ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމާމެދު ކޮމިޓީން ގޮތެއް ނިންމާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުއްޖާ އަނބުރާ އާއިލާއާ ހަވާލުކުރުމުގެ ދެވަނަ މަރުހަލާގައި އާއިލާއާ ހަވާލުކުރުމަށްޓަކައި ކުއްޖާ ތައްޔާރުކުރުމާއި، ކުއްޖާ އާއިލާއާ ހަވާލުކުރުމުގެ ޕްލޭން ތައްޔާރުކުރުމާއި، ކުއްޖާ ގެންދިއުމަށް އާއިލާ ތައްޔާރުކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ތިންވަނަ މަރުހަލާގައި ކުއްޖާ އާއިލާއާ ހަވާލުކުރުމަށް އާއިލާއާއެކު އެއްބަސްވުމަކަށް ދާނެ ކަމަށާއި، ކުއްޖާއާއެކު ގުޅުން ބަދަހި ކުރުވުމާއި، ކުއްޖާ އާއިލާއާ ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އާއިލާއާ ކުއްޖާ ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެއަށްފަހު ހަތަރުވަނަ މަރުހަލާގައި ކުއްޖާ މޮނިޓަރ ކުރުމާއި، ކުއްޖާއަށާއި އާއިލާއަށް ދޭންޖެހޭ އިތުރު އެހީތެރިކަން ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުއްޖާއާއި އާއިލާއާ ދެމެދު ގުޅުން ހީނަރުވާ ހިސާބުން މިކަމާ ގުޅޭގޮތުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޮންޓިންޖެންސީ ޕްލޭނާ އެއްގޮތަށް އަމަލުކުރާނެ ކަމަށާއި، އެއަށްފަހު ވެސް ގުޅުން އިތުރަށް ގޯސްވާނަމަ ކޮމިޓީން އެކަމާމެދު ގޮތެއް ނިންމާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިފަދަ ހާލަތްތަކުގައި ކުއްޖާ އަނބުރާ ދައުލަތަށް ނެގޭނެ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
18 ޖުލައި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ
27 ޖޫން 2023

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި
26 މެއި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި
25 މާރިޗު 2023

ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

25 މާރިޗު 2023
ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ
24 މާރިޗު 2023

"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"

24 މާރިޗު 2023
"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"
26 ފެބުރުއަރީ 2023

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި

26 ފެބުރުއަރީ 2023
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
15 ޖެނުއަރީ 2023

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2023
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް