Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢީދުގެ އުފާ ފާޅުކުރުން

ޢީދުގެ އުފާ ފާޅުކުރުމުގައި އެއްބައިވަންތަކަށް އާލާކޮށް، ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުން މުހިންމު - ރައީސް

19 ޖުލައި 2021 | ހޯމަ 16:23

ޙައްޖުގެ އަޅުކަމާއި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާމެދު ވިސްނުން މުހިންމު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 ޖުލައި 2021 | ހޯމަ 16:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ޢީދުގެ އުފާ ފާޅުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ޤައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖްތަމަޢުއުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވާ ތަހުނިޔާގެ ޚިޠާބުގައި ރައީސް ވަނީ އަޟްޙާ ޢީދަކީ، ޙައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށް ވާއިރު، ޙައްޖުގެ އަޅުކަމާއި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާމެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚްތުންނަށް ވެސް އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި، އަދި މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ ކޮވިޑްގެ ހިތި ތަޖުރިބާތައް ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ކަމަށެވެ. އަދި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށްކަމަށެވެ.

މީގެ އިތުރުން މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައި ވެސް އެންމެ ވަރުގަދަ ބާރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި، ޢީދުގެ އުފާ ފާޅުކުރާއިރު ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ.

އަޟްހާ އީދުރައީސް ސޯލިހު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

07 ޖޫން 2025

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

07 ޖޫން 2025
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި
05 ޖޫން 2025

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
04 ޖޫން 2025

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

04 ޖޫން 2025
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި
07 ޖޫން 2024

މިމަހުގެ 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖައްސަވައިފި

07 ޖޫން 2024
މިމަހުގެ 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ހަމަޖައްސަވައިފި
25 އެޕްރީލު 2024

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 އެޕްރީލު 2024
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖުލައި 2023

ޗުއްޓީއަށް ގޮސްތިބި ގިނަބައެއްގެ އެދުމަށް ކުލަބޮކިތަކާއި ގިޑިގެތައް ނެގުން ފަސްކޮށްފި

02 ޖުލައި 2023
ޗުއްޓީއަށް ގޮސްތިބި ގިނަބައެއްގެ އެދުމަށް ކުލަބޮކިތަކާއި ގިޑިގެތައް ނެގުން ފަސްކޮށްފި
28 ޖޫން 2023

ހޯރަފުށްޓަށް އިރު އެރީ ފޯރިގަދަ އީދަކާއެކު - އަވެލީގެ ކޭމާއި އުލްހިޔާ ކަތިލުމުގެ ފޯރިގަދަ!

28 ޖޫން 2023
ހޯރަފުށްޓަށް އިރު އެރީ ފޯރިގަދަ އީދަކާއެކު - އަވެލީގެ ކޭމާއި އުލްހިޔާ ކަތިލުމުގެ ފޯރިގަދަ!
28 ޖޫން 2023

އީދަށް ޚާއްސަކޮށް ރާއްޖެޓީވީން ތައްޔާރުކުރި ލަވަ ލޯންޗުކޮށްފި

28 ޖޫން 2023
އީދަށް ޚާއްސަކޮށް ރާއްޖެޓީވީން ތައްޔާރުކުރި ލަވަ ލޯންޗުކޮށްފި
28 ޖޫން 2023

އިސްލާމީ މަރުކަޒުގައި އޮތް ޢީދު ނަމާދުގައި ބައިވެރިވެވަޑައިގެން، ރައީސް ޢީދު ސަލާމް ކުރައްވައިފި

28 ޖޫން 2023
އިސްލާމީ މަރުކަޒުގައި އޮތް ޢީދު ނަމާދުގައި ބައިވެރިވެވަޑައިގެން، ރައީސް ޢީދު ސަލާމް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް