Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިސްލާހުކުރެވޭނީ އެހެން މީހުންގެ ކުނި ނުދައްކައި އަމިއްލަ ފަސްބައި ތާހިރުކޮށްގެންނެވެ.

ރިޕޯޓާއި އިންކުއަރީ ހެދިޔަސް އަމަލުނުކުރަންޏާ އެއީ ބޭކާރު ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ޖުލައި 2021 | ހުކުރު 13:03
ސަލާމަތީ ހިދުމަތްތަކުން ކުރާ ނުރަނގަޅު ކަންކަން އަބަދުވެސް އާންމު ރައްޔިތު މީހާ ފާހަގަ ކުރާނެ

ސަލާމަތީ ހިދުމަތްތަކުން ކުރާ ނުރަނގަޅު ކަންކަން އަބަދުވެސް އާންމު ރައްޔިތު މީހާ ފާހަގަ ކުރާނެ

އަޅުގަނޑު ދައްކަން މިއުޅޭ ވާހަކައިން ބައެއް ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިނުގެންފާނެއެވެ. ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. ދެ ރައީސަކަށް ދެވުނު ހަމަލާ އަޅާ ކިޔަނީއޭއެވެ. މިއުޅެނީ އަޅާކިޔާކަށް ނޫނެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ މީޑިއާކަކުންވެސް ސަލާމަތީ ޚިދުމަތްތަކުގެ ވާހަކަ އެކިގޮތްގޮތަށް އަންނާނެކަމެވެ. ހިތްޕުޅާނުވާ ކޮންމެފަހަރަކު ސަލާމަތީ ޚިދުމަތްތައް ހުއްޓޭގޮތަށް ނުވަތަ އިތުބާރު ގެއްލޭގޮތަށް ޚަބަރު ފަތުރަނީއޭ ފިޔަވަޅު އަޅާނަމޭ ބުނެ އިންޒާރުދިނުމަކީ ވެސް ޒަމާންތަކެއް ވެފައިވާ އާދައެކެވެ. 

ސަލަމަތީ ޚިދުމަތްތަކުން ވިސްނަންވީ ކަމަކީ އެންމެ ބޮޑު އިތުބާރެއް ގާއިމްވެގެންދާނީ އެބޭފުޅުންގެ އަމަލު ހުންނަ ގޮތުންކަމެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ފާހަގަކުރެވެނީ އެކި ދުވަސްވަރު ތިއްބަވާ އެކި ބޭފުޅުންގެ ކަންކަމުގައި އަމަލުކުރައްވާ ގޮތެވެ. އެބޭފުޅުންނާއި މަތިކޮށްފައި އޮންނަ އެންމެ ބޮޑު އެއްކަމަކީ ގައުމުގެ ވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. 

އެއްބޭފުޅަކު އިށީންނެވި ގޮނޑިކޮޅުގެ ދަށުގައި ބޮން ގޮއްވާލީ ނުވަތަ ގޮވި އެއްޗެއް ގޮއްވާލީއެވެ. އަނެއް ބޭފުޅަކު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލީއެވެ. އަދި މި ގޮވި ފަހަރު އެމަނިކުފާނަށް އެތައް ފަހަރަކު އެފަދަ ހަމަލާތަކެއް ދެވިދާނެ ކަމާއި ރާވާ ހިނގި ކަމުގެ މައުލޫމާތު ހާމަވެގެން ދިޔައީ އިންކުއަރީ ރިޕޯޓުންނެވެ. މި ފާހަގަ ކުރަނީ 241 ގެ އިންކުއަރީ ރިޕޯޓުގެ ވާހަކައެވެ. 

ކިހާ ހިސާބަކުންތޯ ސަމާލުކަން ދޭން ފަށާނީ އަދި ވިސްނަން ފަށާނީ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ. ކޮން ދުވަހަކުންތޯ ޚާއްސަ ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށްދާނީ, އެއީވެސް ސުވާލެކެވެ. މިއިން ކޮންމެ ފަހަރަކު ގޮވީމަ ނުވަތަ ކަމެއް ދިމާވީމަ އެހިސާބުން މީޑިއާކުން ބުނެލާ އެއްޗަކަށްވުރެ އެބޭފުޅުންގެ އަމަލުގެ ސަބަބުން އެބޭފުޅުންގެ އިތުބާރު ކުޑަވެގެންދާކަމަށް ގަބޫލުކުރައްވަން ޖެހެއެވެ.

މީޑިއާކުން ދައްކާ ވަހަކައަކުން ނުވަތަ ބުނާ އެއްޗަކުން އިތުބާރުކުޑަވެގެން ނުދެއެވެ. މީޑިއާއަކުން އެ ޚަބަރު ނުގެނައި ނަމަވެސް ރައްޔިތުންނަށް އެކަން ކޮންމެވެސް ހިސާބަކުން އެނގޭނެއެވެ. 

ބައެއްގެ އިތުބާރު ގެއްލެނީ މީޑިއާއަކުން ދައްކާ ވާހަކައަކުން ނޫނެވެ. މަންޒަރު ފެނުނީ މީހުންގެ ލޮލަށެވެ. އެމީހުން އަމިއްލައަށް ފޮޓޯއާއި ވީޑިއޯ ނަގައެވެ. މި ބާވަތުގެ ކަންކަން ހިގިޔަ ނުދިނުމަށް އެބޭފުޅުން ފުރަތަމަ ފިޔަވަޅު އަޅަންޖެހެއެވެ. ގައުމެއްގެ ވެރިކަން ކުރައްވާ އަދި ވެރިކަން ކުރެއްވި ފަރާތްތަކަށް ނުދެވުނު ރައްކާތެރިކަމެއް ދެން ލިބޭނީ ކޮންބަޔަކަށްތޯ ސުވާލު އުފެދެއެވެ. މީޑިއާތަކުން ކްރިޓިސައިޒް ކުރާނެކަން ގަބޫލުކުރަންޖެހެއެވެ. އަދި މީޑިއާތަކުން އެމީހުންނަށް މައުލޫމާތު ހޯދުނުތަނަކުން މައުލޫމާތު ހޯދައިގެން އެކަންކަން ރިޕޯޓްކުރާނެއެވެ.

ބައެއްފަހަރު ކަންކަމުގެ މައުލޫމާތު ލިބިފައި ހުންނަނީ ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ތިބި ފަރާތްތަކުން އެކަންޏެއް ނޫނެވެ. އެ ދާއިރާތަކުން ކިޔަވައި ރިޓަޔާ ކުރައްވާފައިވާ ފަރާތްތައް ވެސް ގައުމުތަކުގައި ތިއްބަވައެވެ. އެފަދަ ފަރާތްތަކުން ވެސް މައުލޫމާތު ހޯދާ އެއީތޯ ކަންކަން ހުންނަންވާނެ ގޮތަކީ ސްޓޭންޑާޑް އޮންނަން ވާނެ ގޮތަކީ ހޯދާފައި މައުލޫމާތު ޒަރިއްޔާއިންނާއި އެހެނިހެން ގޮތްގޮތަށް ކްރިޓިސައިޒް ކުރެވިދާނެއެވެ.  

ސަލާމަތީ ޚިދުމަތްތަކަށް ފުރަތަމަ ކަމަކަށް ކުރެވިދާނެ ކަންކަމަކީ މިފަދަ ބާވަތުގެ ކަމަކާއި ގުޅިގެން ޚަބަރު ފެތުރުނީމަ އެކަންކަން ހައްލުކުރަން މަސައްކަތް ކުރުމެވެ. ދެވަނަ ކަމަކަށް ދައުލަތުގެ ތެރޭގައި ހިނގާ ކަންކަމުގެ ރިޕޯޓްތައް ނެގި އިންކުއަރީ ހެދި އަޅަންޖެހޭ ފިޔަވަޅުތައް ނޭޅޭ މައްސަލަ ހައްލުކުރަންޖެހެއެވެ. ވަރަށް ގިނަ ކަންތައްތަކާއި ގުޅިގެން އިންކުއަރީއާއި ރިޕޯޓްތައް ނެރެފައިވެއެވެ. އަދި އެކަންތައްކާއި ގުޅިގެން ގިނަ ކަންތައްތަކެއް މިހާތަނަށް އައި އިރު ވެސް ވަނީ ހައްލު ނުކުރެވިއެވެ. 

އިންކުއަރީއާއި ގުޅިގެން ގައުމުގައި ފިޔަވަޅު ނޭޅުމަކީ އެއް ހެއްކެކެވެ. އެހެންނަމަވެސް ދާދި ފަހުން ފުލުހުންގެ ތެރެއިން ހިނގައިދިޔަކަމެއްގައި ފުލުހުންގެ ތެރޭގައި އެކަމަށް ފިޔަވަޅު އެޅިގެން ދިޔަތަން ފެނިގެން ދިޔައެވެ. ކަންކަން މަޑުމަޑުން އިސްލާހުކުރާ މަންޒަރު ފެންނަކަމުގެ ހެއްކަކަށް މިކަން ވެދާނެއެވެ. ސަލާމަތީ ބާރުތަކުން ކުރާ ކަންތައްތައް އަބަދުވެސް ފެނިގެން މިދަނީ ގާނޫނީ ނިވާފަތްގަނޑެއްގެ ދަށުން އެކަންކަން ފޮރުވިގެންދާ މަންޒަރެވެ. މިފަދަ ކަންކަމާއި ގުޅިގެން އާންމުންގެ މެދުގައި ސަލާމަތީ ބާރުތަކާއި މެދުގައި ނަފްރަތު އުފެދެނީ މީޑިއާއަކުން ޚަބަރުތައް ގެނެސްގެން ވެސް ނޫނެވެ. ރަށްރަށުގައި ހިނގާ ކަންކަމަށް ބަލާއިރު އެރަށެއްގައި ހުރި ސިފައިންގެ މީހަކު ނުވަތަ ފުލުހުންގެ އޮފިސަރަކު މިވެނި ގެޔަކުން މިވެނި ހާލެއްގައި ނެރެފިއޭ ބުނާ ވާހަކަ އަންނަ ހިސާބުން އާންމުން އަދި އެކަންކަން އެގޮތަށް ހިނގާނަމަ އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭނެއެވެ. 

ސަލާމަތީ ބާރުތަކުގެ ކަންކަމުގައި ނެރޭ ރިޕޯޓްތަކަކީ ހަމައެކަނި ލިޔެފައި އޮންނަ އެއްޗަކަށްވެ އެއަށް އަމަލުނުކުރާނަމަ އަދި އެ ރިޕޯޓްގައި އޮތް އެއްޗެއް ކަމާއިބެހޭ ފަރާތްތަކުން ކިޔާލާ އަދި އާންމުން ނޫސްތަކުގައި އޮންނަ ސުރުޚީއެއް ކިޔާލުމުން އެ މައްސަލަތަކަށް ހައްލެއް ނުލިބޭނެއެވެ. ދެން މީޑިއާތަކުން ވެސް އެފަދަ މައްސަލަތަކުގައި އެޅި ފިޔަވަޅުތަކަކީ ކޮބައިކަން ވެސް ބަލާނުލާތަން ފެނެއެވެ. މިކަމުގެ އެއް ހެއްކަކީ ކޯނީ ރިޕޯޓެވެ. ކޯނީ ރިޕޯޓް އެކުލަވާލި ނަމަވެސް މިއަދާ ހަމައަށް ވެސް ސަލާމަތީ ޚިދުމަތްތަކާއި ގުޅޭ ގޮތުން އަދި 2012 ވަނަ އަހަރުގެ ވެރިކަން ބަދަލުވިގޮތާއި ގުޅޭގޮތުން ފާހަގަކުރި ކަންކަމުގައި އެޅުނު ފިޔަވަޅެއް ވެސް ނެތެވެ. އަޚުލާގީ އެތައް މައްސަލައެއްގެ ވާހަކައެއް އޮތެވެ.

ސަރުކާރުތައް ބަދަލުވެއްޖެއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިކަމުގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. މިކަމުގެ ސަބަބުން އެބޭފުޅުންނަށް ގަބޫލުކުރެވެނީ އެބޭފުޅުންނަކީ ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތައް ކަމުގައިވާތީ އެބޭފުޅުންނަކީ މަތީގައި ތިބެވޭ ބައެއްގެ ގޮތުގައެވެ. މިސާލަކަށް ބުނާނަމަ މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނާއި ދިމާވާ ފަހަރު "ހޭ އަރުވާލާނަން" މި ބަސް ބޭނުންކުރާ ފަހަރު ވަރަށް ގިނައިން އާދެއެވެ. އެބޭފުޅުންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން މި ކަންކަން ވަރަށް ރީތިކޮށް ކުރެވެން އެބައޮތެވެ. އެހެނަނަމަވެސް ފެންނަ ހިތާމަވެރި މަންޒަރަކީ މިއީއެވެ.

ބުރަ މަސައްކަތްކޮށްގެން ރިޕޯޓްތައް އެކުލަވާލެވިދާނެއެވެ. ނަމަވެސް އޭގައިވާ ކަންމުގައި އަމަލުނުކޮށް ދޫކޮށްލެވުމަކީ ކަންކަން ތަކުރާރުވުމަށް މަގުފަހިވެގެންދާ އެއް ކަންތަކެވެ. މިކަންކަން ހުއްޓުވޭނީ ކަންކަން ތަންފީޒުކުރެވި އެއަށް އަމަލުކުރެވިގެންނެވެ. ފަސްބައިގައި ހުރި ކިލާ ފޮރުވަން މަސައްކަތް ކޮށްގެނެއް ނޫނެވެ. 

ރައީސް ނަޝީދުކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްއެންޑީއެފްމޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ރައީސް ޢަބްދުﷲ ޔާމީންކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު