Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު

"ރައީސް ޞާލިޙު ދޫކޮށް، ވައްކަން ސާބިތުވެފައިވާ ބޭފުޅަކާ ބައިވެރިވާންވީ ކީއްކުރަން؟"- ރޮޒެއިނާ

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2021 | އަންގާރަ 15:13
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް- ރޮޒެއިނާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެކަމަށް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް- ރޮޒެއިނާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވައްކަމުގެ ކުށް ސާބިތުވެފައިވާ ބޭފުޅަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދޫކުރައްވައި، ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަންވީ ކީއްވެތޯ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.

ރޮޒެއިނާ އެހެން ވިދާޅުވެފައިވަނީ ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރައްވަން ނުވިސްނަވާ ކަމަށާއި، ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހާމަ ކުރައްވާފައިވާތީއެވެ. އެކަމާ ގުޅޭގޮތުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ވަދެވަޑައިގަތީވެސް ރައީސް ޔާމީނުގެ ވެރިކަން ދާނެގޮތް އެނގިވަޑައިގެން އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓުފޯމެއްގައި ހުންނެވުމަށް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޢަބްދުﷲ ޔާމީން ވެރިކަން ކުރެއްވީ ހީކުރެއްވި ވަރަށް ވުރެވެސް އަނިޔާވެރިކޮށްކަން ފާހަގަ ކުރައްވައި ރޮޒެއިނާ އިތުރަށް ވިދާޅުވީ، މިވަގުތުވެސް ރައީސް ޔާމީން ހުންނެވީ ވައްކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ކަމަށެވެ. އަދި މިއަދު ރައީސް ޞާލިޙާ ދެކޮޅަށް ރައީސް ޔާމީނާ ބައިވެރިވާންވީ ކީއްވެތޯއާއި، އަދި ރައީސް ޔާމީން އިންސާފު ހޯއްދަވައިދެއްވީ ކާކަށްތޯވެސް ރޮޒެއިނާ ވަނީ ސުވާލު އުފައްދާފައެވެ.

އޭގެ އިތުރުން، ރައީސް ޞާލިޙު ގޯސް ނޫންކަން ފާހަގަ ކުރައްވައި ރޮޒެއިނާ ވަނީ އެމަނިކުފާނު އަނިޔާވެރި ނޫން ކަމަށާއި، ވައްކަން ނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑުގެ މި ހާލަތުގައިވެސް މަޝްރޫއުތައް ހިންގަވަމުން ގެންދަވާ ކަމަށާއި، ހަރުކަށި ފިކުރާ އެއްކޮޅަށް ރައީސް ޞާލިޙު ކުރެއްވި ކަމެއް އެބައޮތްތޯއާއި، އަދި ހަގީގަތުގައި މައްސަލައަކީ ކޮބައިތޯ އެކަމަނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ދާދި ފަހުން ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ މެމްބަރުން ނުރުހުނުކަމަށް ވިޔަސް، ސިޔާސީ މަސައްކަތުގައި ރައީސް ޔާމީނުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން ދައުރުވަމުންދާ މެސެޖުތަކެއްގައި ވެސް އެފަދަ ގޮތަކަށް ޚިޔާލު ފާޅު ކުރައްވާފައިވާއިރު، ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ރައީސް ނަޝީދު މިހާރު ނުގެންގުޅުއްވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި މެސެޖުތަކުގައި ރައީސަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައިވާއިރު، މިހާރު ވިސްނުންފުޅު ހުރީ ރައީސް ޢަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވުމަށްކަން ދައުރުވަމުންދާ މެސެޖުތަކުން ހާމަވެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރޮޒައިނާ އާދަމްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
25 ނޮވެމްބަރު 2025

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި
23 ސެޕްޓެމްބަރު 2025

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު