Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ސާލިހު ކަމުދަނީ ހަމައެކަނި އިބޫ ދޮންބެއަކަށްތޯ؟

ދުރުނުކުރެވޭނެ ދެ ބޭފުޅުން ކަމަށާއި އަބަދުވެސް ތިއްބަވާނީ އެކުގައި ކަމަށް ވިދާޅުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޖުލައި 2021 | އަންގާރަ 11:24
ރައްޔިތުންގެ މަޖިލީހުގައި ރައީސް ސާލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު ފަހަތުން ރައީސް ނަޝީދު އަތްތިލަބަޑި ޖައްސަވަނީ

ރައްޔިތުންގެ މަޖިލީހުގައި ރައީސް ސާލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު ފަހަތުން ރައީސް ނަޝީދު އަތްތިލަބަޑި ޖައްސަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ "ދެގޮތެއް ނުވާ އެކުވެރިން" ގޮތުގައި އެންމެންވެސް ސިފަކުރާ ދެބޭފުޅުންނެވެ.

މި ދެބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، ގުޅުން ހީނަރުވެފައިވާކަމަށް ވާހަކަ ފެތުރިފައިވާ ދަނޑިވަޅުތަކުގައިވެސް ދެބޭފުޅުންވެސް ވަނީ އެ ގުޅުމުގެ ވަރުގަދަކަން ބަޔާން ކުރައްވައި، އެއީ ދެގޮތެއް ނުވާނެ އެކުވެރިން ކަމުގައި ވިދާޅުވެފައެވެ. ރައީސް ނަޝީދުވެސް ވަނީ އެމަނިކުފާނާއި ރައީސް ސާލިހުގެ ގުޅުމާ ގުޅޭގޮތުން، ދެ އިނގިލީގެ މިސާލުން މިސާލު ޖައްސަވައި، އެއީ ދުރުނުކުރެވޭނެ ދެ ބޭފުޅުން ކަމަށާއި، އަބަދުވެސް ތިއްބަވާނީ އެކުގައި ކަމަށް ވިދާޅުވެފައެވެ.

ސިޔާސީ މަސްރަހުގައިވެސް މި ދެބޭފުޅުންގެ ޒަމާނީ އެކުވެރިކަން ފެންނަނީ ނުހަނު ބަދަހިކޮށެވެ. މަޖިލީހުގެ ރައީސަކު ހޮވުމަށް ގައުމީ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންވެސް ރައީސް ނަޝީދު ފަހުގެ ލަފާފުޅަކަށް އެދިވަޑައިގެން ކުރެއްވި ޚާއްސަ ފޯނު ކޯލަކީވެސް ރައީސް ސާލިހަށް ކުރެއްވި ފޯން ކޯލެއްކަމަށް ބުނެވެއެވެ. ސިޔާސީ ނިންމުންތައް ނިންމެވުމާއި، ސިޔާސީ މައިދާނުގައިވެސް އަބަދުވެސް ފެނިގެން ދިޔައީ އެހާވެސް ގާތް، ވަރުގަދަ އެކުވެރިންގެ ގޮތުގައެވެ.

ރައީސް ސާލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުންވެސް ރައީސް ނަޝީދު ވަނީ ދިވެހި ރައްޔިތުން އެއް އަޑަކުން ނޫނެކޭ ބުނީ އަނިޔާވެރިކަމާއި ވައްކަމަށް ކަމަށް ވިދާޅުވެފައެވެ. ރައްޔިތުން ވޯޓު ދެއްވީ ޖާހިލުކަމާއި ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ. ރައީސް ސާލިހަށް ތައުރީފު ކުރައްވައި، އެމަނިކުފާނުގެ ސިޔާސީ ގާބިލުކަމާ ގުޅޭގޮތުންވެސް އެންމެ ބޮޑަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅަކަށް ރައީސް ނަޝީދު ވެވަޑައިގަންނަވާނެއެވެ.

ތެދެކެވެ. ރައީސް ނަޝީދު ވިދާޅުވާ ފަދައިން ރައީސް ސާލިހަކީ ކުޅަދާނަ ސިޔާސީ ލީޑަރެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މަޖިލީހުގައި ކާމިޔާބު ރިހިޔޫބީލެއް ނިންމަވާލެއްވީ ކޮރަޕްޝަނެއްގެ، ވައްކަމެއްގެ ތުހުމަތެއް ނެތި، ބައެއްގެ ނަފްރަތެއް ނެތިއެވެ. މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ކުރިމަތިވެވަޑައިގެން ސިޔާސީ ބޮޑެތި ފިއްތުންތަކުން އަރައިގަތުމަށް އެމަނިކުފާނުވެސް ކުޅަދާނަ ޚިޔާލާއި މަޝްވަރާ ބޭނުން ކުރައްވައިގެންނެވެ.

ދެން އޮތީ މިސަރުކާރު އައުމަށްފަހު ވެރިކަން ހިންގަމުންދާ ގޮތުގެ ވާހަކައެވެ. ރާއްޖޭގެ ތާރީޚުގައިވެސް ކޯލިޝަން ސަރުކާރުތައް ފެނިގެން ދިޔައީ ވެރިކަން ފެށި ދުވަސްކޮޅެއް ނުވަނީސް ރޫޅިގެންދާ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް މަޑުމައިތިރިކަމާއި ހިކުމަތްތެރިކަމާއެކު ކޯލިޝަނެއް ދެމެހެއްޓެވި ވެރިއަކަށް ރައީސް ސާލިހު ގައިމުވެސް ވާނެތާއެވެ.

ޚުދު ރައީސް ނަޝީދުވެސް ވަނީ ރައީސް ސާލިހަކީ އެއްވެސް އިރެއްގައި ހިޔަންޏެއް ނޫން ކަމަށާއި، ރައީސް ސާލިހަކީ އަބަދުވެސް "މުގުލެއް" ކަމަށް ތަކުރާރުކޮށް ސިޔާސީ ޕޯޑިއަމްތަކުގައި ވިދާޅުވެފައެވެ.

އޭގެ އެއް ހެއްކަކީ ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު، ކޯލިޝަން ސަރުކާރުގެ ޕާޓްނަރުންގެ ސްލޮޓުތަކުގައި ތިއްބެވި ބޭބޭފުޅުން މަގާމުން ވަކި ކުރެއްވި ދަނޑިވަޅުތަކުގައިވެސް ހިތްހަމަނުޖެހުން ފާޅު ކުރެއްވުމުގެ ބަދަލުގައި ކޯލިޝަނުގެ އިސް ވެރިންވެސް ވަނީ އެމަނިކުފާނުގެ ސިޔާސީ ނިންމެވުންތަކަށް ތައުރީފި ކުރެއްވުމެވެ.

އެކަން އެހެން އެވީ، ރައީސް ސާލިހުގެ ކިބައިގައި ގައިމު ސިޔާސީ އުރަތްޕެއް ހުރީމާތާއެވެ. ގައިމުވެސް ވެރިކަމުގެ ދައުރެއް ނިންމަވާ އެލައްވަނީ އިދިކޮޅަށްވެސް މާބޮޑު ރައްދެއް ނުދެއްވައި، ނުހަނު މަޑުމައިތިރިކަމާއެކުގައެވެ. ސިޔާސީ އިދިކޮޅު ވެރިންތައް ޖަލަށްލައި ހައްދަވާ ތަނެއް މިއަދަކު ނުފެނެއެވެ. ފެންނަނީ ހުރިހާ ދިމާއަކުން އަންނަ ފިއްތުންތަކާއެކުވެސް ކަންކަމާ ކުރިމަތިލައްވާ މަންޒަރެވެ.

އޭގެ އިތުރުން، ރައީސް ސާލިހަކީ މަޖިލީހުގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ ބޭފުޅަކަށްވާއިރު، ރައީސް ނަޝީދު ވެރިކަން ކުރެއްވި އިރުވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ރައީސް ސާލިހުގެ ފަރާތުން ކަމަށާއި، އެމްޑީޕީ ހިންގުމުގައިވެސް އެމަނިކުފާނުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބުނު ވާހަކައަކީ ރައީސް ނަޝީދު އަބަދުވެސް ދައްކަވާ ވާހަކައެކެވެ.

ކޮންމެއަކަސް ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ލޮޅުންތަކާއި ބަދަލުތަކާއެކު، އެންމެ ފަހުން ރައީސް ސާލިހަކީ ސިޔާސީ ގޮތުން ގުޅިގެން އުޅެވޭނެ ބޭފުޅެއް ނޫންކަމަށް މިއަދު ރައީސް ނަޝީދު މިވަނީ ވިދާޅުވެފައެވެ. މިއަދު އެންމެންވެސް ހަމަ ހިތަށް އަރަނީ ރައީސް ސާލިހު ކަމުދަނީ "އިބޫ ދޮންބެ" އެއް ގޮތަށް އެކަނިބާއެވެ. ކުރިން އެވަރެއް ނެތިފައި މިހާރު އެއްވަރެއްވެސް ނުވަނީ ބާވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު