Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޯއައިސީ މިނިސްޓީރިއަލް ކޮންފަރެންސް

އޯއައިސީގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖުލައި 2021 | ހޯމަ 04:46
ޖެންޑަރ މިނިސްޓަރ އައިޝަތު ދީދީ

ޖެންޑަރ މިނިސްޓަރ އައިޝަތު ދީދީ

މިޞްރުގެ ޤާހިރާގައި ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ)ގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަންގެ 8 ވަނަ ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ކޮވިޑް-19 ގެ ހާލަތުގައި އިސްލާމީ ޤައުމުތަކުން އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކުގެ ތެރެއިން، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އިސްލާމީ އެކިއެކި ޤައުމުތަކުގެ ތަޖުރިބާތައް ހިއްސާކުރެވިގެންދިޔައެވެ.

މިނިސްޓީރިއަލް ކޮންފަރެންސްގެ 8 ވަނަ ސެޝަންގައި ވާހަކަދައްކަވަމުން، މިނިސްޓަރ ވަނީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، އޯއައިސީގެ މެންބަރު ޤައުމުތަށް ހިމެނޭގޮތަށް، އެ ޖަމްޢިއްޔާއިން އަލަށް ޤާއިމުކޮށްފައިވާ ވިމަން ޑިވަލްޕްމަންޓް އޯގަނައިޒޭޝަން (ޑަބްލިއުޑީއޯ) ގެ މިނިސްޓްރީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން ވެސް ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ޖުލައި މަހުގެ 7 ވަނަ ދުވަހަށް މިސުރުގެ ޤާހިރާގައި ކުރިއަށް ގެންދެވިފައެވެ. މި ބައްދަލުވުމުގައި ވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ޑަބްލިއުޑީއޯގެ ހިންގުމާ ގުޅޭ މުހިންމު ކަންކަން ނިންމިގެންދިޔައެވެ.

އޯއައިސީގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަންގެ 8 ވަނަ ސެޝަންއާ ގުޅިގެން ބޭއްވުނު ސައިޑް އިވެންޓްތަކުގެ ތެރެއިން، ޖުލައި 6 ގައި ބޭއްވި މިނިސްޓީރިއަލް އިންޓަރެކްޓިވް ޑައިލޮގް އޮން އިކޮނޮމިކް އެމްޕަވަރވަމަންޓް އޮފް ވިމަން އިން ދަ ނިއު ނޯރމަލް ގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 ގެ ހާލަތުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

އަދި ހަމަ އެހެންމެ، މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވަނީ ދިވެހިރާއްޖެއިން ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށާއި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ‘ގެވެށި ގުޅުން’ ކެމްޕޭނާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ހާލަތު ބަދަލުވެ، މާލޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވެ ވަޒަންވެރިވާން އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއިން ކުރިއަށްގެންދާ ‘އަހުލު’ ޕްރޮގްރާމް މިނިސްޓަރ ވަނީ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޖުލައި 7 ވަނަ ދުވަހު ބޭއްވުނު އޯއައިސީގެ ވިމަން ޑިވެލޮޕްމަންޓް އޮރގަނައިޒޭޝަންގެ މެންބަރު ޤައުމުތުގެ މިނިސްޓީރިއަލް ރައުންޑްޓޭބަލްގައި ވެސް މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވާހަކަފުޅުދެއްކެވިއެވެ. މި ބައްދަލުވުމަކީ އޯއައިސީގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށްކުރާ އެންމެހައި މަސައްކަތްތަކުގައި ޑަބްލިއުޑީއޯގެ މެންބަރު ޤައުމުތަކުން ކުރާނެ މަސައްކަތްތަކާއި، އދގެ އެކި އެކި ޖަމުޢިއްޔާ ޖަމާޢައްތަކާ ގުޅިގެން ޑަބްލިއުޑީއޯގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ޑަބްލިއުޑީއޯގެ މިނިސްޓީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން އަދި އޯއައިސީގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަންގެ 8 ވަނަ ސެޝަން އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ސީނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކުގައި ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން، އޯއައިސީގެ މެންބަރު ޤައުމުތަކުން އަންހެނުންގެ ތަރައްޤީއަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ އެންމެހާ މަސައްކަތްތަކާއި ތަޖުރިބާތަކަށް ބިނާކޮށް، ހުރިހާ ޤައުމުތަކެއް ގުޅިގެން، ވަށާޖެހިގެންވާ ނިޒާމެއްގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ހާމަވެގެންދިޔައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު