Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލައް ސިޓީގެ މަގުތައް ތަރައްގީކުރުން

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ތަރައްގީކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

11 ޖުލައި 2021 | އާދީއްތަ 06:59

ސެޓްލްމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2021 | އާދީއްތަ 06:59
ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން

ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން

ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 އިންސައްތަ އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement - newsAdvertisement

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ފުވައްމުލަކުގެ ރިންގް ރޯޑްގެ މަސައްކަތް އެމްޓީސީސީން 30 ޑިސެމްބަރ 2020ގައި ނިންމާލުމަށް ފަހުއެވެ

ފުވައްމުލަކު އެތެރޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 16 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ޖުމުލަ 31 މަގުގައި ތާރުއަޅުމަށް ވަނީ ނިންމާފައެވެ. ރިންގް ރޯޑް ފަދައިން އެތެރޭގެ މަގުތަކުގައި ވެސް ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި ލެޑް ލައިޓް ހަރުކުރުމާއި، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ފުވައްމުލައް ސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްތަކެއް ވަނީކޮށްފައެވެ. އެހެންނަމަވެސް މަސައްކަތް ފުރިހަމަނުކުރެވި ހުއްޓިފައި އޮތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މި މަސައްކަތް އަލުން ފަށައި، ހަލުވި ދުވެލީގައި ހިންގަމުންދާތީ މިކަމުގެ އުފާ ފުވައްމުލައް ސިޓީގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 37.19 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެއްކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ. 

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި

20 އޯގަސްޓު 2017
އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި
14 އޯގަސްޓު 2017

އައްޑޫ ސިޓީގެ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި

14 އޯގަސްޓު 2017
އައްޑޫ ސިޓީގެ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި
05 އޯގަސްޓު 2017

ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް

05 އޯގަސްޓު 2017
ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައި ވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ: ނައިބު ރައީސް
30 ޖޫން 2017

އަދީބުގެ ސިޓީގެ މެދުވެރިޔަކީ އަޅުގަނޑު: މަހްލޫފް

30 ޖޫން 2017
އަދީބުގެ ސިޓީގެ މެދުވެރިޔަކީ އަޅުގަނޑު: މަހްލޫފް
29 ޖޫން 2017

އައްޑޫ ސިޓީގެ ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލުވެގެންދާނެ:ފެނަކަ

29 ޖޫން 2017
އައްޑޫ ސިޓީގެ ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލުވެގެންދާނެ:ފެނަކަ
28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް